މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,710 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 157 ވަނަ ޞަފްޙާ

އައިފޯން 16 ސީރީޒްގެ ޔޫއެސްބީ ސްޕީޑްގައި އިތުރު ކުރިއެރުމެއް ނެތް

އައިފޯން 16 ސީރީޒްގެ ޔޫއެސްބީ ސްޕީޑްގައި އިތުރު ކުރިއެރުމެއް ނެތް

އެޕަލްއިން އައު އައިފޯން 16 ސީރީޒް އިއްޔެ ތަޢާރަފުކޮށްފައިވާއިރު، މި ފޯނުތަކުގެ ޔޫއެސްބީ ސްޕީޑާ ގުޅޭ ގޮތުން އޮޅުންއަރާފަދަ މަޢުލޫމާތެއް ދީފައިވާ ކަމަށް ޓެކް ރިޕޯޓްތަކުން ބުނެފިއެވެ. އެޕަލްއިން ބުނެފައިވަނީ އައު ފޯނުތަކުގައި “އަވަސް ޔޫއެސްބީ 3 ސްޕީޑް” ހުންނާނެ ކަމަށެވެ. ނަމަވެސް މި ފޯނުތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަންތަކަށް ބަލާއިރު، އައިފޯން 16 އާއި 16 ޕްލަސްގައި ޔޫއެސްބީ 2 ސްޕީޑް 480 Mbps އަދި އައިފޯން 16 ޕްރޯ އާއި 16 ޕްރޯ މެކްސްގައި ޔޫއެސްބީ […]

އަޙްމަދު ދާއޫދު
72 ފިރިހެނުން ލައްވައި އަނބިމީހާ ރޭޕްކުރުވި ފިރިއެއްގެ ޝަރީޢަތް ފަށައިފި

72 ފިރިހެނުން ލައްވައި އަނބިމީހާ ރޭޕްކުރުވި ފިރިއެއްގެ ޝަރީޢަތް ފަށައިފި

ފްރާންސްގެ އެކަހެރި ހިސާބެއްގައި އޮންނަ މަޒަން ކިޔާ ރަށުގައި ހިނގި ބޮޑު ރޭޕްގެ މައްސަލައިގެ ޝަރީޢަތް ފެށިއްޖެއެވެ. ފްރާންސްގެ މަޒަން ރަށުގައި ހިނގި މި ބޮޑު ރޭޕް މައްސަލައިގެ ޝަރީޢަތް އިއްޔެ އެވިނިއޯން ކޯޓުގައި ފެށިފައިވާއިރު، މި މައްސަލައިގައި 51 މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވެއެވެ. މި މައްސަލައިގެ މައިގަނޑު ތުހުމަތުކުރެވޭ ފަރާތަކީ ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާގެ ފިރިމީހާ ޑޮމިނިކް ޕެލިކޯއެވެ. އޭނާގެ އަނބިމީހާ ޖިސެލްގެ ކެއުމުގައި ޑްރަގް ލައިގެން އޭނާ ނިންދާފައި، އެހެން ފިރިހެނުން ގެނެސ...

އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލް ސިފައިން، އދ.ގެ ޕޯލިއޯ ވެކްސިން ޓީމް ހުއްޓުވައިފި

ޣައްޒާގައި އިސްރާއީލް ސިފައިން، އދ.ގެ ޕޯލިއޯ ވެކްސިން ޓީމް ހުއްޓުވައިފި

ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި ބައިވެރިވި އދ. ގެ ޓީމް އިސްރާއީލް ސިފައިން ހުއްޓުވައިފިއެވެ. މި ހާދިސާގައި އދ. ގެ ދެ މުވައްޒަފަކު ބަންދުކޮށް ސުވާލުކުރުމަށްފަހު، އެ ޓީމްގެ އުޅަނދުތަކަށް ބުލްޑޯޒަރު ބޭނުންކޮށްގެން ގެއްލުން ދީފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ. އަލް ރަޝީދު ޗެކްޕޮއިންޓްގައި ހިނގި މި ހާދިސާގައި އދ. ގެ މުވައްޒަފުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އދ. ގެ ފަލަސްޠީނުގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު މުހަންނަދު ހާދީ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި 12 […]

އަޙްމަދު ދާއޫދު
ޕާކިސްތާނުގައި އިމްރާން ޚާންގެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ހައްޔަރުކޮށްފި

ޕާކިސްތާނުގައި އިމްރާން ޚާންގެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ހައްޔަރުކޮށްފި

ޕާކިސްތާނުގައި ޢިމްރާން ޚާންގެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ހައްޔަރުކުރީ ޚާން ދޫކޮށްލުމަށް އެދި، އޭނާގެ ޕާޓީއިން އިސްލާމާބާދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާއަކަށް ފަހުގައެވެ. އެންމެ ދުވަހެއްގެ ތެރޭގައި، އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހައްޔަރުކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުން ހިންގި ޚާއްޞަ...

