ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (18)
ކުރީގެ އަދަދާއިގުޅޭ، ” އޯހް! ފެންފުޅި ހުސްވެފައި…. ” އެނދުކައިރީގައި ހުރި ފުޅި ނެގުމަށްފަހު ފުޅިން ބޮލުގައި ޖަހާލަމުން ޖުމާއަށް ބުނެލެވުނެވެ. ކަންނެތް ގޮަތަކަށް އެނދުން ތެދުވެ އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުތީ ފެންފުޅިއެއް ބަލައި ދާށެވެ. ވަގުތަކީ މާހިލަށްވެސް އޭނާގެ ކޮޓަރިން ނިކުމެވުނު ވަގުތެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ސީދާވެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޖުމާ އިސްޖަހާލަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ހުޅުވާފައި ހުރި ގޭގެ ބޮ...