ހަމާސް އިން ހަވާލުކުރި ހަށިގަނޑަކީ ރަހިނުކުރި މީހެއް ނޫން: އިސްރާއީލު
ހަމާސްއިން ބުރާސްފަތި ދުވަހު އިސްރާއީލާ ހަވާލުކުރި ހަތަރު ހަށިގަނޑުގެ ތެރެއިން އެއް ހަށިގަނޑަކީ ހަމާސްއިން ބުނި ގޮތަށް ޝިރީ ބިބާސްގެ ހަށިގަނޑު ނޫންކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު ހަވާލުކުރި ހަށިގަނޑުތަކުގެ ޑީއެންއޭ ޓެސްޓުތަކުން ދައްކާ ގޮތުގައި އޭގެ ތެރެއިން ދެ ހަށިގަނޑަކީ ބިބާސްގެ ދެ ދަރިން ކަމަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި އަނެއް ހަށިގަނޑަކީ 84 އަހަރުގެ ލިފްޝިޓްޒްގެ ހަށިގަނޑުކަންވެސް ކަށަވަރުވެފައިވާ ކަމަށް ބު...