Skip to main content

ޢަބްދުﷲ ސަޢީދު

Contributor
🇲🇻 ތިލަދުން Desk
243 Stories
25 Reads

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

Published on ތިލަދުން (Thiladhun) by ޢަބްދުﷲ ސަޢީދު

ގުދު ފަތިކުރުމަކީ މި ބަލިމަޑުކަމަށް އޮތް ހައްލު، ފަރުވާއަކީ ގޭގައި މަޑުކުރުން!
Column

ގުދު ފަތިކުރުމަކީ މި ބަލިމަޑުކަމަށް އޮތް ހައްލު، ފަރުވާއަކީ ގޭގައި މަޑުކުރުން!

ކޮރޯނާ ވައިރަސް ޑިސީޒް-2019 (ކޯވިޑް-19) އާބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އާންމުކޮށް ބޭނުންކުރެވޭ ލަފުޒުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ސޯޝަލް ޑިސްޓެންސިންގ އާއި، ފިޒިކަލް ޑިސްޓެންސިންގ އާއި، ކާވް ފްލެޓިންގ ފާހަގަ ކުރެވެއެވެ. މި ތިން ލަފުޒަކީ ތަފާތު ތިން މާނައެއް ދޭހަވާ ތިން ލަފުޒުކަމަށް ވިޔަސް ކޯވިޑު އާލަމީ ވަބާގެ މި ދުވަސްވަރު މިއީ އެއް ލަފުޒާއި އަނެއް ލަފުޒު ވަރަށް ބޮޑަށް ގުޅިފައިވާ ގާތް ތިން ލަފުޒެވެ. ފުރަތަމަ އަޅުގަނޑުމެންނަށް އިވެންފެށީ ސޯޝަލް ޑިސްޓެންސިންގ ނުވަތަ […]

ދުނިޔޭގެ ޖަވާބު: އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ.
Column

ދުނިޔޭގެ ޖަވާބު: އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ.

ދުނިޔެޔާއެވެ. އަހުރެމެން ގޮވައިގެން އައިސް ތިޔަ ވަނީ ކޮންފަދަ ބިރުވެރިކަމެއްގެ ތެރެއަށް ހެއްޔެވެ. ކަނޑުގެ އެންމެ ބިޔަ ރާޅުތަކާއި ތޫފާނުތަކަށްވުރެ މި ތޫފާން މާބިރުވެރިއެވެ. ދަތުރުގައި ކުރިއަށްދާނެ ގޮތެއް ނުވިސްނެއެވެ. ރައްކާތެރިކަމުގެ ބަނދަރެއް ނެތެވެ. މާލިމީންނާއި ކަލާސީނުން ގޮތް ހުސްވެއްޖެއެވެ. އިންސާނީ ނައު މިހިރަ ޣަރަޤު ވަނީއެވެ. ބާރުވަޔާ ނަގޫރޯޅިތައް އެރުމަށްވުރެ އަދުގެ ހާލަތު މާ ގޯހެވެ. ލިބެމުންދާ ގެއްލުންތައް މާބޮޑެވެ. މި މުސީބާތުގެ އަސަރު ކުރާ މީހުންނާއި މަރުވާ މީހުން ވެސް މާގިނައެވެ. މިއ...

