އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައަށް ތިން އަހަރު ފުރުމާ ދިމާކޮށް، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ނެދަލޭންޑްސްގެ ވެރިރަށް އަމްސްޓަޑަމްގައި ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި މުޒާހަރާގައި ގިނަ އަދަދެއްގެ މީހުން ވަނީ އެ ސިޓީގެ މަޝްހޫރު ޑޭމް ސްކޮޔާއަށް އެއްވެފައެވެ. ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްވުމުގެ ބައިވެރިން ތިބީ ފަލަސްތީނުގެ ދިދަތައް ހިފައިގެންނެވެ. އަދި ފަލަސްތީނުގެ ރަ...
ނާޒިމާ އަލީ
ޔަމަންގެ ހަނގުރާމަވެރި ޖަމާއަތް ހޫތީން، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އާދީއްތަ ދުވަހު ދިން ހަމަލާއެއްގައި، އެ ޤައުމުގައި ދިރިއުޅެމުންދިޔަ ޕާކިސްތާނު ރައްޔިތަކު މަރުވެ އިތުރު 11 މީހަކު ޒަޚަމްވެއްޖެއެވެ. މިކަން ކަށަވަރުކޮށްދީފައި ވަނީ ސަޢޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ނެރުނު އަދާހަމަ ބަޔާނެއްގައެވެ. ގާކާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ހަމަލާގައި އަނިޔާވި 11 މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަވަހަށް […]
ނާޒިމާ އަލީ
ތައިލެންޑުގެ ދެކުނުގެ ޕަޓާނީ ޕްރޮވިންސްގައި ބޭއްވި 19 ވަނަ ގައުމީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތުގެ ވަނަތަކަށް އެ ގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަދި ރާނީ ސުތިދާ އިނާމު ދެއްވައިފިއެވެ. ތާރީޚީ އަދި ކުލަގަދަ މާހައުލެއްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތަށް ރަސްގެފާނާއި ރާނީ ވަޑައިގެންނެވުމަކީ، ތައިލެންޑުގެ ދެކުނުގައި ދިރިއުޅޭ މުސްލިމް މުޖުތަމައުއަށް ޝާހީ އާއިލާއިން ކުރާ އިހުތިރާމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެކެވެ. މި...
ނާޒިމާ އަލީ
އިސްލާމްއާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޒިކްސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ފުރިހަމަކޮށް ރަން މެޑަލް ހޯދި ލައިބާ އިޢުޖާޒް ނަމަކަށް ކިޔާ ޒުވާން އަންހެން ދަރިވަރަކު، އެމެރިކާގެ ހާވަޑް ޔުނިވަރސިޓީން ޖާގައާއި ސްކޮލަރޝިޕް ހަމަޖެހުނު ކަމަށް ބުނެ އެޖެންޓަކު ދިން ލިޔުންތަކަކީ ވަގު ލިޔުންތަކެއްކަން އެނގުމުން ލިބުނު ފުން ހިތާމައިގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ބުނެ ހިންގި މި ބޮޑު މަކަރާއި ހީލަތުގެ ސަބަބުން އެ ޢާއިލާ ވަނީ […]
ނާޒިމާ އަލީ
އެމެރިކާގައި ޑީސަލްގެ އަގު އިންތިހާއަށް އުފުލިފައިވާ މައްސަލައިގައި ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކުށްވެރިކުރައްވައި، އެ ގައުމަށް އައު ރައީސަކު ހޮވަން ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، އެމެރިކާގެ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި ރަޝިޔާއިން ޑީސަލް ގަތުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާއެކު އެއްބަސްވުމެއް ހެއްދެވުމަށް ފަހުގައެވެ. ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ އެއްވުމެއްގައި ބައިވެރިވެވަޑައިގަތ...
