''އަލްއަޤްޞާ މިސްކިތް މިނިވަންކުރުމަށް މަސައްކަތްކުރުމަކީ އިސްލާމީ އުންމަތުގެ މައްޗަށް ވާޖިބެއް''
ފަލަސްޠީނުގެ ޤުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު” އެވެ. މިއަދުގެ ޚުޠުބާގައި އަލްއަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަ ޤިބްލަކަން ބަޔާންކޮށްދީ، އެ މިސްކިތުގެ މަތިވެރިކަމާއި އިސްލާމްދީނާއި އެ މިސްކިތް ގުޅިލާމެހިފައިވާ މިންވަރު ވަނީ ބަޔާންކޮށްދީފައެވެ. މިއަދުގެ ޚުޠުބާގަ...