އަޙްމަދު ދާއޫދު
ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ބަޖެޓް ދަރަނި އިންތިހާއަށް

ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ބަޖެޓް ދަރަނި އިންތިހާއަށް

އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ބަޖެޓް ދަރަނި އަހަރުގެ ފެށުނީއްސުރެ އިންތިހާއަށް އިތުރުވަމުންދާކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ. އިސްރާއީލުގެ މާލީ ވުޒާރާއިން އާދީއްތަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ އޯގަސްޓް މަހު ބަޖެބަޖެޓް ދަރަނި ޖީޑީޕީގެ ނިސްބަތުން -8.3 އިންސައްތައަށް އަރާފައިވެއެވެ. މިއީ ޖޫން މަހު -7.6 އިންސައްތައިގައި ހުރި ނިސްބަތް އިތުރުވެފައިވާ މިންވަރެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓް މަހާ ހަމައަށް އި...

އަޙްމަދު ދާއޫދު
އައިފޯން 16 އާއި އެއާޕޮޑްސްގެ އިތުރުން އެޕަލް ވޮޗް ތަޢާރުފުކޮށްފި

އައިފޯން 16 އާއި އެއާޕޮޑްސްގެ އިތުރުން އެޕަލް ވޮޗް ތަޢާރުފުކޮށްފި

އެޕަލް ކުންފުނިން އޭގެ އަހަރީ ސެޕްޓެމްބަރު ޕްރޮޑަކްޓް އިވެންޓްގައި އައިފޯން 16 އާއި އެހެނިހެން އައު އުފެއްދުންތައް ތަޢާރަފްކޮށްފިއެވެ. މި އިވެންޓް ބާއްވާފައި ވަނީ އެމެރިކާގެ ކެލިފޯނިއާގެ ކުޕަޓީނޯގައި ހުންނަ އެޕަލްގެ މައި އޮފީހުގައެވެ. އައިފޯން 16 އަކީ އެޕަލް އިންޓެލިޖެންސްއަށް އަމާޒުކޮށްގެން އަލުން ފަރުމާކޮށްފައިވާ ފުރަތަމަ އައިފޯނެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި މި އައިފޯނުގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގ ފީޗަރތަކަކީ އިންޤިލާބީ ބަދަލެއް ގެނުވާނެ ކަންކަމެ...

އަޙްމަދު ދާއޫދު
މަސްކް، 2027 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް

މަސްކް، 2027 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް، 2027 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ޓްރިލިއަނެއަރ އަށް ވެދާނެ ކަމަށް އާ ދުނިޔޭގެ މުއްސަނދިކަމުގެ ރިޕޯޓެއްގައި ބުނެފިއެވެ. ބްލޫމްބާގް ބިލިއަނެއަރސް އިންންޑެކްސްގެ މަޢުލޫމާތު ދައްކާ ގޮތުގައި، މިހާރު 53 އަހަރުގެ މަސްކްގެ ސާފު މުދަލުގެ އަގަކީ 251 ބިލިއަން ޑޮލަރު (191 ބިލިއަން ޕައުންޑް) އެވެ. އިންފޯމާ ކަނެކްޓް އެކަޑަމީގެ ހޯދުންތަކުން ދައްކާ ގޮތުގައި، އޭނާގެ މުއްސަނދިކަން އަހަރަކު އެވްރެޖްކޮށް 110 އިންސައްތައިން އިތުރުވަމުން އަންނަ ކަމަށް […]

އަޙްމަދު ދާއޫދު
މިސް ފިޖީ ހޮވުމުގައި ވަގުހެދިކަމުގެ ތުހުމަތާއެކު މަގާމަށް ހޮވުނު މަންޝިކާ އަށް މަގާމުގެއްލިއްޖެ

މިސް ފިޖީ ހޮވުމުގައި ވަގުހެދިކަމުގެ ތުހުމަތާއެކު މަގާމަށް ހޮވުނު މަންޝިކާ އަށް މަގާމުގެއްލިއްޖެ

