މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,697 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 12 ވަނަ ޞަފްޙާ

އަޒަރުބައިޖާނުގެ ސްކޫލުތަކުގައި ބުރުގާ މަނާކުރުމުން އާންމުންގެ ރުޅިގަދަވެއްޖެ

އަޒަރުބައިޖާނުގެ ސްކޫލުތަކުގައި ބުރުގާ މަނާކުރުމުން އާންމުންގެ ރުޅިގަދަވެއްޖެ

އަޒަރުބައިޖާނުގެ ސަރުކާރު ސްކޫލުތަކުގައި ސެކިއުލާ ހެދުމުގެ ހަރުކަށި ގަވާއިދެއް ތަންފީޒުކޮށް، ދަރިވަރުން ބުރުގާ އެޅުން އަމަލީ ގޮތުން މަނާކުރުމާ ގުޅިގެން އެ ގައުމުގެ އާންމުންނާއި ދީނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، އިހުތިޖާޖުތައް ފެށިއްޖެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ސަރުކާރު ސްކޫލުތަކުގެ ދަރިވަރުން ވަކި ހާއްސަ ޔުނީފޯމެއް އެޅުން ލާޒިމުކޮށް، އާންމު ތައުލީމުގައި ސެކިއުލަރިޒަމްގެ އުސޫލުތަކާ ހިލާފުވާ ހެދުން އެޅ...

ނާޒިމާ އަލީ
އިނާމް ނުލިބުމުން ޓްރަމްޕްގެ ރުޅިގަނޑު އައިސީސީ އަށް، އެ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިނާމް ނުލިބުމުން ޓްރަމްޕްގެ ރުޅިގަނޑު އައިސީސީ އަށް، އެ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ގަރާރެއްގެ ދަށުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އާ ދެކޮޅަށް އެމެރިކާއިން ރަސްމީކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ. އެމެރިކާ ސަރުކާރުން ނެރުނު ރިޔާސީ ގަރާރު ނަންބަރު 14203 ގެ ދަށުން، ނެދަލަންޑްސްގެ ދަ ހޭގްގައި ގާއިމުވެފައިވާ އެ ކޯޓާ ދެކޮޅަށް ސީދާ މުއައްސަސާގެ ފެންވަރުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަމުރުކޮށްފައެވެ. މި ފިޔަވަޅުތައް އިއުލާނުކޮށްފައި މިވަނީ، ރައީސް ޓްރަމްޕް ވަރަށް ބޮޑަށް އުންމީދު ކުރައްވަމުން ގެންދެވި ނޯބެލް...

ނާޒިމާ އަލީ
ސައޫދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާތަކެއްގައި 3 މީހުން މަރުވެ، އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ސައޫދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާތަކެއްގައި 3 މީހުން މަރުވެ، އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުރާސްފަތި ދުވަހު ދިން ދެ ހަމަލާއެއްގައި ސައޫދީގެ ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގިކަން އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ވަނީ ހުކުރު ދުވަހު ކަށަވަރުކޮށްދީފައެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި، އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ […]

ނާޒިމާ އަލީ
ޣައްޒާގައި އިޒްރޭލުން ހިންގަނީ ގަތުލުއާންމެއްކަން ކަނޑައެޅި ނަވީ ޕިއްލޭ އަށް ނޯބެލް ސުލްހައިގެ އިނާމު

ޣައްޒާގައި އިޒްރޭލުން ހިންގަނީ ގަތުލުއާންމެއްކަން ކަނޑައެޅި ނަވީ ޕިއްލޭ އަށް ނޯބެލް ސުލްހައިގެ އިނާމު

އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ގަތުލުއާންމެއް ކަމަށް ކަނޑައެޅި އދ. ގެ ތަހުގީގީ ކޮމިޝަނުގެ ކުރީގެ ވެރިޔާ އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރު ނަވަނެތަމް “ނަވީ” ޕިއްލޭ އަށް 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދޭން ނިންމައިފިއެވެ. ނޯވޭޖިއަން ނޯބެލް ކޮމިޓީން މި އިނާމު އޭނާއަށް އަރުވަން ނިންމީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ސުލްހަ ކުރިއެރުވުމަށް އޭނާ ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އިރުއިމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ ބިނ...

