ވެސްޓާރން ޕެސިފިކް އޯޝަންގައި އޮންނަ ރަށެއް ކަމަށްވާ ޕަލާއުގެ ކަނޑުގެ ދިރުން ހިމަޔާތް ކުރުމަށްޓަކައި އެ ކަނޑުގެ ބޮޑުބަޔަކުން މަސްބޭނުން މަނާ ކޮށްފިއެވެ.
އެރަށުގެ މީހުން މިގޮތަށް ކަންތައްކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް އަންނަ ބަދަލުތަކުން ސަލާމާތްވުމަށާއި މުރަކަތަކާއި އެހެނިހެން ދިރުންތައް ހެދިބޮޑުވުމަށް ފުރުސަތުދީ ގިނަ ބާވާތްތައް ދިރުވައި އާލާ ކުރާށެވެ. އެގޮތުން މިހާރުވެސް މަސްތަކުގެ އާބާދީ އިތުރުވެފައިވާ ކަމަށް ވެއެވެ.
މިހާރު އެ ރަށުގައި ކަނޑުގެ ދިރުން ހިމާޔާތް ކުރުމަށްޓަކައި500،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުން މަސްބޭނުން ވަނީ މަނަކޮށްފައެވެ. މިއީ ގާތްގަނޑަކަށް ފްރާންސްގެ ސައިޒެވެ. އެގޮތުން80% ގެ ކަނޑުގެ ސަރަހައްދުން މަސްބޭނުން މަނާކޮށްފައިވާއިރު، މަސްވެރިންނަށް މަސްބޭނުމުގެ ހުއްދަ ދީފައިވަނީ20%ގެ ކަނޑުގެ ސަރަހައްދުންނެވެ.
ޔޫއެން އިން ރިޕޯޓް ކުރާގޮތުގައި ދުނިޔޭގެ90% ގެ މަހުގެ ދިރުންތައް ދަނީ ނެތިދަމުންނެވެ. ކަނޑުގެ ސަރަހައްދުތައް ހިމާޔާތް ކުރުމަކީ ކަނޑުފަޅުގެ ދިރުންތައް ނެތި ދިޔުމުން ސަލާމާތްކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ. ޕަލާއުގެ ފަރުތަކުގައި 700 އަށްވުރެ ގިނަ ބާވަތުގެ މުރަކަތައް ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!