ޤައުމީ ޚިދުމަތުގައި ސިފައިން
Column

ޤައުމީ ޚިދުމަތުގައި ސިފައިން

ޤައުުމީ ޚިދުމަތާނުލައި ޤައުމެއް ނޯންނާނެއެވެ. ޤައުމަށް ޚިދުމަތްކުރާނެ ޤައުމު ދެކެ ލޯބިވާ ދަރިންތަކެއް ނެތް ޤައުމެއްގެ ޤައުމީ ދިދައަކަށް މިނިވަންކަމާއެކު ވިހުރިލާކަށް ފުރުސަތެއް ނުލިބޭނެއެވެ. ޤައުމީ ޚިދުމަތަކީ ހަމައެކަނި ސަލާމަތީ ބާރުތަކުން ޤައުމަށްކުރާ ޚިދުމަތެއް ނޫނެވެ. ހަމައެކަނި ދައުލަތާއި ސަރުކާރުގެ މުވައްޒަފުންކުރާ މަސައްކަތްތަކެއް ވެސް ނޫނެވެ. ޤައުމުގެ ކޮންމެ ދަރިއަކު ޤައުމަށްޓަކައި ކުރާ ކޮންމެ ކަމަކީވެސް ޤައުމީ ޚިދުމަތެކެވެ. ކޮންމެ ގިންތިއެއްގެ ކޮންމެ ފަންތިއެއްގެ މީހަކު ޤައުމަށް ޚިދުމަތް...

ގަންނަން ލިބުނު ވަގުތު
Column

ގަންނަން ލިބުނު ވަގުތު

މިއީ ހިތްދަތި ވަގުތެކެވެ. އެކަމަކު މި ވަގުތު ގަންނަން އަޅުގަނޑުމެންނަށް ވަގުތު ލިބިއްޖެއެވެ. މި ވަގުތު ގަންނަން ލިބުނު ރަނުގެ ފުރުސަތުގައި އެތައްކަމެއް ދިވެހި ޤައުމުންކޮށްފިއެވެ. މި ވަގުތަކީ އަންނާނެ ވަގުތެއްކަން އެނގިތިބެއެވެ. ތައްޔާރު ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެވިއްޖެއެވެ. ދެން އޮތީ މި ހާލަތާ ކުރިމަތިލުމެވެ. މާތްﷲގެ ވާގިފުޅާއެކު މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުޅައުމެވެ. މިންވަރުފުޅަށް ރުހުމެވެ. މާޔޫސްވެ ކަންބޮޑުވެ ހާސްވުމުގެ ބަދަލުގައި މާތް ﷲއަށް ވަކީލުކޮށް ސަބަބުތަކުގައި...

ދިރިއުޅުން އާ ވައްޓަފާޅިއަކަށް
Column

ދިރިއުޅުން އާ ވައްޓަފާޅިއަކަށް

ކޯވިޑޭކިޔާ އާލަމީ ވަބާގެ ރަޖާގަނޑުގެ ދަށުގައި ދުނިޔެއެކޭ އެއްފަދައިން ރާއްޖެ ވެސް އޮތީ ބިރުން ސިހިސިހިއެވެ. މާދަމާވާނެ ގޮތެއް ނޭނގިފައެވެ. މި ވަބާއަށް ވެކްސިނެއް ނާންނަނީހެއް މި ސިހުމަކަށް ހަމަޖެހުމެއް ނާންނާނެއެވެ. އެކަމަށް އަދިވެސް ދުވަސް ނަގާނެއެވެ. އެ ވެކްސިނެއް ލިބިގެން އެންމެންނަށް ޖެހެންދެން ވެސް އަޅުގަނޑުމެން ދިރިއުޅުން ކުރިއަށް ގެންދަން އެބަޖެހެއެވެ. ރަށު ބަންދާއި ގޭބަންދާއި ފުރަބަންދަށް އަމިއްލައަށް ޙުކުމް ކުރެވިގެން ލޮލުންބޮލުން އެދި ޤަބޫލުވެގެން ތިބެން އެބަޖެހެއެވެ. މިއަދު އެހެން ނޫޅ...

