ރަޝިއާގެ ރެންސަމްވެއަރ ހެކަރަކު ހައްޔަރުކޮށްފި
ރަޝިއާގެ ރެންސަމްވެއަރ ހެކަރަކު ހައްޔަރުކޮށްފިއެވެ. ރަޝިއާގެ ކަލިނިންގްރާޑް ސަރަޙައްދުގައި ދިރިއުޅޭ 32 އަހަރުގެ މީހަކު ހައްޔަރުކުރީ ރެންސަމްވެއަރ ހަމަލާތައް ރޭވުމާއި ހިންގުމުގެ ތުހުމަތުގައި ކަމަށް ރަޝިއާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. މިފަދަ ކުށްތަކުގައި ރަޝިއާގެ ރައްޔިތުން ހައްޔަރުކުރުމަކީ މަދުން ދިމާވާ ކަމެކެވެ. ކަލިނިންގްރާޑްގެ ޕްރޮސެކިއުޓަރ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފާހަގަކުރެވުނު ގޮތުގައި، މި ހެކަރު ވިޔަފާރި ކުންފުނިތަކުގެ މަޢުލޫމ...