ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނީ އެ ޓާމިނަލުގައި ލައުންޖު ހިންގޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ރިސޯޓުތަކާއި ސީޕްލޭން އޮޕަރޭޓަރުންނާއި ޓުއާއޮޕަރޭޓަރުންނަށް ކަމަށެވެ.
މި ލައުންޖުތަކަށް އެދި ބިޑު ހުށަހެޅުމަށް އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަމަހުގެ 27ވަނަ ދުވަހުގެ މެންދުރު 2:00އާ ހަމައަށެވެ.
އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި ބިޑު ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއާ އެއްވަރަށްވާ ދިވެހި ރުފިޔާ ދައްކަންޖެހޭނެއެވެ.
އެގްޒެކެޓިވް ލައުންޖް އެމްއޭސީއެލް އިން ދޫކުރާނީ ގޮޅިތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން އެއްގޮޅިއަށްވުރެ ގިނަ ގޮޅިތަކަށް ވެސް އެއް ފަރާތަކަށް ބިޑުހުށަހެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!