ބޮލުން އިސްތަށި ކޮށުން ނުވަތަ އުފުރުމުގެ ޙުކުމަކީ ކޮބާތޯ؟
ޖަވާބު: އިޙްރާމް ބަނެގެންވާ ޙާލުގައި ބޮލުގެ އިސްތަށި ބޭލުން ޙަރާމް ކަމުގެ ދަލީލު: ﴿وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ﴾(سورة البقرة-196) މާނަ: އަދި ހަދްޔު، ކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! މުޙްރިމު (އިޙްރާމް ބަނދެފައިވާ މީހާ) ބޮލުގެ އިސްތަށި ބޭލުން ހުއްދަނުވާނެކަން ވަރަށް ޞަރީޙަކޮށް މިއާޔަތުން އެނގެއެވެ. އެކަމާމެދު އެއްވެސް ޚީލާފެއް ނެތެވެ. މިއާޔަތުގައި ބޯ ބޭލުން ޙަރާމް ކުރައްވާފައި އޮތުމުގެ ތެރެއަށް އިސްތަށި ކޮށުމާއި އުފ...