މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ބައިނަލްއަގުވާމީ

3,710 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 156 ވަނަ ޞަފްޙާ

ޣައްޒާގައި 90 އިންސައްތަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ޣައްޒާގައި 90 އިންސައްތަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ޣައްޒާގައި ހިންގި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި 90 އިންސައްތަ ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޕެލެސްޓީނިއަން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔޫއޭ)ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރު 1 ގައި ފެށުނު މި ކެމްޕޭނުގައި 10 އަހަރުން ދަށުގެ 640،000 ކުދިންނަށް ވެކްސިން ދިނުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން މިހާރު 446،000 އަށްވުރެ ގިނަ ކުދިންނަށް މެދު އަދި ދެކުނު ޣައްޒާގައި ވެކްސިން ދެވ...

އަޙްމަދު ދާއޫދު
އޯޕަން އޭއައި އިން އެންމެ ފަހުގެ އޭއައި މޮޑެލް ރިލީޒްކޮށްފި

އޯޕަން އޭއައި އިން އެންމެ ފަހުގެ އޭއައި މޮޑެލް ރިލީޒްކޮށްފި

މަޝްހޫރު އޭއައި ކުންފުނި އޯޕަން އޭއައި އިން އެ ކުންފުނީގެ އެންމެ ފަހުގެ ބޮޑު ލެންގުއޭޖް މޮޑެލް ކަމުގައިވާ ޖީޕީޓީ–އޯ1 (GPT-o1) ގެ ޕްރިވިއު ވަރޝަން މިއަދު ރިލީޒްކޮށްފިއެވެ. މި އައު މޮޑެލްގެ ޤާބިލުކަން ކުރީގެ މޮޑެލްތަކަށްވުރެ މަތިވެފައިވާ ކަމަށް ކުންފުނިން ބުނެއެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވި ގގޮތުގައި އޯ1-ޕްރިވިއު އަދި އޯ1-މިނީ މޮޑެލްތަކަކީ “އާންމު ބޭނުންތަކަށް އަދި ބޮޑެތި ވިސްނުންތެރި މަސައްކަތްތައް ކުރެވޭ އޭއައި ގެ އައު ޒަމާނެއްގެ ފެށުމެވެ.” ނަމަވެސް […]

އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުން އިތުރު 24 މީހުން ޝަހީދުވެއްޖެ

ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުން އިތުރު 24 މީހުން ޝަހީދުވެއްޖެ

ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި އިތުރު 24 މީހުން ޝަހީދުވެއްޖެއެވެ. މިއާއެކު އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41،206 އަށް އަރައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޣައްޒާގެ ސިއްޙީ ވުޒާރާއިންނެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 95،337 މީހުން ޒަޚަމްވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއއިލާތަކަށް އަމާޒުކޮށް ހިންގި ތިން “ގަތުލުއާންމު” ގައި 24 މީހުން މަރުވެ، 57 މީހުން ޒަޚަމްވެފައިވާކަމަ...

އަޙްމަދު ދާއޫދު
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. އެމެރިކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު އިއްޔެ އަތުލައިގެންފައިވާއިރު، މި ހާދިސާ ހިނގީ ޓްރަމްޕްގެ ގޮލްފް ކޯހުގައި، އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން ގަސްތަކުގެ ތެރޭގައި އޮތް މީހަކު ފެނުމުންނެވެ. ސީކްރެޓް ސާވިސްގެ އެޖެންޓުން އެ މީހާއަށް ހަމަލާދިނުމުން، އޭނާ ކާރެއްގައި ފިލައިގެން ދިޔަ ނަމަވެސް،...

އަޙްމަދު ދާއޫދު
އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް

އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް

އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް ތަޢާރަފްކޮށްފައިވާނޭ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ. އެޕަލްގެ އައިފޯން ވަގަށް ނެގުމުގެ ބޭނުން ކުޑަކުރުމަށްޓަކައި އައި.އޯ.އެސް 18 ގައި އައު ފީޗަރެއް ތަޢާރަފުކުރަން އުޅޭކަމަށް ބީޓާ ޕްރޮފައިލްސް އިން ހާމަކޮށްފައިވާއިރު، މި ފީޗާއިން ކުރާ ކަމަކީ އައިފޯނުގެ ވަކވަކި ބައިތައް އެޕަލް އައިޑީއާ ގުޅުވާލުން ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. މިގޮތުން އައިފޯނުގެ ބެޓެރި، ކެމެރާ އަދި ޑިސްޕްލޭ ފަދަ ބައިތައް އެޕަލް އައިޑީއާ ގުޅުވާލެވޭނެއެވެ....

