އިންޑިއާގެ މުސްލިމުންގެ ހައްޤުތަކަށް އުނިކަން އަންނަ ގޮތަށް ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ފެށި މުޒާހަރާތައް ހޫނުވެ އެކި ސަރަހައްދު ތަކަށް މުޒާހަރާ ފެތުރެމުން އެބަދެއެވެ. އިންޑިއާގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އައްސާމުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. މިހާތަނަށް ނުވަ ސްޓޭޓަކަށް މުޒާހަރާތައް ވަނީ ފެތުރިފައެވެ. މީގެ ތެރޭގައި ކޮލްކަޠާ، މުމްބާއީ، ޗެންނާއި، ހައިދަރްއާބާދު އަދި ވެރިކަން ކުރާ ނިއު...
ޔުމްނާ ޢަލީ
ހިޔާނާތުގެކުށް ސާބިތުވެ ޕާކިސްތާނުގެ ކުރީގެ ރައީސް، ޖެނެރަލް ޕަރްވޭޒް މުޝައްރަފު މެރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުރި ހާއްސަ ކޯޓަކުން ހުކުމްކޮށްފިއެވެ. މުޝައްރަފްގެ ޣައިރު ހާޒިރުގައި މި ހުކުމް އިއްވާފައިވަނީ މުޝައްރަފްގެ މައްޗަށް އުފުލި ގައުމަށް ޣައްދާރުވި ކަމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. ހަ އަހަރު ދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދިޔަ މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. މި ދައުވާ އޭނާގެ މައްޗަށް އުފުލީ 2007 ވަނަ އަހަރު ގާނޫނު އަސާސީގެ ބ...
ޔުމްނާ ޢަލީ
ވެސްޓާރން ޕެސިފިކް އޯޝަންގައި އޮންނަ ރަށެއް ކަމަށްވާ ޕަލާއުގެ ކަނޑުގެ ދިރުން ހިމަޔާތް ކުރުމަށްޓަކައި އެ ކަނޑުގެ ބޮޑުބަޔަކުން މަސްބޭނުން މަނާ ކޮށްފިއެވެ. އެރަށުގެ މީހުން މިގޮތަށް ކަންތައްކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް އަންނަ ބަދަލުތަކުން ސަލާމާތްވުމަށާއި މުރަކަތަކާއި އެހެނިހެން ދިރުންތައް ހެދިބޮޑުވުމަށް ފުރުސަތުދީ ގިނަ ބާވާތްތައް ދިރުވައި އާލާ ކުރާށެވެ. އެގޮތުން މިހާރުވެސް މަސްތަކުގެ އާބާދީ އިތުރުވެފައިވާ ކަމަށް ވެއެވެ. މިހާރު އެ ރަށުގައި ކަނޑުގެ ދިރުން ހިމާޔާތް ކު...
މަރްޔަމް ސިމާނާ
1990 އަށްވުރެ ހަތްގުނަ އަވަހަށް ގްރީންލޭންޑްގައިވާ އައިސްތައް ވިރިގެންދާކަމަށް ސައިންސްވެރިން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕޯލާރ ސައިންޓިސްޓުން ތަކެއް، 26 އަހަރުގެ ސެޓެލައިޓް ރެކޯޑްތައް ދިރާސާ ކުރުމަށްފަހުގައެވެ. ކަނޑުގެ ލޮނުގަނޑު އުފުލިގެންދިއުމުގެ އެއް ސަބަބެއް ކަމުގައި ވެފައިވަނީ ގްރީންލޭންޑުގައިވާ ގަނޑުފެން ވިރުމެވެ. މިހާރު ސައިންވެރިން ބުނާ ގޮތުގައި7 ސެންޓިމީޓަރުގެ ކަނޑުލޮނުގަނޑު އުފުލިގެންދާނީ ހަމައެކަނި ގްރީންލޭންޑްގައިވާ ގަނޑުފެންތައް ވިރިގެންނެވެ. މިކަމުގެ ސަބަބުން، ރާއްޖެފަދަ ތި...
މަރްޔަމް ސިމާނާ
އިންޑިއާ އަކީ ދުނިޔޭގައި، އަންހެނުންނަށް އެންމެ ނުރައްކާ ގައުމުގެ ގޮތުގައި ސާވޭއަކުން ދައްކައިފިއެވެ. ތޯމަސް ރިއުޓާސް ފައުންޑޭޝަން އިން ޝާއިއު ކުރި ސާވޭގެ ރިޕޯޓަކުން ދެއްކިގޮތުގައި އިންޑިއާއަކީ އަންހެނުނަށް އެންމެ ގިނައިން ޖިންސީ އަނިޔާ ކުރާ ގައުމެވެ. އަދި ހިއުމަން ޓްރެފިކިންގެ އިތުރުން ގަދަބާރުން ކައިވެނި ކުރުމާއި، ކުޑަކުދިންނާ ކައިވެނިކުރުމާއި، ޖިންސީ އެދުން ފުއްދުމަށްޓަކައި އަންހެނުނާއި އަންހެކުދިން އަޅުވެތިކޮށްގެން ގެންގުޅޭ ގައުމެއްގެ ގޮތުގައިވެސް ފާހަގަކޮށްފައިވެއެވެ. މި ސާވޭ އަކީ އަންހެނުނ...