ނާޒިމާ އަލީ
ދުނިޔޭގެ ތެލުގެ މައި މަގު، ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ ބާރުގެ ދަށަށް

ދުނިޔޭގެ ތެލުގެ މައި މަގު، ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ ބާރުގެ ދަށަށް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އިއުލާނުކޮށްފިއެވެ. އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އައިއާރްޖީސީން ބުނެފައިވަނީ، އެ ކަނޑުއޮޅި މިހާރު އޮތީ އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށެވެ. އައިއާރްޖީސީގެ އިސް އޮފިޝަލެއް ކަމަށްވާ އެޑްވައިޒަރު ބްރިގޭޑިއާ ޖެނެރަލް މުހ...

ނާޒިމާ އަލީ
ޣައްޒާގެ ފޭލިގެއަކަށް އިސްރާއީލުން ހަމަލާދީ މައުސޫމު މަންމަ ޝަހީދުކޮށްލައި، އާއިލާ ޒަޚަމްކޮށްލައިފި

ޣައްޒާގެ ފޭލިގެއަކަށް އިސްރާއީލުން ހަމަލާދީ މައުސޫމު މަންމަ ޝަހީދުކޮށްލައި، އާއިލާ ޒަޚަމްކޮށްލައިފި

ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި ޖަހާފައި ހުރި ފޭލިގެއަކަށް ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު ޝަހީދުވެ، އޭނާގެ ފިރިމީހާއާއި ދެ ދަރިން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ 10 އޮކްޓޫބަރު 2025 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިއީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލުއާންމަށް ތިން އަހަރު ފުރުނު ދުވަހުގެ އަނެއް ދުވަހެވެ. ތުރުކީވިލާތުގެ ބައ...

ނާޒިމާ އަލީ
ހާޓްއެޓޭކެއް ޖެހުމުން މަދޫރޯގެ އަނބިކަނބަލުން ގޭބަންދަށް ދޫކޮށްލަން އެދުމުން އެމެރިކާއިން ދެކޮޅު ހަދައިފި

ހާޓްއެޓޭކެއް ޖެހުމުން މަދޫރޯގެ އަނބިކަނބަލުން ގޭބަންދަށް ދޫކޮށްލަން އެދުމުން އެމެރިކާއިން ދެކޮޅު ހަދައިފި

ހައްޔަރުކޮށްފައިވާ ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ ސިއްހީ ހާލުކޮޅު ޖަލުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެ، އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަކީލުން އެދިވަޑައިގަތުމުން އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން އެކަމާ ދެކޮޅު ހަދައިފިއެވެ. ކޯޓަށް ހުށަހެޅި ލިޔުންތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕްރޮސެކިއުޓަރުން ދެކޮޅު ހަދަނީ އޭނާ ފިއްލަވައިގެން ވަޑައިގެންފާނެ ކަމުގެ ބިރަށެވެ. އުމުރުން 69 އަހަރުގެ ފްލޯރެ...

ނާޒިމާ އަލީ
އެމެރިކާއަށް ބޮޑު ގެއްލުމެއް: އީރާން ހަނގުރާމާގައި 81 އަސްކަރީ ބޯޓު ހަލާކުވެ، ގެއްލުން 3 ބިލިއަން ޑޮލަރަށް

އެމެރިކާއަށް ބޮޑު ގެއްލުމެއް: އީރާން ހަނގުރާމާގައި 81 އަސްކަރީ ބޯޓު ހަލާކުވެ، ގެއްލުން 3 ބިލިއަން ޑޮލަރަށް

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ، “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ 81 މަތިންދާބޯޓާއި ޑްރޯން ހަލާކުވެ ނުވަތަ ގެއްލުން ލިބިފައިވާ ކަމަށް ކޮންގްރެޝަނަލް ރިސާޗް ސާވިސް (ސީއާރްއެސް) އިން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މި އޮޕަރޭޝަން ފެށި ފަހުން ލިބުނު މި ގެއްލުންތައް މަރާމާތު ކުރުމަށާއި އަލުން ހޯދުމަށް ގާތްގަނޑަކަށް 1.9 ބިލިއަން ޑޮލަރާއި 3.3 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ […]

ނާޒިމާ އަލީ
އޭއައި އިންފްލުއެންސަރުންނަށް ޗައިނާއިން އައިޑީކާޑާއި ޑިޖިޓަލް ވޮލެޓްތައް ދޫކުރަން ފަށައިފި