އަޙްމަދު ދާއޫދު
އިސްރާއީލުން މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލް ސިފައިން ބަޑިން ހަމަލާދީ މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ތުރުކީގައި ބާއްވައިފިއެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން މަރާލި ތުރުކީ-އެމެރިކާ އެކްޓިވިސްޓް އައިސެނުރް އެޒްގީ އެއިގީގެ ޖަނާޒާ އަދި ހަނދާނީ ރަސްމިއްޔާތު ބޭއްވީ ތުރުކީގެ ދެކުނު-ހުޅަނގު ސަރަހައްދުގައި ހޮނިހިރު ދުވަހުއެވެ. 26 އަހަރުގައި ސެޕްޓެމްބަރު 6 ވަނަ ދުވަހު ޝަހީދުވި އެއިގީގެ ޖަނާޒާ ބޭއްވުނީ އޭނާގެ އުފަން ރަށް، އެޖިއަން ކަނޑު ކައިރީގައިވާ ޑިޑިމް ސިޓީގެ އަލްޓިންކުމް ސަރަހައްދުގައެވެ. މި ރަ...

އަޙްމަދު ދާއޫދު
އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް އެމެރިކާގެ ހުއްދަ ލިބިއްޖެ

އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް އެމެރިކާގެ ހުއްދަ ލިބިއްޖެ

އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް އެމެރިކާގެ އެފްޑީއޭގެ ހުއްދަ ލިބިއްޖެއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުރާސްފަތި ދުވަހު ހުއްދަ ދީފައިވަނީ އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހެޑްފޯނާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އޯވަރ-ދަ-ކައުންޓަރ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށެވެ. މިދިޔަ ހަފްތާގައި އެޕަލްއިން ބުނެފައިވަނީ އެއަރޕޮޑްސް ޕްރޯ 2 މިހާރު “ބަދަލުކުރެވިދާނެ” ކަމަށާއި، އަންނަން އޮތް ސޮފްޓްވެއަރ އަޕްޑޭޓެއްގެ ޒަރީއާއިން ޕަރސަނަލައިޒްޑް ހިއަރިނ...

އަޙްމަދު ދާއޫދު
ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފި

ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފި

ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފިއެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ޤައުމުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒަށް ޒިޔާރަތްކުރި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. މިއީ މި މަރުކަޒުގެ ފޮޓޯތައް އާންމުކޮށް ދައްކާލި ފުރަތަމަ ފަހަރެވެ. ޕްޔޮންގްޔަންގްގެ ސަރުކާރު ހިންގާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ހުކުރު ދުވަހު ރިޕޯޓުކުރި ގޮތުގައި ކިމް ޖޮންގް އުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފައްދާ […]

އަޙްމަދު ދާއޫދު
ކޮމޯރޯސްގެ ރައީސަށް ތޫނު އެއްޗަކުން ހަމަލާދީފި

ކޮމޯރޯސްގެ ރައީސަށް ތޫނު އެއްޗަކުން ހަމަލާދީފި

ކޮމޯރޯސްގެ ރައީސް އަޒާލީ އަސޫމާނީއަށް ތޫނު އެއްޗަކުން ހަމަލާއެއް ދީފިއެވެ. ސަރުކާރުގެ ތަރުޖަމާނު ފާތިމާ އަހަމަދާ ވިދާޅުވިގޮތުގައި މިހަމަލާގައި ރައީސަށް ލިބިވަޑައިގެންފައިވަނީ ކުދިކުދި އަނިޔާތަކެކެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު މެންދުރުފަހު 2 ޖަހާ އެހާކަށް ހާއިރު، ވެރިރަށް މޮރޯނީގެ އުތުރުގައިވާ ސަލީމާނީ އިޓްސަންދްރާ ރަށުގައި ބޭއްވުނު އެ ގައުމުގެ އިސް ޝައިޚެއްގެ ޖަނާޒާއެއްގައެވެ. މި ހަމަލާއާ ގުޅިގެން އުމުރުން 20 އަހަރުގެ ކުރީގެ ފުލުހެއް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޫހަކުން މަ...

