މެސީ މުބާރާތުގައި ބެހެއްޓުމަށްޓަކައި މިސްރަށް ދިނީ ނާއިންސާފު ބައްޔެއް: މިސްރުގެ ކޯޗު
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗަށްފަހ، މިސްރުގެ ހެޑް ކޯޗު ހުސާމް ހަސަން ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މިސްރު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސާމް ހަސަން ބުނީ، މިސްރު ބަލިވީ “ނާއިންސާފުން” ކަމަށާއި، މިއީ ލިއޮނަލް މެސީ އާއި އެންމެ ފަހުގެ ޗެމްޕިއަނުން މުބާރާތުގައި ބޭތިއްބުމަށް ކުރި ކަމެއް ކަމަށެވެ. […]