ތިން ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ ކުށްވެރިޔަކު ރާއްޖެއިން ފުރައިގެން ދަނިކޮށް ހައްޔަރުކޮށްފި
ރާއްޖެއިން ފުރައިގެން ދަތުރުކުރި ތިން ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ ކުށްކުރި މީހަކު ހައްޔަރުކޮށްފިއެވެ. ސިންގަޕޫރުގެ އެންމެ ބޮޑު މަނީ ލޯންޑްރިންގް މައްސަލައިގައި ޖަލަށްލެވުނު 10 މީހުންގެ ތެރެއިން އެކަކު ކަމަށްވާ ވޭންގް ޝުއިމިންގް ދިވެހިރާއްޖެއިން ޕްރައިވެޓް ޖެޓެއްގައި މޮންޓެނީގްރޯއަށް ދަތުރުކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ވޭންގް ހައްޔަރުކުރީ މޮންޓެނީގްރޯގެ ޓިވަޓް އެއަރޕޯޓުގައި ތިބި ބޯޑަރ ޕޮލިހުންނެވެ. ޖަނަވަރީ 28 ވަނަ ދުވަހު މޮންޓެ...