އަޙްމަދު ދާއޫދު
އެމްޕޮކްސް ރައްކާތެރިވުމަށް ފައިސާ އިތުރުކުރުމަށް އިލްތިމާސްކޮށްފި

އެމްޕޮކްސް ރައްކާތެރިވުމަށް ފައިސާ އިތުރުކުރުމަށް އިލްތިމާސްކޮށްފި

އެމްޕޮކްސް ރެސްޕޮންސަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް ހުޅަނގުގެ ގައުމުތަކަށް އެފްރިކާ ސީޑީސީން އިލްތިމާސްކޮށްފިއެވެ. އެފްރިކާ ޔޫނިއަންގެ ސިއްޙީ އިދާރާގެ އިސްވެރިޔާ ވަނީ ކޮވިޑް-19 ބަލިމަޑުކަމުން ފިލާވަޅު ލިބިގަނެ، މިހާރު ފެތުރެމުންދާ އެމްޕޮކްސް ބަލީގައި އެފްރިކާ އެކަނި ދޫކޮށްނުލުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޖީން ކަސެޔާ ވިދާޅުވި ގޮތުގައި، އެފްރިކާ ސީޑީސީއާއި ދުނިޔޭގެ ސިއްޙަތު ޖ...

އަޙްމަދު ދާއޫދު
ވިއެޓްނާމްގެ ވެރިރަށުގައި ފެންބޮޑުވެ 179 މީހުން މަރުވެއްޖެ

ވިއެޓްނާމްގެ ވެރިރަށުގައި ފެންބޮޑުވެ 179 މީހުން މަރުވެއްޖެ

ވިއެޓްނާމްގެ ވެރިރަށް ހަނޮއިގައި ފެންބޮޑުވެ 179 މީހުން މަރުވެއްޖެކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިއެޓްނާމްގެ ވެރިރަށް ހަނޮއިގައި ފެން ބޮޑުވެ، އެ ސަރަހައްދުގައި ދިރިއުޅޭ އެތައްހާސް މީހުން ސަލާމަތްކުރަން ވަނީ ޖެހިފައެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭގައި އެންމެ ބޮޑަށް ފެން ބޮޑުވި ފަހަރެވެ. މި ހާދިސާ ދިމާވެފައިވަނީ ޓައިފޫން ޔާގީ އެގައުމުގެ އުތުރުގެ ސަރަޙައްދު ތަކަށް އެރުމުގެ ސަބަބުންނެވެ. އޭޝިއާއަށް މިއަހަރުގެ މިހާތަނަށް އެރި އެންމެ ގަދަ ތޫފޫނަކީ […]

އަޙްމަދު ދާއޫދު
އޯޕެން އޭއައި އިން 150 ބިލިއަން ޑޮލަރުގެ ފަންޑު އެއްކުރަނީ

އޯޕެން އޭއައި އިން 150 ބިލިއަން ޑޮލަރުގެ ފަންޑު އެއްކުރަނީ

މަޝްހޫރު ޗެޓްބޮޓް ޗެޓްޖީޕީޓީ ތަޢާރަފުކުރި ކުންފުނި އޯޕެން އޭއައި އިން 150 ބިލިއަން ޑޮލަރާ ހަމައަށް ފަންޑު އެއްކުރުމަށް މަސައްކަތް ފަށައިފިކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ. ބްލޫމްބާގް ނިއުސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޯޕެން އޭއައި އިން 6.5 ބިލިއަން ޑޮލަރު އިންވެސްޓަރުންގެ އަތުން ހޯދުމަށާއި، އިތުރު 5 ބިލިއަން ޑޮލަރު ބޭންކުތަކުން ދަރަންޏަށް ނެގުމަށް މަޝްވަރާކުރަމުންދެއެވެ. މިއީ މިއަހަރުގެ ކުރީކޮޅު އެ ކުންފުނީގެ އަގު ކަމުގައިވާ 86 ބިލިއަން ޑޮލަރަށްވުރެ 74 އިންސައްތަ އިތުރު އަދަދެ...

