މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. މޯދީ ތިން ވަނަ ދައުރަކަށް ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު، އިންތިޚާބުގައި މޯދީގެ ބީޖޭޕީއަށް ހޯދުނީ އަންދާޒާކުރެވުނު ވަރަށް ވުރެ ދަށް ނަތީޖާ އެކެވެ. އެހެންވެ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ އިއްތިހާދެއްގެ ވެރިއެއްގެ ގޮތުގައެވެ. މޯދީ އާއި މޯދީގެ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވި މި ރަސްމިއްޔާތުގައި އަވަށްޓެރި ޤައުމުތަކުގެ އިސް ވެރިން […]