ޑރ. ޝަމްސުލް ފަލާޙުގެ "ކާމިޔާބީ"
“ކާމިޔާބީގެ ކަނޑައެޅިފައިވާ ވަކި ތަޢުރީފެއް ނެތެވެ. އެ ހޯދުމަށް މަސައްކަތްކުރާނެ ވަކި ތަރުތީބެއް ވެސް ނެތެވެ. ކާމިޔާބީއަކީ އެކި މީހުންނަށް އެކިގޮތަށް ވިސްނޭ، އެކިގޮތަށް މާނަކުރާ އެއްޗެކެވެ. ” ޑރ. ޝަމްސުލް ފަލާޙު ޝާއިޢުކުރެއްވި “ކާމިޔާބީ” މި ފޮތުގެ ދީބާޖާ ފަށްޓަވާފައިވަނީ ޢިލްމީ މި ޙަޤީޤަތް ހާމަކޮށްދެއްވަމުންނެވެ. 44 ޞަފުޙާގެ މި ފޮތުން ކާމިޔާބު ނުވަތަ ބާއްޖަވެރި ހަޔާތަކަށް މިސްރާބު ދައްކައިދެއެވެ. ވިސްނައިދެއްވާފައި ވަނީ ކާމިޔާބީއަކީ ހަމައެކަނި ވަކި ބައެއްގެ ޙައްޤެއް ނޫންކަމެވެ. ދިވެހިރާއްޖޭގެ އަ...