އިސްރާއީލްގެ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ޣައްޒާއަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކަކާ އެކު، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ. ޖޯލީ ލިޔެފައިވާ ގޮތުގައި، މިހާރު ގޫގުލް އާތު ހުޅުވާލުމުން ޣައްޒާއަށް ކޮށްފައިވާ ވަރު ސާފުކޮށް ފެންނަން އެބަހުއްޓެވެ. މުޅި އަވަށްތައް އެއްކޮށް ސުންނާފަތިވެފައިވާއިރު، ގެދޮރާއި، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ހޮސްޕިޓަލްތަކާއި، މަގުތަކާއި، ފެނާއި ނަރ...
ނާޒިމާ އަލީ
ސައޫދީ އަރަބިއްޔާގެ ދިފާއުގައި، އެ ގައުމާއި ޕާކިސްތާނު އަދި ތުރުކީ އެކުލެވޭ “މައްކާ އެލަޔަންސް ފޯ ޑިފެންސް” ގެ ދަށުން އެއްބަސްވެފައިވާ އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް އަވަހަށް ސައޫދީއަށް ފޮނުވުމަށް އެ އިއްތިހާދުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ގުޅިފައިވާ ދިފާއީ ޒިންމާތައް ވަގުތުން އަމަލީ ގޮތުން ތަންފީޒުކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. މި ނިންމުން ނިންމާފައިވަނީ ސައޫދީ އަރަބިއްޔާއަށް ކުރިމަތިވެފައިވާ ސަލާމަތީ ކަންކަމާއި ނުރައްކާތަކާ ގުޅިގެން، ރިޔާޒުގައި ހޯމަ ދުވަހު...
ނާޒިމާ އަލީ
ފަސިންޖަރުން ގޮވައިގެން ދުބާއީން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން، އެ ބޯޓު ވައްޓާލަން ޖެހިދާނެ ހާލަތަކަށް އިޒްރޭލުން އަސްކަރީ ފައިޓާ ޖެޓްތައް ތައްޔާރުކުރި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ސީބީއެސް ނިއުސް އިން މިކަން ހާމަކޮށްފައިވަނީ މި މައްސަލައިގެ ސީދާ މައުލޫމާތު އެނގޭ އިޒްރޭލުގެ ދެ މަސްދަރަކާ ހަވާލާދީއެވެ. މި ހާދިސާ ހިނގާފައިވަނީ ފްލައިދުބާއީގެ ފްލައިޓް 1073 ގައެވެ. އެ ފްލައިޓްގެ ކޯ-ޕައިލެޓް ވަނީ ބޯޓު ވައްޓާލުމަށް...
ނާޒިމާ އަލީ
ދިމިޝްގާއި ލަތާކިޔާގައި އުމްރާނީ އަދި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށްޓަކައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕަރު “އީގަލް ހިލްސް” އާ އެކު ސޫރިޔާ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާއު ހާޒިރުވެވަޑައިގެންނެވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިމިޝްގުގެ ޕީޕަލްސް ޕެލަސްގައި ބޭއްވި “އިންވެސްޓިން އިން ސީރިއާ އެންޑް ޕްރޮޖެކްޓްސް އަންޑަވޭ” ހަރަކާތުގެ ތެރެއިންނެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހ...
އަލީ އާދިލް
ސްކޫލް ވަގުތުތަކުގައާއި ހުސްވަގުތުތަކުގައި ވެސް ސްކޫލް ދަރިވަރުން މޯބައިލް ފޯނު ބޭނުންކުރުން މަނާކުރުމަށް ނެދަލެންޑްސްގެ ކެބިނެޓުން ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކަށް ގޮވާލައިފިއެވެ. އެ ޤައުމުގެ ބްރޯޑްކާސްޓަރު އެންއޯއެސް އިން ހޯމަ ދުވަހު މިކަން ވަނީ ހާމަކޮށްފައެވެ. ހުށަހަޅާފައިވާ މި ފިޔަވަޅުތަކުގެ ދަށުން، 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން، ކްލާސްރޫމްތަކާއި އެސެމްބްލީ ހޯލްތަކާއި ބްރޭކް ގަޑިތަކުގެ އިތުރުން މުޅި ސްކޫލުގެ ގޯތިތެރޭގައި ވެސް ފޯނު ބޭނުންނުކޮށް ދުރުގައި ބަހައްޓަން ދަރިވަރ...