ޙުސައިން ޝަހުދީ
ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތް ހޫތީން، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާ ކަން އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން އާދީއްތަ ދުވަހުގެ ފަތިހު ކަށަވަރުކޮށްދީފިއެވެ. ގާކާ އިން ހާމަކުރި ތަފުސީލުތަކަށް ބަލާއިރު، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައޫދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހެއްގެ އިތުރުން […]
ނާޒިމާ އަލީ
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާއި ޣައިރުގާނޫނީ އިސްތިއުމާރާ ދެކޮޅަށް އަޑުއުފުލުމަށް އިއްޔެ (10 އޮކްޓޫބަރު) ކުރިއަށްގެންދިޔަ “ގްލޯބަލް ޑޭ އޮފް އެކްޝަން ފޯ ޕަލަސްތީން” ގައި ދުނިޔޭގެ 60 ގައުމަކުން އެތައް ހާސް ބަޔަކު ބައިވެރިވެ ވަރުގަދަ އިހުތިޖާޖުތަކެއް ކޮށްފިއެވެ. ގްލޯބަލް އެލަޔަންސް ފޯ ޕަލަސްތީނުން އިސްނަގައިގެން، އެންޓި-އަޕާތައިޑް މޫވްމަންޓް (އޭއޭއެމް) އަދި ސަނަދްގެ އެހީތެރިކަމާއެކު ބޭއްވި މި ތާރީޚީ ހަރަކާތުގައި ދުނިޔޭގެ ހަ ބައްރެއް ހިމެނޭހެން 200 އަށް ވު...
ނާޒިމާ އަލީ
ޣައްޒާގެ އެކި ސަރަހައްދުތަކުގައި އާންމުން އެއްވެ ތިބި ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހޮނިހިރު ދުވަހު ދިން ވައިގެ ދެ ހަމަލާއެއްގައި ފަލަސްތީނުގެ ފަސް މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތަކާ ގުޅޭ މައުލޫމާތު ހާމަކޮށްފައިވަނީ ތުރުކީވިލާތުގެ އަނަދޯލޫ ނޫސް އެޖެންސީންނެވެ. ޣައްޒާގެ މެޑިކަލް މަސްދަރުތަކުން ބުނި ގޮތުގައި، މީގެ ތެރެއިން އެއް ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ހައިދަރު ވަށާބުރާ ކައިރިއަށް އެއްވެ ތިބި މީހުންނަށެވެ. އިސްރާއީލުގެ ޑްރޯނަކުން ދ...
ނާޒިމާ އަލީ
އިސްރާއީލުގެ ދިފާޢީ ކުންފުންޏެއް ކަމަށްވާ އެލްބިޓް ސިސްޓަމްސް އަށް ފޮނުވަން ތައްޔާރުކޮށްފައިވާ އަސްކަރީ ސާމާނުތަކެއްގެ ޝިޕްމަންޓެއް ފޮނުވުން ހުއްޓުވުމަށް އެދި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ފަރަންސޭސިވިލާތަށް ލާޒިމުވާ ކަންކަމަށް ރިއާޔަތްކޮށް އެ ޤައުމުގެ ތިން ޖަމްޢިއްޔާއަކުން ޕެރިހުގެ އެޑްމިނިސްޓްރޭޓިވް ކޯޓަށް ހުކުރު ދުވަހު މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ފްރެންކޯ-ޕަލަސްތީނިއަން ޖަމްޢިއްޔާއެއް ކަމަށްވާ ‘ނިޑާލް’ އާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖ...
