މަޝްހޫރު ފްރާންޗައިޒް، ކޭއެފްސީގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވާލައިފިއެވެ.

މި އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލެ ފުރަތަމަ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައެވެ.

Ad
rt

އާބަން ކޯއިން އަންނަނީ ހުޅުމާލެއަށް ތަފާތު ބައިނަލްއަގުވާމީ ފްރާންޗައިޒްތައއ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕިއއޒާ ހަޓްގެ އައުޓްލެޓެއްވެސް މިހާރު ވަނީ ހުޅުމާލޭގައި ހުޅުވާފައެވެ.

ކޭއެފްސީގެ އައުޓްލެޓުތައް މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ހުރެއެވެ.

ހުޅުމާލެ ތަރައްގީކޮށް، ތަފާތު ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ފުރުސަތު އާބަންކޯއިން އަންނަނީ ހުޅުވާލަމުންނެވެ. މިދިޔަ އަހަރު ތެރޭގައި ހުޅުމާލޭގައި ދިވެހިންގެ މެދުގައި މަގުބޫލު، ބައިނަލްއަގުވާމީ ފްރާންޗައިޒް، މެރީން ބްރައުންގެ އައުޓްލެޓެއްވެސް ވަނީ ހުޅުވާފައެވެ.