2030 ވަނަ އަހަރުގެ ކުރިން ޗައިނާއިން ހަނދަށް އިންސާނުން ފޮނުވަން ތައްޔާރުވަމުންދާ ކަމަށް ޗައިނާގެ ޖައްވީ އިދާރާގެ އޮފިޝަލުން ބުނެފިއެވެ.

ޖިއުކުއަން ސެޓެލައިޓް ލޯންޗް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ އިންސާނީ ޖައްވީ ދަތުރުފަތުރުގެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ލިން ޝިކިއަންގް ވިދާޅުވީ ހަނދަށް ފޭބުމަށް އެގައުމުން ރާވާފައިވާ ޕްލޭންތަކުގެ ތެރޭގައި "ހަނދުގެ ބިމުގައި ކުރު މުއްދަތަކަށް މަޑުކުރުމާއި އިންސާނާ ރޮބޮޓިކް ޖޮއިންޓް އެކްސްޕްލޯރޭޝަން" ހިމެނޭ ކަމަށެވެ.

Ad
rt

ނާސާ އާއި ޗައިނާގެ ޖައްވީ އިދާރާއިން ވެސް މިހާރު މަސައްކަތް ކުރަމުންދަނީ ހަނދުގެ ދެކުނު ޕޯލް ކައިރިއަށް އިންސާނުން ފޮނުވުމަށެވެ.

ނޮވެމްބަރު 2022 ގައި ނިންމާލި ޗައިނާއިން ޖައްވުގައި ސްޕޭސް ސްޓޭޝަން ހެދުމަށް ޗައިނާއިން ރާވާފައިވާ ޕްލޭންތަކުގެ ތެރޭގައި މަދުވެގެން ދިހަ އަހަރު ދުވަހުގެ މުއްދަތަށް ހުރިހާ ވަގުތެއްގައި ތިން މެމްބަރުންގެ ކްރޫއެއް ހޯސްޓްކުރުން ހިމެނެ އެވެ.

ދިގު މުއްދަތުގައި ޗައިނާއިން ރާވާފައިވަނީ އެގައުމުގެ ޖައްވީ ސްޓޭޝަނަށް އިތުރު ދެ ބައި އިތުރުކުރުމަށެވެ.

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޮފިޝަލުން ވަނީ ޗައިނާއިން ބައިނަލްއަގްވާމީ ބައިވެރިންނާ އެކު ވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ އޭގެ ތެރޭގައި ނާސާ ވެސް ހިމެނެ އެވެ.

އެމެރިކާގެ ނާސާއިން ބުނާ ގޮތުގައި "ޗައިނާއާއެކު މަސައްކަތް ކުރުމަކީ ޗައިނާގެ ކަމެއް" ކަމަށް ބުނާއިރު، 2011 ވަނަ އަހަރު ކޮންގްރެސް އިން ފާސްކުރި ގާނޫނެއްގެ ސަބަބުން ނާސާ އަށް ފެޑެރަލް ބަޖެޓުން ލިބޭ ފައިސާ ބޭނުންކޮށްގެން ޗައިނާއަށް އެއްބާރުލުން ދިނުން މަނާކޮށްފައިވެ އެވެ.

ނާސާގެ އާޓިމިސް 3 މިޝަންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ފަހުކޮޅު ހަނދުގެ ދެކުނު ޕޯލް ކައިރީގައި ކްރޫޑް ލޭންޑިން މިޝަނަކަށް ޖައްވީ އުޅަނދުފަހަރު ފޮނުވާލުމެވެ.