ދިވެހިބަހުގެ ޝުޢޫރު
Column

ދިވެހިބަހުގެ ޝުޢޫރު

ތިބާ އަހުރެން ދަންނަމުހެއްޔެވެ؟ މިއީ ތިބާގެ މާދަރީ ބަހެވެ. ތިބާގެ މަންމަގެ އުނގުން ދަސްކުރި ބަހެވެ. ތިބާއަށް އެންމެ ފުރަތަމަ ވާހަކަ ދައްކާ އަޑު އިވުނު ބަހެވެ. ތިބާއަކީ ކާކުކަން ބުނެދިން ބަހެވެ. ތިބާ ތިބާއަށް ހަދައިދިން ރީތި ދިވެހިބަހެވެ. ތިބާ އަހުރެން ދެކެ ލޯބި ވަމު ހެއްޔެވެ؟ ނުވަންޏާ ނުވަނީ ކީއްވެހެއްޔެވެ؟ ތިބާއަށް ލޯބި އެއީ ކޮން އެއްޗެއްކަން ނޭނގެނީ ހެއްޔެވެ؟ އަހުރެން ހައިރާނެއް ނުވަމެވެ. މި ދުނިޔޭގައި އެ މީހަކު ބަނޑުއަޅައި ވިހޭ މައި […]

ޤައުމު އުފަލުން ރޮއްވާލި ގޯލު
Sports

ޤައުމު އުފަލުން ރޮއްވާލި ގޯލު

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ ސިޔާސީ ވާދަވެރި އާ ރޭހަކަށް ޤައުމު ތައްޔާރުވަމުން ދިޔަ ވަގުތެވެ. ޤައުމެއްގެ ހަޔާތުގައި ސިޔާސީ ގޮތުން ބަޔަކު ބައިބައިވެފައި އޮންނާނީ އެހާކަންހާވަރަށެވެ. އެކަމަކު 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި މުޚުތާރު ނަޞީރު (ޓޫކިލޯ) ވައްދާލި ހިތްގައިމު ގޯލާއެކު މުޅި ޤައުމު އުފަލުން ރޮއްވާލިއެވެ. ބައިބައިވެ ކަފިކަފިވެފައިވާ ފިކުރުތައް ޤައުމީ ރޫޙުން ބަނދެލައިދިނެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވިންދު ދިވެހި ފަސްގަނޑުގައި އަލުން ޖ...

އަޅުގަނޑުގެ މިލަދޫ ޓީޗަރު
Column

އަޅުގަނޑުގެ މިލަދޫ ޓީޗަރު

އެއީ ހުކުރު ދުވަހެއްގެ ހެނދުނެވެ. ސައިބޮއިގެން އަޅުގަނޑު ގެއިން ނުކުންގޮތަށް އަޅާ އިތިކޮށް ދުއްވައިގަތީއެވެ. އެއީ ކުލާސްކުދިން ޓީޗަރާއެކު މޫދަށްދާން ހަމަޖައްސާފައި އޮތް ދުވަހެކެވެ. ކުލާހުގެ ދެތިން ކުދިންނާއެކު އަޅުގަނޑުމެން އަރާތިބީ އަޅޯވަށީގައެވެ. މިލަދޫ ޓީޗަރުގެ އިންތިޒާރުގައެވެ. އޭރު މިލަދޫ ޓީޗަރު ހުންނަވަނީ މަނަދޫ ޗަނބޭލީގޭގައެވެ. އަޅުގަނޑުމެން އަރާތިބީ އެ މަގުގައި ހުންނަ ޑޭޒީމާގެ ކުރިމަތީ ހުރި އަޅޯވަށްޓެއްގައެވެ. އެހެން ތިބޭތާ އެތައް އިރެއްވީ އިރުވެސް މިލަދޫ ޓީޗަރުގެ ޚަބަރެއް ނުވިއެވެ. މޫދަ...

