އޮންލައިން ޖުވާއާއި ގޮތްނޭނގޭ ސްކީމުތައް: ހަމަބުއްދި ނެތިދާނެ ޝައިތާނާގެ ދަންތުރައެއް
އޮންލައިންކޮށް ޖުވާކުޅުމާއި، ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމުގެ ނުރައްކާތެރިކަމާއި، މިފަދަ ޢަމަލުތަކަކީ އިންސާނާގެ ހަމަބުއްދިއަށް ގެއްލުންދީ، ޝައިޠާނާގެ ދަންތުރައިގައި ޖެހި، ދުނިޔެއާއި އާޚިރަތް ގެއްލެނިކޮށްފާނެ ކަންކަންކަމަށް މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފި އެވެ. މި ހުކުރު ދުވަހުގެ ހުތުބާގެ މަޢުލޫ އަކީ “ބުއްދި ޙިމާޔަތްކުރުމުގެ މުހިންމުކަން” މި މަޢުލޫއެވެ. ހުތުބާގައި ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން ބާވައިލެއްވުނު މައިގަނޑު މަޤްޞަދުތަކުގެ ތެރެއިން އެއް މަޤުޞަދުކަމަށް ބަޔާނ...