މަރްޔަމް ސިމާނާ
އިންޑިއާ ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ނަމާދު ނުކުރެވޭތާ 4 މަސް ދުވަސްވެއްޖެކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޯގަސްޓު މަހު، އިންޑިއާ އިން އެ ޤައުމުގެ ޤާނޫނު އަސާސީން ކަޝްމީރަށް ލިބިދީފައިވާ އަމިއްލަ ވަންތަކަން އުވާލުމަށް ނިންމިފަހުން ކަޝްމީރުގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ. އެގައުމުގެ ސިފައިންވަނީ ހުކުރު ނަމާދުގެ އިތުރުން ދީނީގޮތުން އެއްވެސް ކަހަލަ ބައްދަލުވުމެއް ކަޝްމީރުގައި ބޭއްވުން މަނާކޮ...
ފާތިމަތު ސިނާޒާ
ނިއު ޒީލެންޑްގެ ރަށެއް ކަމަށް ވާ ވައިޓް އައިލެންޑް ގައި އަލިފާން ފަރުބަދައެއް ގޮވައި 5 މީހުން މަރުވެ އެތައްބަޔަކު ގެއްލިއްޖެކަމަށް އެގައުމުގެ ނޫސްތައް ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އެގައުމުގެ ގަޑިން 2:11 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުން މި ހާދިސާގައި 20 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އެގައުމުގެ ނޫސްތަކުގައި ފުލުހުންނާއި ހަވާލާދީ ބުނެފައިވަނީ ފަރުބަދަ ގޮވަން ފެށިއިރު އެ ތަނުގައި 100 ވަރަކަށް މީހުން […]
ފާތިމަތު ސިނާޒާ
އަވައްޓެރި އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ އަނާޖް މަންޑީ ސަރަހައްދުގައި ހުންނަ ކާޑްބޯޑު ފެކްޓަރީއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ 43 މީހުން މަރުވެ 50 މީހުންނަށް އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ. އިންޑިއާގެ ހަބަރުތަކަށް ދިއްލީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މައުލޫމާތު ދީފައިވާގޮތުން އަލިފާނުގެ ހާދިސާގައި މަރުވެފައިވާ ގިނަމީހުން ނަކީ އެ ފެކްޓްރީގައި މަސައްކަތް ކުރާ ފަރާތް ތައް ކަމަށާއި މަރުވި ގިނަމީހުން އެވަގުތު ތިބީ ނިިދާފާ ކަމަށް އެފަރާތުން ވަނީ މައުލުމާތު ދީފައެވެ. ލޯކް ނާޔަކް ހޮސް...
ފާތިމަތު ސިނާޒާ
ފާއިތުވި ދެ އަހަރުތެރޭގައި ގާތްގަނޑަކަށް 6000 ޖިންސީ ފުރައްސާރައިގެ ޝަކުވާ ލިބިފައިވާކަމަށް، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްސީ ވިޔާފަރި ކުރާ އޫބާއިން ބުނެފިއެވެ. އެމެރިކާގެ މި ކުންފުންޏަކީ ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައިވެސް ބޭނުން ކުރާ ހިދުމަތެކެވެ. އޫބާގެ ހިދުމަތަކީ ރައްކާތެރި ހިދުމަތަކަށް ހެދުމަށްޓަކައި އޫބާއިން އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު 5،981 ޝަކުވާ އެމެރިކާއިން ލިބިފައިވާކަމަށެވެ. ޖިންސީ ފުރައްސާރައިގެ ވާހަކަ އަކީ ގިނަ ކުންފުނިތަކުން ދައްކާ...
މަރްޔަމް ސިމާނާ
ކުލާސްރޫމެއްގެ ތެރޭގައި އޯޓިސްޓިކް ކުއްޖެއް ރޮމުން ދާއިރު އެކުއްޖާ މަސަލަސް ކުރި ޑައުންސިންޑްރަމް ކުއްޖެއްގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ. މެކްސިކޯގެ ސްކޫލެއްގެ ޓީޗަރެއް ފޭސްބުކް ގައި ޝާއިއު ކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ އޯޓިސްޓިކް ކުއްޖެއް ރޮމުންދާއިރު އޭނާގެ ކްލާސގައި އުޅޭ ޑައުންސިންޑްރަމް ކުއްޖެއް އައިސް ގައިގައި ބައްދާލައި ކަރުން ފޮހެލަދޭ މަންޒަރެވެ. އަދި ބުރަކަށީގައި ފިރުމާލުމަށްފަހު ބައްދަލާއިން ހުރެއެވެ. ބަލާލަން ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. https://twitte...
