މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (13:20 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,702 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 176 ވަނަ ޞަފްޙާ

ފްރީޒް ކޮށްފައިވާ ރަޝިއާ އެސެޓުން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

ފްރީޒް ކޮށްފައިވާ ރަޝިއާ އެސެޓުން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

ފްރީޒްކޮށްފައިވާ ރަޝިއާގެ އެސެޓްތައް ބޭނުންކޮށްގެން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖީ7 އިން އެއްބަސްވެއްޖެއެވެ. މި ލޯނަކީ ރަޝިޔާސިފައިންނާ ދެކޮޅަށް ޔޫކްރެއިންއިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅުމަށް އެހީތެރިވުމުގެ ގޮތުން ނަގާ ލޯނެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ޖީ-7 ގެ ގައުމުތައް ޔޫކްރެއިންއާއެކު ސާބިތުކަމާއެކު ތިބިކަމުގެ ސާފު މ...

އަޙްމަދު ދާއޫދު
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އިތުރު 30 މީހަކު ޝަހީދުވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އިތުރު 30 މީހަކު ޝަހީދުވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 30 މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 37،232 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާގައި އިތުރު 85،037 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު […]

އަޙްމަދު ދާއޫދު
ޖީ7 ގައި ބައިރިވުމަށް މޯދީ އިޓަލީއަށް ވަޑައިގެންފި

ޖީ7 ގައި ބައިރިވުމަށް މޯދީ އިޓަލީއަށް ވަޑައިގެންފި

މި މަހުގެ 13 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 50 ވަނަ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޓަލީއަށް ވަޑައިގަންނަވައިފިއެވެ. ދުނިޔޭގެ ބޮޑެތި އިޤްޞާދީ ތަކުގެ ލީޑަރުން ބައިވެރި ވަޑައިގަންނަވާ ޖީ7 އައުޓްރީޗް ސަމިޓަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ މޯދީއަށް ދައުވަތު ދެއްވާފައެވެ. މޯދީގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ދެއްވި ހާއްސަ ބްރީފިންއެއްގައި ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވާތުރާ ވިދާޅުވީ އިޓަލީގެ ބޮޑުވަޒީރުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރ...

އަޙްމަދު ދާއޫދު
މޮރޮކޯގެ ކޯޓުތަކުގައި އޭއައި ބޭނުން ކުރަނީ

މޮރޮކޯގެ ކޯޓުތަކުގައި އޭއައި ބޭނުން ކުރަނީ

މޮރޮކޯއިން އަންގާރަ ދުވަހު ބުނީ އުތުރު އެފްރިކާއަށް ނިސްބަތްވާ އެގައުމުގެ ކޯޓުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. “އޭއައި އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފި،” ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް (ޕާލަމެންޓުގެ ފުރަތަމަ ޗެމްބަރު) ގައި ބޭއްވި ޖަސްޓިސް ކޮމިޓީގެ ބައްދަލުވުމެއްގައި ޖަސްޓިސް މިނިސްޓަރު އަބްދުލްލަތީފް އުއާބީ ވިދާޅުވި އެވެ. “އޭއައި ޕްރޮގްރާމެއް ގަނެގެން ފަނޑިޔާރުންގެ މެދުގައި ބެހުމަށް ސުޕްރީމް ޖުޑީޝަލް ކައުންސިލްގެ ރައީސާ...

އަޙްމަދު ދާއޫދު
ހިޔާލުތަފާތުވުން ތަކުގެ ފަރަގު ވަރަށް ބޮޑު، ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެހެން ހީނުވޭ: ބުލިންކަން

ހިޔާލުތަފާތުވުން ތަކުގެ ފަރަގު ވަރަށް ބޮޑު، ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެހެން ހީނުވޭ: ބުލިންކަން

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އާއި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެމެދު އޮތް ޚިޔާލުތަފާތުވުންތަކުގެ ބޮޑުކަމުގެ ސަބުން މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަަސްވުމަކަށް އާދެވޭނެ ހެން ހީނުވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތަނީ ބުލިންކަން ބުނެފިއެވެ. ބުލިންކަން ވިދާޅުވީ މިހާރު ދެ ފަރާތުގެ ހާލަތަށާއި ބަސްމަގަށް ބަލާފައި ދެ ފަރާތް އެއްގަލަކަށް އެރުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ސުލްހައިގެ...

