ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ޓޯންގާއިން ފުރަތަމަ ފަހަރަށް ކޯވިޑް19 އަށް މީހަކު ޕޮޒިޓިވްވެ ވެއްޖެ އެވެ.
160 ރަށުގެ މައްޗަށް އެކުލެވޭ މި ޖަޒީރާ ގައުމުން ޕޮޒިޓިވްވެފައިވަނީ ނިއުޒީލެންޑް އިން އެގައުމަށް ދަތުރުކުރި އެގައުމުގެ ފާދިރީ އެކެވެ. އެމީހާ ދަތުރު ކުރި ބޯޓުން 200 މީހުން ވަނީ އެގައުމަށް ދަތުރުކޮށްފަ އެވެ.
އެމީހާއަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެކެވެ. މިހާރު އެމީހާ ހުރީ ޓޮންގާގެ ހޮޓަލެއްގައި ކަރަންޓީންކުރެވިފަ އެވެ.
މިކޭސް ފެނުމާއިއެކު އެގައުމުގެ 70% މީހުން ދިރިއުޅެމުން އަންނަ ވެރިރަށް ޓޮންގަޓަޕުވަނީ 1 ހަފްތާއަށް ލޮކްޑައުން ކޮށްފަ އެވެ. އެގޮތުން އެރަށުގެ ހުރިހާ ސުކޫލް ތަކާއި ރެސްޓައުރަންޓްތައްވަނީ ބަންދުކޮށްފަ އެވެ. ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ހިންގާގައުވާއިރު ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގައުމުގެ 48% މީހުން ވަނީ ކޮވިޑް19 އިން ރައްކަތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.
ދުނިޔޭގެ އެހެން ގައުމުތަށް ކޯވިޑް19 އާއި ހަނގުރާމަ ކުރަމުންދިޔަ އިރު އެގައުކުގެ ބޯޑަރުތައް އޮތީ ބަންދުކޮށްފަ އެވެ. އަދިވެސް ބޯޑަރުތައް އެކީ ހުޅުވާނުލައެވެ.
ޕެސިފިކް އޯޝަންގައި އޮންނަ ޕޮލިސޭނިއަން ގައުމުތަކުގައި ހިމެނޭ މިގައުމުން ކޮވިޑް ކޭސްއެއް ފެނިފައި ވާއިރު މިހާތަނަށް ކޮވިޑްގެ އަސަރު ނުކުރާ އޮތީ ދެ ގައުމެކެވެ. އެއީ ޕެސިފިކް އޯޝަންގައި އޮންނަ އާބާދީގައި 11000 މީހުން އުޅެމުން އަންނަ ޓުވަލު އާއި ނައުލު އެވެ. ނަައުލުގެ އާބާދީއަކީ 10600 އެވެ.
2019 ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަސް މިވަނީ ދުނިޔޭގެ އެކިގައުމުތަކުން 247 މިލިއަން މީހުންނަށް ޖެހިފަ އެވެ. މީގެ ތެރެއިން 5 މިލިއަނެއްހާ މީހުންވަނީ މިބަލީގައި މަރުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!