ނާޒިމާ އަލީ
ހަމަލާތަކެއް ދޭން ރާވަމުންދިޔަކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުން ބަޔަކު ހައްޔަރުކުރިތާ ހަފުތާއެއް ފަހުން، އެ ގައުމުގެ އަސްކަރީ ވައިގެ މަރުކަޒެއްގައި އޮންނަ އެމެރިކާގެ ބީ-1 މަރުކާގެ ބޮންއަޅާ ބޯޓުތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ޕެންޓަގަންގެ އޮފިޝަލަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ލަންޑަނުގެ ހުޅަނގު އުތުރުގައި އޮންނަ އާރްއޭއެފް ފެއާފޯޑް އެއާ ބޭސްގައި އެމެރިކާގެ ބީ-1 މަރުކާގެ 12 ބޮންއަޅާ ބޯޓު ގާއިމުކޮށްފައި އޮތެވެ. މި ބޯޓުތަކަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ދިން ހަމަލާތަކުގައި ބޭނުންކޮށްފ...
ނާޒިމާ އަލީ
ބްރެޒިލްގައި އޮކްޓޫބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެމެރިކާއިން ނުފޫޒު ފޯރުވައި އަތްބާނަން މަސައްކަތްކުރާ ކަމަށް ބުނެ، އެ މައްސަލަ ރަސްމީކޮށް ތަހުގީގުކޮށްދިނުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުންނާއި ކެމްޕޭން އޮފިޝަލުން އެދިވަޑައިގެންފިއެވެ. މި ތުހުމަތުތަކާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގައި ބްރެޒިލްގެ އެޓާނީ ޖެނެރަލް ވަނީ އެމެރިކާ ސަރުކާރުގެ އެހީގެ ޕްރޮގްރާމްތަކަކާ ގުޅޭ ތަހުގީގެއް ހިންގައިދިނުމަށް އެދިވަޑައިގެންފައ...
ނާޒިމާ އަލީ
މެލޭޝިއާގައި މިއަދު ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ. އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެކެވެ. މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެފައިވާ ކަން ދިވެހި ސަރުކާރުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ހާދިސާގައި ނިޔާވި ދަރިވަރުގެ އިތުރުން، އިތުރު ދިވެއްސަކު ވެސް އެ އެކްސިޑެންޓުގައި ޝާމިލުވާ ކަން މިހާތަނަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް، މި ހާދިސާއާ ގުޅޭ […...
ޔުމްނާ ޢަލީ
ޔަމަނުގެ އަންޞާރުﷲ (ހޫތީ) ޖަމާޢަތުގެ ބާރުތަކުން އަލްޞަފިއްޔާ ސަރަޙައްދާއި އެ ސަރަޙައްދުގެ މުހިންމު ހައިވޭއެއް ހިފައި، ތާއިޒް ސިޓީއާއި ޢަދަން ގުޅުވައިދޭ މައި މަގު ބަންދުކޮށްފިއެވެ. މިއާއިއެކު ހޫތީން މިހާރު ތިބީ ޔަމަނުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ތާއިޒް ވަށާލައި ޙިޞާރުކޮށްގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އަސްކަރީ އަދި ސަލާމަތީ މަޞްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހޫތީން އަލްޞަފިއްޔާ ސަރަޙައްދު ކޮންޓްރޯލް ކުރުމާއެކު، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ޔަމަނު ސަރުކާރުގެ ވަގުތީ ވ...
ނާޒިމާ އަލީ
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް އަސްކަރީ އެއްވެސް ހައްލެއް ނެތް ކަމަށާއި، އަދި އިތުރަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން މި ހަނގުރާމަ ހައްލު ނުކުރެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ. ވޮޝިންގޓަނުން ތެހެރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި އޭނާ މިހެން ވިދާޅުވީ އާދީއްތަ ދުވަހުއެވެ. އީރާނުގެ ވެރިރަށް ތެހެރާނުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަރަޤްޗީ ވިދ...
ޔުމްނާ ޢަލީ
ކޮންމެ ހާލަތެއްގައި ވެސް ސޯމާލިއާގެ އެއްވެސް ސަރަހައްދެއްގައި އިސްރާއީލުގެ ހަރަކާތްތަކެއް ނުވަތަ ބާރެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރެއަށް ސޯމާލިއާ ދަމައިގަތުމަށް ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް އެ ގައުމުގެ ރައީސް ހަސަން ޝައިހް މަހްމޫދު ވިދާޅުވެއްޖެއެވެ. އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިސްރާއީލުގެ މި ރޭވުންތަކަކީ “ގްރޭޓާ އިސްރާއީލް” މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. ރައީސް މަހްމޫދު ހާމަކުރ...