ކޯވިޑުގެ އިމުތިހާނުގައި
Column

ކޯވިޑުގެ އިމުތިހާނުގައި

އަޅުގަނޑުމެން މި ތިބީ ކޯވިޑުގެ އިމުތިހާނުގެ ކަރުދާސް ހިފައިގެން އިމުތިހާނުގެ ހޯލުގައެވެ. މި އިމުތިހާނުން ފާސްވުމާއި ނުވުމުގެ އިޚުތިޔާއި ފުރުސަތު މާތް ﷲ އަޅުގަނޑުމެންނަށް ދެއްވިއެވެ. މިއީ ފަސޭހަ އިމުތިހާނެއް ނޫންކަން ދުނިޔެ ހެކިދެއެވެ. ފުދުންތެރި އަދި ކުރިއަރާފައިވާ އެތައް ޤައުމެއް ފޭލި ވެއްޖެއެވެ. މި ބަލި ޖެހޭ މީހުން މިލިއަނުން ގުނަން ފަށާފައިވާއިރު މަރުވާ މީހުން ލައްކައަކަށް އަރައިފިއެވެ. ހީވަނީ އަރާފައިބާ ވަރުގަދަ ތޫފާނެއް ހެންނެވެ. އެހެރަ ބިޔަ ބޮޑެތި ޤައުމުތައް އެދަނީ ގޮތް ހުސްވަމުންނެވެ […]

ކޯވިޑަށް ފަހު... ރާއްޖެ
Report

ކޯވިޑަށް ފަހު... ރާއްޖެ

ކޯވިޑް-19 ރޯގާއަށް ބޭހާއި ވެކްސިން ހޯދިއްޖެއެވެ. ރޯގާ މުޅީން ކޮންޓްރޯލްވެ ދުނިޔެ ހަމައަކަށް އެޅިއްޖެއެވެ. ފުރަބަންދުން އިންސާނުން ސަލާމަތްވެއްޖެއެވެ. ދުނިޔެ ވެއްޓުނު އިޤްދިޞާދީ ފުންވަޅުގަނޑުން މަޑުމަޑުން ދަނީ އަރައިގަންނަމުންނެވެ. ކޯވިޑުގައި މަރުވި މީހުންގެ ހަނދާނީ ބިނާތައް ހަދާ ހުޅުވެނީއެވެ. ބަލި މީހުންނަށް ފަރުވާކުރުމުގައި އުޅެނިކޮށް ނިޔާވި ޑޮކްޓަރުންގެ ހަނދާނަށް ހޮސްޕިޓަލްތަކުގެ ނަންތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ނަންތައް ބަދަލުކުރަނީއެވެ. ހަމައެއާއެކު ޤައުމުތަކުގައި ކޯވިޑު އޮޕަރޭޝަނ...

މާސްކެއްގެ ޝަކުވާ
Column

މާސްކެއްގެ ޝަކުވާ

އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު އުޅޭނެބާވައެވެ. އެކަމަކު މި ވާހަކަ ބުނަން ބޭނުމެވެ. މިއަދުގެ ހާލަތަށް މި ވާހަކަ ވަރަށް މުހިންމު ވާހެން ހީވަނީއެވެ. އަހަރެންނޭ ކިޔައިގެން ވަރަށް ގިނަ ވާހަކަ ދައްކާތީއެވެ. ވަރަށް ގިނަ ބަޔަކު އަހަރެން ބޭނުން ކުރާތީއެވެ. އަނެއް ބަޔަކު އެހެން މީހުން އަހަރެން ބޭނުން ކޮށްފާނެތީ އުޅޭހެން ވެސް އުޅޭތީއެވެ. އަހަރެން އެކަށީގެން ނުވަނީ ހެއްޔެވެ. ނުވަތަ އަހަރެން ބޭނުން ކުރުމަށް އިންސާނާ ކުފޫ ހަމަ ނުވަނީހެއްޔެވެ. ކުއްލިއަކަށް ހަނދާނަށް […]

