ވޫހާންގެ ކޯވިޑް ހާލަތު އާންމުކުރުމުން ޖަލަށްލި ޗައިނާ ނޫސްވެރިޔާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކުރަނީ
ޗައިނާގެ ވޫހާން ސިޓީގެ ކޯވިޑް ހާލަތު ގެނެސްދިން އެގައުމުގެ ނޫސްވެރިޔެއް ޖަލުގައި ހުރެގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް އާއިލާއިން ބުނެފިއެވެ. ޗައިނާ ސިޓިޒެންގެ ޖާނަލިސްޓް ޒަންގް ޒާން 38، ޝަންހާއިގެ އަންހެނުންގެ ޖަލުގައި ހުރެގެން ބަނޑުހައި ހޫނުކަމުގެ ހަޅުލާލުކުރަމުން އަންނަ އިރު، އޭނާގެ ހާލު ދެރަވެ މަރުވެދާނެކަަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާ ދޫކޮށްލުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުންވެސް ދަނީ ޗައިނާއަށް ގޮވާލަމުންނެވެ. ފާއިތުވި 2020 ވަނަ އަހަރުގ...