އަޙްމަދު ދާއޫދު
ދުނިޔޭގެ ފުރަތަމަ ތިންފަށަށް ފަތްޖަހައިލެވޭ ވާވޭގެ އައު ފޯނު އަގުބޮޑުކަމުން ފާޑުކިޔަނީ

ދުނިޔޭގެ ފުރަތަމަ ތިންފަށަށް ފަތްޖަހައިލެވޭ ވާވޭގެ އައު ފޯނު އަގުބޮޑުކަމުން ފާޑުކިޔަނީ

ދުނިޔޭގައި މިހާތަނަށް އުފެއްދި ތިންފަށަށް ފަތްޖަހައިލެވޭ ފުރަތަމަ ފޯނު ވާވޭ އިން ތަޢާރަފްކޮށްފައިވާއިރު، އެ ފޯނު ޗައިނާގައި މަޤްބޫލުވެފައިވީނަމަވެސް އަގުބޮޑުކަމުން ފާޑުކިޔުންތައް އިތުރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ވާވޭއިން އެމީހުންގެ މި އާދަޔާ ޚިލާފު ސްމާޓްފޯނު، “މޭޓް އެކްސްޓީ” ނެރުމާ ގުޅިގެން ޗައިނާގެ ރައްޔިތުންގެ މެދުގައި ޤައުމީ ފަޚުރުވެރިކަން އާލާވެފައިވެއެވެ. މި ފޯނަކީ އެމެރިކާގެ ދަތިކުރުންތަކާ ކުރިމަތިލައި، އެޕަލްއަށްވުރެ އައު އީޖާދުތައް ކުރެވިދާނެކަން ދައްކުވައިދޭ ކަމެއްގެ...

އަޙްމަދު ދާއޫދު
އީރާނުން ރަޝިއާއަށް މިސައިލް ދިނުމުން ޔޫކްރެއިނަށް އިތުރު ހަތިޔާރުދޭން ހުޅަނގުން ވިސްނަނީ

އީރާނުން ރަޝިއާއަށް މިސައިލް ދިނުމުން ޔޫކްރެއިނަށް އިތުރު ހަތިޔާރުދޭން ހުޅަނގުން ވިސްނަނީ

އީރާނުން ރަޝިއާއަށް ދުރުރާސްތާ އަދި މެދުރާސްތާ މިސައިލް ދީފައިވާތީ ކަމަށްބުނެ ޔޫކްރެއިންއަށް އެފަދަ ނުވަތަ އެއަށްވުރެވެސް ގާބިލް ޒަމާނީ މިސައިލް ދިނުމާ މެދު އެމެރިކާއާއި އިނގިރޭސި ވިލާތުން ވިސްނަމުންދާ ކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާއެކު ކީވްއަށް ކުރެއްވި ދަތުރުފުޅެއްގައި ލެމީ ވިދާޅުވީ އީރާނުން ރަޝިއާއަށް މިސައިލް ދިނުމުން މި މައްސަލައިގެ ބަހުސް ބަދަލުވެފައިވާ ކަމަށެވެ. މީގެ ކުރިން ހުއްދަ ދީފައި ނުވަނީ ހަނގު...

އަޙްމަދު ދާއޫދު
މެކްސިކޯގެ ސެނެޓަށް އާއްމުން ވަދެ، ބަހުސް ހުއްޓުވައިފި

މެކްސިކޯގެ ސެނެޓަށް އާއްމުން ވަދެ، ބަހުސް ހުއްޓުވައިފި

މެކްސިކޯގެ ޖުޑިޝަރީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެން އެ އެކަމާދެކޮޅަށް ހަޅުތާލުކުރި އެތައްސަތޭކަ ބަޔަކު އެ ގައުމުގެ ސެނެޓަށް ވަދެ، ބަހުސް ހުއްޓުވާލައިފިއެވެ. އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ހަޅުތާލުކުރާ ފަރާތްތަކުން ވަނީ ސެނެޓުގެ ސެކިއުރިޓީ ފަހަނައަޅާ ގޮސް، ސެނެޓުގެ މަޖިލިސް ކޮޓަރިއަށް ވަދެފައެވެ. ހަޅުތާލުކުރާ ފަރާތްތަކުން ވަނީ ގައުމީ ސަލާމް ކިޔަމުން، މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށް މަޖުބޫރުކޮށްފައެވެ. މި ބިލަކީ ރައީސް އެންޑްރޭސް މެނުއެލް ލޯޕެޒް އޮބްރަޑޯ ކުރިއަށް ގެންދަވާ އި...

އަޙްމަދު ދާއޫދު