ކޯވިޑް-19ގެ ވެކްސިން ފުރިހަމަކުރާ މީހުންނަށް ކަރަންޓީން ނުވެ ޓޫރިސްޓު ވިސާގައި، ޔޫއޭއީ އަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

އެ ގައުމުގެ ނޭޝަނަލް ކްރައިސިސް އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) އިން ބުނީ މި ބަދަލާ އެކު އެ ގައުމަށް ދަތުރު ކުރުން މަނާ ގައުމުތަކުގެވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށްވެސް މިހާރު ދެވޭނެ ކަމަށެވެ.

Ad
rt

ޔޫއޭއީން މި ހުއްދަ ދޫކުރާނީ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށެވެ. އެއީ އެސްޓްރާޒެނަކާ އާއި ޖޯންސަން އެންޑް ޖޯންސަންއާއި ފައިޒާ އާއި ސިނޮފާމް އަދި ސިނޮވެކްއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ ޓޫރިސްޓުންނަށް ޔޫއޭއީ ހުޅުވާލި ނަމަވެސް އެ ގައުމަށް ގޮސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ.

ޔޫއޭއީއަށް ދާ ޓޫރިސްޓުން އެ ގައުމުގެ ހެލްތު އެޕްލިކޭޝަން މެދުވެރިކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.