އަޙްމަދު ދާއޫދު
އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ ޢަދަދު 37،202 އަށް އަރައިފި

އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ ޢަދަދު 37،202 އަށް އަރައިފި

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭ ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާ އެއްގައި ޝަހީދުކޮށްލި  ފަލަސްތީނުގެ ޣައްޒާގެ ކުށެއް ނެތް އިތުރު 5 ރައްޔިތުންނާއެކު މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 37،202 އަށް އަރައިފިކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ. އަލް ޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ނޫހުގެ ނޫސްވެރިން ވަނީ މެދުތެރޭ ޣައްޒާގެ ހަމަލާ އަމާޒުވި ސަރަހައްދަށް ގޮސްފައެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ހަމަލާ އަމާޒުކޮށްފައި ވަނީ...

އަޙްމަދު ދާއޫދު
ޓާބިއުލެންސްގައި ޖެހުނު ސިންގަޕޯ އެއާލައިންއިން ދަތުރުކުރި ކޮންމެ މީހަކަށް 10،000 ޑޮލަރުދެނީ

ޓާބިއުލެންސްގައި ޖެހުނު ސިންގަޕޯ އެއާލައިންއިން ދަތުރުކުރި ކޮންމެ މީހަކަށް 10،000 ޑޮލަރުދެނީ

ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ޓާބިއުލެންސެއްގައި ޖެހި ހިނގި ހާދިސާގައި އަނިޔާވި ކޮންމެ މީހަކަށް 10،000 ޑޮލަރުގެ ބަދަލެއް ދޭން އެ އެއާލައިނުން ނިންމައިފިއެވެ. މެއި މަހުގެ 21 ވަނަ ދުވަހު ޓާބިއުލެންސް (ކޮޅިގަނޑު)ގައި ޖެހުނު ބޯޓް ދަތުރު ކުރަމުން ދިޔައީ އިނގިރޭސި ވިލާތުން ފުރައިގެން ސިންގަޕޫރަށެވެ. ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ބޯޓު އިމަރޖެންސީ ކޮށް ތައިލެންޑްގެ ބެންކޮކަށް ވަނީ ޖައްސާފައެވެ. ސިންގަޕޯރ އެއަރލައިންގެ ފޭސްބުކް ޕޭޖްގައި އަ...

އަޙްމަދު ދާއޫދު
ޣައްޒާގެ ގަތުލުއާންމު ހުއްޓުވުމާ ގުޅޭ އދ.ގެ ޤަރާރަށް ހަމާސްގެ ބަސް ބުނެފި

ޣައްޒާގެ ގަތުލުއާންމު ހުއްޓުވުމާ ގުޅޭ އދ.ގެ ޤަރާރަށް ހަމާސްގެ ބަސް ބުނެފި

ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުގެ ސިޙްޔޫނީން ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަށް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން މަރުޙަބާ ކިޔައިފިއެވެ. ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަކީ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ސުލްޙައިގެ މަގުޗާޓަށް ޢަމަލު ކުރުމަށް ގޮވައިލާފައިވާ ޤަރާރެކެވެ. މި ކަމާ ގުޅޭ ގޮތުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛުހްރީ ވި...

އަޙްމަދު ދާއޫދު
އީލޮން މަސްކްގެ ކުންފުނިތަކަށް އައިފޯނު މަނާކުރަނީ

އީލޮން މަސްކްގެ ކުންފުނިތަކަށް އައިފޯނު މަނާކުރަނީ

އައިފޯން އުފައްދާ ކުންފުނިން އޯއެސް ލެވެލްގައި އޯޕަންއޭއައި އިންޓަގްރޭޓްކޮށްފި ނަމަ އެޕަލް ޑިވައިސްތައް އޭނާގެ ކުންފުނިތަކުގައި މަނާ ކުރާނެ ކަމަށް އީލޮން މަސްކް ބުނެފި އެވެ. ޓެސްލާގެ ސީއީއޯ، ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އެމީހުންގެ އެޕަލް ޑިވައިސްތައް ދޮރުމަތީގައި ޗެކްކުރަން ޖެހޭނެ ކަމަށާއި އެތަނުގައި އެތަކެތި ރ...

އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ އދ.ގެ ވެރިޔާ އެކަން ކުށްވެރިކުރައްވައިފި

އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ އދ.ގެ ވެރިޔާ އެކަން ކުށްވެރިކުރައްވައިފި

އިސްރާއީލުން ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ނުރައްކާތެރި ޙަމަލާގައި ފަލަސްތީނުގެ އާންމުން މަރުވުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ފަލަސްތީނުގެ އާންމުން ޝަހީދުވި ކަމަށްޓަކައި ވަރަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އެ ހަމަލާ ކުށްވެރިކުރައްވާފައެވެ. އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އޮޕަރޭޝަނާ ގުޅިގެން ފަލަސްތީނުގެ އެތައް ސަތޭކަ އާންމުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާތީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ހިތާ...

އަޙްމަދު ދާއޫދު
އެޕަލް އިން އައިފޯނަށް ޗެޓްޖީޕީޓީ ގެނެސް، "އެޕަލް އިންޓެލިޖެންސް" އޭއައި ދައްކާލައިފި

އެޕަލް އިން އައިފޯނަށް ޗެޓްޖީޕީޓީ ގެނެސް، "އެޕަލް އިންޓެލިޖެންސް" އޭއައި ދައްކާލައިފި

އެޕަލް އިން އައިފޯނަށް ޗެޓްޖީޕީޓީ ގެނެސް، “އެޕަލް އިންޓެލިޖެންސް” އޭއައި، ރޭ ބޭއްވި އެކުންފުނީގެ އަހަރީ ޑިވެލޮޕަރު ކޮންފަރެންސްގައި ދައްކާލައިފިއެވެ. އެޕަލް އިން އާޓިފިޝަލް އިންޓެލިޖެންސަށް ބޮޑު ކުރިއެރުމެއް ދީފައި ވަނީ ވައިރަލް ވެފައިވާ ޗެޓްޖީޕީޓީ ޗެޓްބޮޓް އައިފޯންގެ އޮޕަރޭޓިން ސިސްޓަމަށް އިންޓަގްރޭޓް ކުރުމަށް އޯޕަންއޭއައިއާ އެކު ޕާޓްނާޝިޕެއް ހަދަން ނިންމައިގެންނެވެ. މީގެ އިތުރުން އެޕަލްގެ މައި އެޕްލިކޭޝަންތަކާއި ހިދުމަތްތަކަށް އިންފެކްޓް ކުރާނެ ޖެނެރޭޓިވް އޭއައި ކެޕޭސިޓީގެ އާ ކޮމްޕްރެހެންސިވް...

އަޙްމަދު ދާއޫދު
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނު ކުރެއްވި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ތާއީދުކުރާ ގަރާރެއް އދގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެމެރިކާއިން ލިޔުނު މި ގަރާރަށް 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގައި ތާއީދުކުރުމަށް 14 ވޯޓު ލިބިފައިވާއިރު، ރަޝިއާއިން އެގަރާރުގައި ބައިވެރިވެފައެއް ނުވެއެވެ. ފާސްކުރި ގަރާރުގައި މިސްރާއި އެމެރިކާ އަދި ގަތަރުން އިސްނަގައިގެން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އަލިއަޅުވާލާފައިވާއިރު، މެއި މަހުގެ ފަހުކޮޅު ބައިޑަނ...