އޭއައި އިންފްލުއެންސަރުންނަށް ޗައިނާއިން އައިޑީކާޑާއި ޑިޖިޓަލް ވޮލެޓްތައް ދޫކުރަން ފަށައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ވާޗުއަލް ކެރެކްޓާތައް ނުވަތަ “އޭއައި އިންފްލުއެންސަރުން”ނަށް ރަސްމީ އައިޑެންޓިޓީ ކާޑު ދޫކުރުމުގެ މަސައްކަތް ޗައިނާގެ ސަރުކާރުން ފަށައިފިއެވެ. އަލަށް ތައާރަފުކުރި މި ޕައިލެޓް ޕްރޮގްރާމުގެ ދަށުން، މިފަދަ އޭއައި އިންފްލުއެންސަރުންނަށް ޑިޖިޓަލް ފައިސާގެ ވޮލެޓްތައް ހުޅުވުމާއި ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އެއްބަސްވުންތައް ހެދުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ. އޭބީސީ ނިއުސް އޮސްޓްރޭލިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާ ސަރ...

އަލީ އާދިލް
ރަޝިއާގެ ލެބް މުވައްޒަފެއްގެ ކުއްލި މަރު: ބައިނަލްއަގުވާމީ ތަހުގީގެއް ފަށައިފި

ރަޝިއާގެ ލެބް މުވައްޒަފެއްގެ ކުއްލި މަރު: ބައިނަލްއަގުވާމީ ތަހުގީގެއް ފަށައިފި

ރަޝިއާގެ ރިސާޗް ލެބޯޓްރީއެއްގައި މަސައްކަތްކުރާ މުވައްޒަފަކު ނިއުމޯނިއާ ޖެހިގެން މަރުވި މައްސަލައިގައި، އޭނާ މަރުވީ ނުރައްކާތެރި ބައްޔެއް ކަމަށްވާ ނިއުމޮނިކް ޕްލޭގް ޖެހިގެން ކަމަށް ބެލެވޭތީ އެކަމާ ގުޅޭ ބައިނަލްއަގުވާމީ ތަހުގީގެއް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ފަށައިފިއެވެ. މިއާއިއެކު އެ ލެބޯޓްރީގެ ދެވަނަ މުވައްޒަފަކު ވެސް އެ ބަލީގައި މަރުވި ކަމަށް ފެތުރެމުންދާ ރިޕޯޓްތައް ބަލަމުން އަންނައިރު، އެމެރިކާއިން ވެސް ދަނީ މިކަމާ ގުޅޭ ސާފު މައުލޫމާތު ހޯދުމަށް ބާރުއަޅަމުންނެވެ. މި ހާދ...

ނާޒިމާ އަލީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރި އިސް ފާދިރީ 13 އަހަރަށް ޖަލަށް ލުމުން ވެސް ސަޕޯޓަރުން ކީ ސަނާ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި އިސް ފާދިރީ 13 އަހަރަށް ޖަލަށް ލުމުން ވެސް ސަޕޯޓަރުން ކީ ސަނާ

އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ބުދު ފައްޅިއެއްގެ އިސް ފާދިރީއެއްގެ ގޮތުގައި ހުރެ، ހަތަރު އަހަރުގެ ކުޑަކުދިން ހިމެނޭހެން އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކުށްވެރިވި އުމުރުން 71 އަހަރުގެ ނައޯތުންނޭ ވިޖިތާ 13 އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. ކުށަށް އިއުތިރާފުނުވެ، ކުރި ކަންތަކާ މެދު އެއްވެސް ހިތާމައެއް ނުކުރާ މި ފާދިރީ ޖަލަށް ގެންދިޔަ ވަގުތު އޭނާއަށް ތާއީދުކުރާ މީހުން އޭނާއަށް ތައުރީފުކޮށް އިހުތިރާމް އަދާކުރުމުން، އަނިޔާ ލިބުނު ފަރާތްތަކުން ވަނީ […]

ނާޒިމާ އަލީ
ސައުދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި 3 މީހުން މަރުވެ، 36 މީހުން ޒަޚަމްވެއްޖެ

ސައުދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި 3 މީހުން މަރުވެ، 36 މީހުން ޒަޚަމްވެއްޖެ

ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓަށާއި އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި ތިން މީހަކު މަރުވެ، 36 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ބުނެފިއެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުން ހިމެނެއެވެ. ސައޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) މެދުވެރިކޮށް ގާކާ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ދެ އެއާޕޯޓަށް ވަކިވަކިން […]

ނާޒިމާ އަލީ
އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ ފަލަސްތީނާ އެއްކޮޅަށް ޕެރިހުގައި ބޭއްވުމަށް ރޭވި މުޒާހަރާއެއް މަނާކޮށްފި

އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ ފަލަސްތީނާ އެއްކޮޅަށް ޕެރިހުގައި ބޭއްވުމަށް ރޭވި މުޒާހަރާއެއް މަނާކޮށްފި

އާންމު މަސްލަހަތު ގެއްލިދާނެ ފަދަ ކަންތައްތަކެއް ހިނގައިދާނެ ކަމަށް ބުނެ، ފަލަސްތީނާ އެއްކޮޅަށް ބުދަ ދުވަހު ޕެރިހުގައި ބޭއްވުމަށް ރޭވި މުޒާހަރާއެއް، ފްރާންސްގެ ވެރިރަށް ޕެރިހުގެ ޕޮލިސް ޗީފް ޕެޓްރިސް ފޯރ އަންގާރަ ދުވަހު މަނާކޮށްފިއެވެ. މި މުޒާހަރާ ބޭއްވުމަށް ނިންމާފައި އޮތީ 7 އޮކްޓޫބަރު 2023 ގައި އިސްރާއީލަށް ދިން ހަމަލާތަކަށް ތިން އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ. ޕެރިހުގެ ޕޮލިސް ޗީފް ޕެޓްރިސް ފޯރ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ވިދާޅުވީ، ދާޚިލީ […]

ނާޒިމާ އަލީ
ދައުލަތުގެ ސިއްރުތައް ވިއްކި ކަމުގެ ތުހުމަތުގައި ޖަރުމަނުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

ދައުލަތުގެ ސިއްރުތައް ވިއްކި ކަމުގެ ތުހުމަތުގައި ޖަރުމަނުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ދައުލަތުގެ ސިއްރު ލިޔެކިޔުންތަކެއް ބޭރުގެ ޖާސޫސީ އިދާރާތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި، ޖަރުމަނުގެ ފޮރިން އިންޓެލިޖެންސް ސާވިސް (ބީއެންޑީ) ގެ ކުރީގެ ވެރިޔާ އޯގަސްޓް ހެނިންގ ޖަރުމަނުގެ ފެޑެރަލް ޕްރޮސެކިއުޓަރުން މިއަދު ހައްޔަރުކޮށްފިއެވެ. އުމުރުން 80 އަހަރުގެ ހެނިންގ ހައްޔަރުކޮށްފައިވަނީ ގައުމަށް ޚިޔާނާތްތެރިވުމާއި ޖާސޫސުކުރުމުގެ ކުށުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ހެނިންގގެ އިތުރުން އޭނާގެ ކުރީގެ އިސް އެހީތެރިއެއް ކަމަށްވާ...

ނާޒިމާ އަލީ
ކެންޔާއިން އެބޯލާ ވައިރަސް ފެނި، މީހަކު މަރުވުމާއެކު ހައި އެލާޓަށް

ކެންޔާއިން އެބޯލާ ވައިރަސް ފެނި، މީހަކު މަރުވުމާއެކު ހައި އެލާޓަށް

ކެންޔާއިން އެބޯލާ ވައިރަސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނި، އެ ބަލީގައި އޭނާ މަރުވުމާ ގުޅިގެން އެ ޤައުމު ހައި އެލާޓަށް ގެނެސްފިއެވެ. ކެންޔާގެ މިނިސްޓްރީ އޮފް ހެލްތުން ހާމަކުރި ގޮތުގައި، މިއީ އެހެން ޤައުމަކުން އެތެރެވި މީހެއްގެ ގައިން ފެނުނު ކޭހެކެވެ. މި ބަލީގައި މަރުވެފައިވަނީ ޔޫގެންޑާ މަގުން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) އިން އެނބުރި ނައިރޯބީއަށް ދަތުރުކުރި ކެންޔާގެ ރައްޔިތެކެވެ. މަރުވި މީހާއަކީ ޑީއާރުސީގައި ދިރިއުޅެމުންދިޔަ ފިރިހެނެކެވެ. ޖޯމޯ […]

ނާޒިމާ އަލީ