ނާޒިމާ އަލީ
ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި މި ހަފުތާގެ ކުރީކޮޅު ހިނގައިދިޔަ އަނިޔާވެރި ހާދިސާއަކީ އެ ފްލައިޓުގެ ކޯ-ޕައިލެޓް ހިންގަން އުޅުނު “ޓެރަރިސްޓް އަމަލެއް” ކަމަށާއި، އޭނާ ކެޕްޓަނަށް ހަމަލާދިނީ ކޮކްޕިޓުގައި އޮތް ފުރޯއަކުން ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ބުނެފިއެވެ. ޔޫއޭއީގެ އެޓާނީ ޖެނެރަލް ޙަމަދު ސައިފް އަލް-ޝަމްސީއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ ނިއުސް އެޖެންސީ “ވަމް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ހިނގި މި ހާދިސާގައި ކޯ-...
ނާޒިމާ އަލީ
ޣައްޒާ ސިޓީގެ ދަނޑުބިންތަކުގައި ފެށިފައިވާ އަހަރީ ޒައިތޫނި ބިނުމުގެ މޫސުމާ ދިމާކޮށް، އެ ސަރަހައްދުގެ ދަނޑުވެރިންނަށް އެހީތެރިވުމަށް ފަލަސްތީނުގެ ވޮލަންޓިއަރުން ނުކުމެ ބޮޑު އެއްބާރުލުމެއް ދީފިއެވެ. 30 ސެޕްޓެމްބަރު 2026 ގައި ކުރިއަށްދިޔަ މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވަނީ ދަނޑުވެރިންނާއެކު ޒައިތޫނި ބިނުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވެފައެވެ. ފަލަސްތީނުގައި “މައުސިމް ގަތުފު އައްޒައިތޫން” ގެ ނަމުން މަޝްހޫރުވެފައިވާ ޒައިތޫނި ބިނުމުގެ މޫސުމަކީ ސަގާފީ ގޮތުންނާއި އިގުތިސޯދ...
ނާޒިމާ އަލީ
ސެޕްޓެމްބަރު 30 ގައި ހިނގައިދިޔަ ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގެ ހާދިސާގައި، ބޯޓު ކުއްލިއަކަށް ތިރިއަށް ވެއްޓެން ދިޔަ ބާރުމިނާއި ގޮތަށް ބަލާއިރު ބޯޓު ވިއްސިވިހާލިނުވެ ސަލާމަތްވުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށް ވައިގެ ދަތުރުފަތުރުގެ މާހިރަކު ވިދާޅުވެއްޖެއެވެ. ސީއެންއެން މެދުވެރިކޮށް ފްލައިޓް ސިމިއުލޭޓަރެއްގައި މި ހާދިސާ އަލުން ދައްކަވަމުން، ކޮމާޝަލް ޕައިލެޓް އަދި ފްލައިޓް އިންސްޓްރަކްޓަރު އާރޮން މާފީ ވަނީ އެ ހާދިސާ ހިނގި ވަގުތު ބޯޓުގެ މެކޭނިކަލް ހާލަތު ހުރި ގޮތުގެ މުހިންމު […]
ނާޒިމާ އަލީ
ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ އާންމުން ދިރިއުޅޭ އެޕާޓްމަންޓަކަށް އިޒްރޭލުގެ ސިފައިން ވައިގެ މަގުން ދިން ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން ފަސް މީހުން ޝަހީދުވެ، އިތުރު ހަ މީހަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ. އަލްޝިފާ ހޮސްޕިޓަލުގެ މެޑިކަލް އޮފިޝަލުންނާ ހަވާލާދީ މިކަން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާ ދީފައިވަނީ އެއްވެސް އިންޒާރަކާ ނުލައެވެ. ހޮނިހިރު ދުވަހުގެ ފަތިހު މި ހަމަލާ އަމާޒުވެފައިވަނީ ޣައްޒާގެ ރިމާލް އަވަށުގައި ހުންނަ އަލްއަޞާލާ އިމާރާތަށެވެ. ޚާން ޔޫނިސްގައި ހުރެ އަލްޖަޒީރާއަށ...
ނާޒިމާ އަލީ