މަރްޔަމް ސިމާނާ
އަބޫދާބީގެ ވަލީއަހުދު، ޝެއިޚް މުހައްމަދު ބިން ޒައިދު ބައިވެރިވެ ވަޑައިގެންނެވި ރަސްމީ ހަފްލާއެއްގައި ކުޑަ އަންހެން ކުއްޖަކުއާ ސަލާމް ނުކުރެއްވެވުމުން އެކުއްޖާގެ ގެއަށް ވަލީއަހުދު ވަޑައިގަންނަވައިފިއެވެ. އައިޝާ މުހައްމަދު މަޝީތު އަލް މަޒްރާއޯ ނަމަކަށް ކިޔާ މި ކުޑަ އަންހެން ކުއްޖާ ސަލާމް ކުރަން އަތްދިކޮށްލި ނަމަވެސް ވަލީއަހުދު އަށް އެތަން ނުފެނި ސަލާމް ނުކުރެވި ދެވުނީއެވެ. މި މަންޒަރު ވީޑިއޯއަށް އަރައި އެވީޑިއޯ ވައިރަލް ވެގެން ދިޔައެވެ. މި ރަސްމިއްޔާތުގައި ވަލީއަހުދުގެ އަރިހުގައި ސައުދީގެ ޑެޕިއުޓީ...
މަރްޔަމް ސިމާނާ
ފާއިތުވި ހަފުތާގައި އީރާނު ސަރުކާރުން ޕެޓްރޯލްގެ އަގު ބޮޑުކުރުމުން އެކަމާ ދެކޮޅަށް އެގައުމުގެ އެކި ރަށްރަށުގައި ފެށި އިހުތިާޖުތައް ބޮޮޑެތި މުޒާހަރާތަކަކަށް ބަދަލުވެ، 21 ރަށެއްގައި 106 މީހުން މަރުވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން އިއްޔެވަނީ ބުނެފައެވެ. ނަމަވެސް އެގައުމުގެ މީޑިޔާތަކުން ބުނާގޮތުން މިއަދަދު200 އަށްވުރެ މަތިވާނެކަމަށް ބުނެއެވެ. ”މި ޖަމްއިއްޔާއިން ގަބޫލުކުރާ ގޮތުގައި ހަގީގީ އަދަދު މިއަށްވުރެ މާ މަތިވެދާނެ. އެއީ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތަކ...
ޔުމްނާ ޢަލީ
އެކުވެރި ޢަރަބި އިމާރާތު (ޔޫއޭއީ)ގެ ރައީސް ޝައިޚް ޚަލީފާ ބިން ޒާޔިދު އަލް ނަޙްޔާންގެ ކޮއްކޯފުޅު، ޝައިޚް ސުލްޠާން ބިން ޒާޔިދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން، އެކުވެރި ޢަރަބި އިމާރާތުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފިއެވެ. އެކުވެރި ޢަރަބި އިމާރާތުގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޝައިޚް ސުލްތާން ބިން ޒާޔިދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ޝާހީ ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރު...
އިބްރާހިމް އަސްވާޤް
އިޒްރޭލު ސަފީރު ވާހަކަ ފެށުމުން، ހާވާރޑް ޔުނިވަރސިޓީގެ ދަރިވަރުން ހޯލުދޫކޮށް ނިކުމެއްޖެ އެވެ. އެމެރިކާގެ ހާވާރޑް ޔުނިވަރސިޓީގެ އެންމެ މަޝްހޫރު އެއް ތަޢުލީމީ ހިޔާވަހިކަމުގައިވާ ހާވާރޑް ލޯ ސްކޫލްގެ ދަރިވަރުންނާއި މުހާތަބުކޮށް އިޒްރޭލުން އެގައުމަށް ފޮނުއްވާފައިވާ ސަފީރު ވާހަކަދައްކަވަން ފެށުމާއިއެކު 100 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ހޯލް ދޫކޮށް ބޭރަށް ނިކުމެފައެވެ. މި މަހުގެ 14 ވަނަ ދުވަހު އެ ސުކޫލް ހޯލްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިޒުރޭލުން ހިފާފައިވާ ބިންތަކުގެ ތެރޭގައި ހިމެނޭ ފަލަސްތ...
ފާތިމަތު ސިނާޒާ
ސްރީލަންކާގެ ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިޙާބުގެ ވޯޓުލުން ފަށައިފިއެވެ. ސިޔާސީ އެކި ފިކުރުގެ 35 ކެންޑިޑޭޓަކު ވާދަކުރައްވާ މި އިންތިހާބުގައި ވޯޓުލާން ފަށާފައިވަނީ ލަންކާ ގަޑިން މިއަދު ހެނދުނު 7:00 ޖެހި އިރެވެ. ވޯޓުލުން ކުރިޔަށް ދާނީ ލަންކާ ގަޑިން ހަވީރު 5:00 ޖެހުމާއި ހަމަޔަށެވެ. މިއީ މިހާތަނަށް ލަންކާގެ ރިޔާސީ އިންތިޙާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ. ކުރިން ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅެއް މި އިންތިހާބުގައި ވާދަ ނުކުރައްވައެވެ. 15.9 […]
އަޙްމަދު މުޖުތަބާ