އަޙްމަދު ދާއޫދު
ޣައްޒާ ހަނގުރާމަ ހުއްޓަލުމަށާއި، އިޒްރޭލަށް އެހީވުން ހުއްޓާލުމަށް ގޮވާލާ ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފި

ޣައްޒާ ހަނގުރާމަ ހުއްޓަލުމަށާއި، އިޒްރޭލަށް އެހީވުން ހުއްޓާލުމަށް ގޮވާލާ ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފި

ޣައްޒާ ހަނގުރާމަ ހުއްޓަލުމަށާއި، އިޒްރޭލަށް އެހީވުން ހުއްޓާލުމަށް ގޮވާލާ ފަލަސްތީނަށް ތާއިދު ކުރާ އެތައް ހާސް ރައްޔިތުންނެއް ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ. “ރަތް ރޮނގު” މި ނަމުގައި ހޮނިހިރު ދުވަހު ވޮޝިންގޓަންގައި ބޭއްވި މުޒާހަރާގެ ބައިވެރިން ތިބީ އިޒްރޭލް ސިފައިންގެ ހަމަލާ ތަކުގައި ޝަހީދުވެފައިވާ މީހުންގެ ނަންތައް ލިޔެފައިވާ ދިގު ބެނާ އެއް ހިފައިގެންނެވެ. ޣައްޒާ އަށް އިޒްރޭލު ސިފައިން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވަމުން ދާއިރު އެމެރިކާގެ ރަ...

އަޙްމަދު ދާއޫދު
އައިއޯއެސް 18 ގައި އެޕަލް އިން "އެޕަލް އިންޓެލިޖެންސް" އޭއައި ފީޗާސް ތައާރަފްކުރަނީ

އައިއޯއެސް 18 ގައި އެޕަލް އިން "އެޕަލް އިންޓެލިޖެންސް" އޭއައި ފީޗާސް ތައާރަފްކުރަނީ

އެޕަލްގެ ކުރިއަށް އޮތް މޮބައިލް އޮޕަރޭޓިން ސިސްޓަމް އައިއޯއެސް 18 އަށް އަންނަ އާޓިފިޝަލް އިންޓެލިޖެންސް ކެޕޭސިޓީ “އެޕަލް އިންޓެލިޖެންސް” ގެ ނަމުގައި ބްރޭންޑް ކުރާނެ ކަމަށް އެޕަލް އިން ބުނެފި އެވެ. މެޝިން ލާނިން މޮޑެލްތަކާއި ނިއުރަލް ނެޓްވޯކްތައް ބޭނުންކޮށްގެން އަލަށް ތައާރަފުކުރި އޭއައި ފީޗާތަކުގެ ސަބަބުން އިތުރު އެޑްވާންސް ވޮއިސް ކޮމާންޑްތަކާއި ސްމާޓް ޓެކްސްޓް ޕްރެޑިކްޝަންތަކާއި ފޮޓޯ އާއި ވީޑިއޯ އެޑިޓިން ރަނގަޅުކުރުމާއި އައިފޯނާއި އައިޕެޑް ޑިވައިސްތަކުގައި އޮގްމެންޓެޑް ރިއަލިޓީ އެކްސްޕީރިއަންސް...

އަޙްމަދު ދާއޫދު
އިޒްރޭލްގެ ދިފާއީ ވަޒީރު ގޭންޓްޒް މަގާމުން އިސްތިއުފާ ދީފި

އިޒްރޭލްގެ ދިފާއީ ވަޒީރު ގޭންޓްޒް މަގާމުން އިސްތިއުފާ ދީފި

ހަނގުރަމާއިގެ ފަހުން ގާޒާ އާ މެދު އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ނަތަންޔާހޫ އެކުލަވާ ލައްވާފައި ނުވާތީ ކަމަށްބުނެ ގޭންޓްޒް އިޒްރޭލްގެ ހަނގުރާމައިގެ ވަޒީރު އިސްތިއުފާ ދީފިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ދިފާއީ ވަޒީރު ބެނީ ގޭންޓްޒް އާދިއްތަ ދުވަހު އިސްތިއުފާ ދިފައިވާއިރު މީގެކުރިން އޭނާ އިސްތިއުފާދޭނެކަން ވަނީ އިއުލާންކޮށްފައެވެ. ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ނުރުހުން ނަތަންޔާހޫ އަށް އަމާޒުވެފައި ވަނިކޮށް ނަތަންޔާހޫގެ ކ...

އަޙްމަދު ދާއޫދު