ނާޒިމާ އަލީ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން އައު ހަމަލާއެއްގައި ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިންނެވެ. ގާކާ އިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހުގެ (10 އޮކްޓޫބަރު) މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މިއީ ސައުދީ އަރަބިއްޔާގެ މަދަނީ […]
ޔުމްނާ ޢަލީ
މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ނިންމި ނިންމުމަކީ ލަދުވެތި ނިންމުމެއް ކަމަށާއި، އެ އިނާމު ހައްގުވަނީ އޭނާއަށް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ، ނޯވޭގެ ނޯބެލް ކޮމިޓީގެ މި ނިންމުމަކީ އެ ގައުމުގެ އަގު ވެއްޓި، ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ފަދަ ކިލަނބުކަމެއް ގެނުވި ނިންމުމެއް ކަމަށެވެ. ޓްރަމްޕްގެ މިވާހަކަތަކަށް ރައްދުދޭ ފަރާތްތަކުން ސިފަކުރާ ގޮތުގައި ސުލްހައިގެ އިނާމް ނުލިބިގެން […]
ޔުމްނާ ޢަލީ
ކެންސަރު ބަލި ހަށިގަނޑުގައި ބަދަލުވަމުން އަދި ފެތުރެމުންދާ ގޮތް ދެނެގަތުމުގައި ފާހަގަކޮށްލެވޭ ފަދަ އިންގިލާބީ ދިރާސާތަކެއް ކުރައްވާފައިވާ މުސްލިމް ޕްރޮފެސަރ މަރިޔަމް ޖަމާލް-ހަންޖާނީ، “ކެންސަރ ރިސާޗް ޔޫކޭ” ގެ ޗީފް ކްލިނިޝަންގެ މަގާމަށް ހަމަޖައްސައިފިއެވެ. މި މަގާމުގައި އޭނާ އިސް ދައުރެއް އަދާކުރައްވާނީ އެ ޗެރިޓީގެ ކްލިނިކަލް ރިސާޗްތައް ބައްޓަންކުރުމަށާއި، ކެންސަރުގެ ފަރުވާތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތަކުގައެވެ. ޕްރޮފެސަރ މަރިޔަމަކީ ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރ އޮފް ކެންސަރ...
ނާޒިމާ އަލީ
ހަށިގަނޑު ގުޅިފައި ތިބި މޮރޮކޯގެ އުމުރުން 13 މަހުގެ ތުއްތު ދެބެއިން ވަކިކުރުމަށް ސައޫދީ އަރަބިއްޔާގައި ކުރިއަށްގެންދިޔަ ނާޒުކު އޮޕަރޭޝަން، ހަ ގަޑިއިރުގެ މަސައްކަތަށްފަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސައޫދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމުގެ މެޑިކަލް އަދި ސާޖިކަލް ޓީމުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ސަޖާ އަދި ދުހާ ނަމަކަށް ކިޔާ މި ދެބެއިން ވަކިކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރިޔާޒުގައި ހުންނަ މިނިސްޓްރީ އޮފް ނެޝަނަލް ގާޑުގެ ދަށުން ހިންގާ ކިންގ...
ނާޒިމާ އަލީ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދަނޑުވެރިން ޒައިތޫނި ބިންނަމުން ދިޔަ ވަގުތު، ޔަހޫދީ ވަޒަންވެރިން ހިންގި ސިލްސިލާ އަނިޔާވެރި އަމަލުތަކެއްގައި މީހުންނަށް ކުއްތާ ދޫކޮށް، ގަސްތައް އަންދައި އުފުރައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން މެންދުރުވުމާ ހަމައަށް އެކަނިވެސް ޔަހޫދީން މިފަދަ 19 ހަމަލާއެއް ދީފައިވާ ކަމަށް ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނާ ހަވާލާދީ ތުރުކީގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައެވެ. އެ ކޮމިޝަނުން ނެރުނު މައިދާނީ...
ނާޒިމާ އަލީ
ޕެނަމާ ކައިރިއަށް މެގްނިޓިއުޑް 8.0 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ބާރުގަދަ ބިންހެލުމާ ގުޅިގެން މެދުތެރޭ އެމެރިކާއަށާއި ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ސުނާމީގެ ނުރައްކާ އޮތް މިންވަރު ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ 2026 އޮކްޓޫބަރު 9 ވީ ދުވަހު، އެ ގައުމުގެ ގަޑިން މެންދުރުފަހު 12:56 ހާއިރު (ޔޫޓީސީ ގަޑިން 17:56 ގައި) އެވެ. މި ބިންހެލުމުގެ […]
ނާޒިމާ އަލީ