ނަތީޖާ އިއުލާން ކުރުމުގައި އޮޅުވާލުންތަކެއް ހިނގައި ފިޖީގެ މިސް ޔުނިވަރސް މުބާރާތް ހޫނުވެއްޖެއެވެ. ފިޖީގެ ޕާރލް ރިސޯޓް އެންޑް ސްޕާގައި ބޭއްވުނު މިސް ޔުނިވަރސް ފިޖީ މުބާރާތް ނިމުމަކަށް އައިސް، އެއްވަނައަށް އައި ފަރާތް އިއުލާންކޮށްފައިވަނިކޮށް އެނަތީޖާއަށް މިވަނީ ކުއްލިއަކަށް ބޮޑު ބަދަލެއް އައިސް އެމަޤާމް އެހެން ބައިވެރިއަކަށް ދީފައެވެ. 24 އަހަރުގެ އެމްބީއޭ ދަރިވަރު މަންޝިކާ ޕްރަސާދު މުބާރާތުގެ އެއްވަނައަށް ހޮވި، އިއުލާންވެސް ކޮށްފައި ވަނިކޮށް، އޭގެ ފަހުން މިސް ޔުނިވަރސް ފިޖީ (އެމްޔޫއެފް) އިން […]

އަޙްމަދު ދާއޫދު
ޕޯޗުގަލްގެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ކުށްވެރިންތަކެއް ފިލައިފި

ޕޯޗުގަލްގެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ކުށްވެރިންތަކެއް ފިލައިފި

ޕޯޗުގަލްގެ ވަރަށް ސެކިއުރިޓީ ވަރުގަދަ ޖަލަކުން އިނގިރޭސި ވިލާތުގެ ވަރަށް ނުރައްކާތެރި ކުށްވެރިއަކާއެކު 5 މީހުން ފިލައިފިއެވެ. ލިސްބަން އިން 70 ކިލޯމީޓަރު އުތުރުގައި އޮންނަ ވާލެ ޑެ ޖުޑެއުސް ޖަލުން ފިލި މީހުންގެ ތެރޭގައި ހިމެނޭ މާކް ކެމެެރޯން ރޮސްކަލިއަރ (39 އަހަރު) އަކީ މީހަކު ވަގަށް ނަގައިގެން ގެންދިއުމާއި ވައްކަމުގެ ކުށުގައި 9 އަހަރުގެ ޙުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. ޕޯޗުގީޒް ޕްރިޒަން ސަރވިސް (ޑީޖީއާރްއެސްޕީ) އިން ބުނާ ގޮތުގައި 33 އަހަރާއި 61 އަހަރާ […]

އަޙްމަދު ދާއޫދު
ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް ފޭރުނު އަދަދު 1.5 މިލިއަން ޑޮލަރަށް

ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް ފޭރުނު އަދަދު 1.5 މިލިއަން ޑޮލަރަށް

ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފޭރުނު ފައިސާގެ އަދަދު މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ޑޮލަރަށް އަރައިފިއެވެ. ސައިބަރ ސެކިއުރިޓީ ކުންފުނި ޒްސްކޭލަރއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް ފޭރޭ ފައިސާގެ އަދަދު މިއަހަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. މިގޮތުން މިއަހަރުގެ އެވަރެޖް އަދަދަކީ 1.5 މިލިއަން އެމެރިކާ ޑޮލަރެވެ. ރޭންސަމްވެއަރއަކީ ހަމަލާ ދެވޭ ސިސްޓަމުގައި ހުންނަ ފައިލުތައް އެންކްރިޕްޓްކޮށް، އޭގެ ވެރިފަރާތަށް ބޭނ...

އަޙްމަދު ދާއޫދު
ރަޝިޔާއިން ދޭ ހަމަލާތަކުގައި އީރާނުގެ މިސައިލްތައް ބޭނުންކުރާކަމަށް ޔުކްރެއިގެ ތުހުމަތު

ރަޝިޔާއިން ދޭ ހަމަލާތަކުގައި އީރާނުގެ މިސައިލްތައް ބޭނުންކުރާކަމަށް ޔުކްރެއިގެ ތުހުމަތު

ރަޝިޔާއިން ޔުކްރެއިނަށް ދޭ ހަމަލާތަކުގައި އީރާނުގެ މިސައިލްތައް ބޭނުންކުރަމުންދާކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އިޓަލީގެ މީޑިއާތަކުން ހުކުރު ދުވަހުގެ ރޭ ރިޕޯޓުކުރި ގޮތުގައި، މި ވާހަކަ ޒެލެންސްކީ ދައްކަވާފައިވަނީ އިޓަލީގެ އުތުރުގައި އޮންނަ ޗެރްނޮބިއޯ ރަށުގައި ބޭއްވުނު ދަ ޔޫރަޕިއަން ހައުސް – އެމްބްރޮސެޓީ ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ ޖަލްސާގައެވެ. “ޕުޓިން މަސައްކަތްކުރަނީ އިތުރު މިސައިލް ހަމަލާތައްދީ، އިތުރު ކުޑަކުދިން މަރާލުމަށް. އަހަރެމެން ވީހާވެސް ރަނގަޅަށް ދިފާޢުވާން...

