ސިލްސިލާ ވާހަކަ: ޝިކާޔަތު (31)
ކުރީގެ އަދަދާއިގުޅޭ، ” ތި ހޯދަނީ މިތަ؟ ” އަލަމާރިން ވަރީގެ ފޯމް ނަގައި ޝަހާނާ އަހާލުމުން ޔަޝްމީ ދިޔައީ ސިހިގެންނެވެ. ޝަހާނާއަށް އެ ފޯމް ފެނުމުން ޔަޝްމީ އިންތިހާއަށް ކަންބޮޑު ވެއްޖެއެވެ. ހާސްވެ ހުރެ ޔަޝްމީ ނުހަނު އަވަހަށް ޝަހާނާގެ އަތުގައި އޮތް ފޯމުގައި ހިފިއެވެ. އޭރު މުޅިމީހާ ހުރީ ފިނިވެފައެވެ. ޝަހާނާގެ އަތުން ފޯމު އަތުލުމާއިއެކު ޝަހާނާ ދެއަތް އުރާލީ އެއްމިޔަކަނުން ހިނިތުންވެލަމުންނެވެ. ” ހާރޫން މިހާރު ޔަޝްމީއާއެކު އުޅެން ބޭނުން ނުވަނީތަ؟ ” […]