އަޙްމަދު ދާއޫދު
އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ބޮޑު ހަމަނުޖެހުމެއް، 7 މީހުން މަރު

އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ބޮޑު ހަމަނުޖެހުމެއް، 7 މީހުން މަރު

އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 7 މީހުން މަރުވެއްޖެއެވެ. އިއްޔެ ހިނގި މިހާދިސާގައި ހަމަނުޖެހުން ހިނގާފައިވަނީ މެއިތެއި އަދި ކުކީ ގަބީލާގެ  މެދުގައެވެ. މަރުވި މީހުންގެ ތެރެއިން 4 މީހުންނަކީ ކުކީ މުޖުތަމަޢުގެ މީހުންނެވެ. އަނެއް 3 މީހުންނަކީ މެއިތެއި މުޖުތަމަޢުގެ މީހުންނެވެ. ފުރަތަމަ މަރު ރިޕޯޓުކުރެވުނީ 63 އަހަރުގެ މެއިތެއި މީހެއް ކަމަށްވާ ޔުރެމްބަމް ކުލެންދްރާ ސިންގާގެ ގެއަށް ވަދެ، ނިދާފައި އޮއްވާ މަރާލުމުންނެވެ. އޭގެފަހުން ރަސިދްޕޫރު އަވަށުގައި މެއިތެއި އަ...

އަޙްމަދު ދާއޫދު
ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރީ 10 ޤައުމުގެ ތެރޭގައި ޔަމަން ހިމެނޭ: ޗައިނާ

ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރީ 10 ޤައުމުގެ ތެރޭގައި ޔަމަން ހިމެނޭ: ޗައިނާ

ދުނިޔޭގެ އަސްކަރީ ބާރުތަކުން ދެމުންދާ ހަމަލާތަކާއި އިންޒާރުތަކަށް ފަސްޖެހުމެއްނެތި ޔަމަނުގެ ޚޫތީން އިސްރާޢީލާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ތެރެއިން ޔަމަނުގެ އަސްކަރީ ޤާބިލުކަން އިތުރުވެގެން ގޮސްފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ. ޔަމަނުން ބޭނުންކުރަމުންދާ އެންމެ ޒަމާނީ އަސްކަރީ ހަތިޔާރު ތަކުގެ ސަބަބުން އެމެރިކާގެ މަނަވަރުތައް ރަތްކަނޑުގައި ހަރަކާތްތެރިވުން ހުއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ދުރުރާސްތާ މިސައިލްތަކާއި ޒަމާނީ ޑްރޯން ހަމަލާތަ...

މުޞްޠަފާ މުޙައްމަދު
ގޫގުލްގެ މޮނޮޕޮލީ ނިމުމަކަށް ގެނެނައުމަށް އެމެރިކާއިން ޕްލޭނެއް ހުށަހަޅަނީ

ގޫގުލްގެ މޮނޮޕޮލީ ނިމުމަކަށް ގެނެނައުމަށް އެމެރިކާއިން ޕްލޭނެއް ހުށަހަޅަނީ

ގޫގުލްގެ ސާރޗް އިންޖީނުގެ މޮނޮޕޮލީ ނިމުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ އައުޓްލައިނެއް މިއަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާނެ ކަމަށް އެމެރިކާގެ އިންސާފުގެ ވުޒާރާއިން ބުނެފިއެވެ. މިކަން އެ ވުޒާރާއިން ހާމަކޮށްފައިވަނީ ހުކުރު ދުވަހު ވޮޝިންގްޓަންގައި ބޭއްވުނު ކޯޓު އަޑުއެހުމެއްގައެވެ. ޖަސްޓިސް ޑިޕާޓްމެންޓް ނުވަތަ އިންސާފުގެ ވުޒާރާގެ ވަކީލު ޑޭވިޑް ޑާލްކުއިސްޓް ވިދާޅުވީ ހުށަހަޅާ  ހުށަހެޅުންތައް ފަރުމާ ކުރެވިފައިވާނީ ގޫގުލްއިން ސާރޗް އިންޖީނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންޓަގް...

އަޙްމަދު ދާއޫދު
ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ހަމަލާދީ 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ހަމަލާދީ 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ އުތުރުގައި ހުރި ޙަލީމާ އައްސަޢުދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ޖަހާފައިހުރި ޓެންޓު ހިޔާވަހިކަމަށް އިސްރާއީލުން ހަމަލާދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ އިތުރުން މެދު ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާއެއްގައި ވެސް އިތުރު 5 މީހުން ވަނީ ޝަހީދުވެފައެވެ. ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 33 މީހުން ޝަހީދުވިކަމަށް ޞިއްޙީ ވަސީލަތްތަކުން މަޢުލޫމާތު ދެއެވެ. ހަމަ މިއާއެކު، ބައިތުލް މަޤުދިސްގެ ބ...

އަޙްމަދު ދާއޫދު