ޓީވީބެލުމުގެ ފޯރި
Report

ޓީވީބެލުމުގެ ފޯރި

އެއް ފުރައިގެ ހުރިހާ ކުދިން ކުރަނީ އެއް ސުވާލެކެވެ. ބޮޑު ޗުއްޓީގައި ރަށަށް އަންނަ މާލޭ މީހުންނަކީ ކޮބައިތޯއެވެ. އެ ސުވާލުގެ ޖަވާބު އަޅުގަނޑަށް ވެސް މުހިންމެވެ. ފެންނަ ކޮންމެ އެކުވެރިޔަކާ ވެސް އެ ސުވާލު ކުރެވެއެވެ. އެކި ކުދިން އެކި ލިސްޓް ކިޔައެވެ. އެ އަޑުތައް އިވިފައި އޭރު އަޅުގަނޑުމެން ވަނީ އަމަށަކު އުފަލެއް ނޫނެވެ. ޓީވީ ބެލޭނެތީއެވެ. މަނަދޫގޭ މީހުން އާދެޔޯލައެވެ. ދޫރިޔާގޭ މީހުންނާއި ރެސްޓިން ހައުސް ޖަޢުފަރުބެގޭ މީހުން ވެސް އާދެއެވެ. އެނބޫދޫގޭ […]

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު...
Column

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު...

ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔެ ދެކޭ އެންމެ ބިރުވެރި އަދި އެންމެ އަސަރުގަދަ މަންޒަރުތައް އެންމެންގެ ކުރިމަތީގައި ތަމްސީލުވަމުން ދަނީއެވެ. ކޯވިޑް-19 އާ ދެކޮޅަށް ދުނިޔެ ކުރަމުންދަނީ ވޭންދެނިވި ހަނގުރާމައެކެވެ. ކޮޅެއްމެދެއް ނުފެނެއެވެ. ހަނގުރާމައިގެ މައިދާން ދޫކޮށް ދެވޭކަށް ވެސް ނެތެވެ. ހަމަލާދެނީ ސީދާ ފުރާނައަށެވެ. ފަނާކޮށް ނެތިކުރަމުންދަނީ އިންސާނީ ނަސްލެވެ. ޤައުމުތަކުގެ ވެރިންނެއް، މޮޅުމީހެއް ދެރަމީހެއް މުއްސަނޖެއް ފަގީރެއް ނުބަލައެވެ. ހަމަލާގެ އަމާޒުފަތްގަނޑަކަށްވަނީއެވެ. ފިލަންދާނެ ތަނެއް...

އިޚްލާޞްތެރި ހެޔޮ ދުޢާ
Report

އިޚްލާޞްތެރި ހެޔޮ ދުޢާ

ކޮރާނާ ވައިރަސް ޑިޒީޒް (ކޯވިޑް-19) ދިވެއްސަކަށް ޖެހުނު ޚަބަރާއެކު އަޅުގަނޑުގެ ދެ އަތް އުފުލާ ﷲއަށް އިބުތިހާލުވެ މިދަނީ ދުޢާ ދަންނަވަމުންނެވެ. އަޅުގަނޑުމެންގެ އަޚާ/އުޚުތާ އަށް އަވަސް ޝިފާއެއް ދެއްވުން އެދިއެވެ. އޭނާއަށާއި އާއިލާއަށް ހެޔޮ ތަޢުފީޤާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. ފުރިހަމަ ޞިއްޙަތާ ޢާފިޔަތުގައި ލައްވާށިއެވެ. ބަލީގައި ބޮޑުވަރުނުވެ އަވަސް މުއްދަތެއްގައި ބަލިން ނަޖާކުރައްވާށިއެވެ. އަޅުގަނޑުގެ ފުރިހަމަ އުންމީދާއި ޔަޤީންކަން ﷲޢަށް އެބައޮތެވެ. އަޚާ/އުޚުތާ އެވެ. އަޅުގަނޑުމެން އެންމ...

ޢަލީ ރަސްގެފާނު ޝަހީދު ވެވަޑައިގެންނެވީ ސޮލީބީ ހަނގުރާމައެއްގައި
Column

ޢަލީ ރަސްގެފާނު ޝަހީދު ވެވަޑައިގެންނެވީ ސޮލީބީ ހަނގުރާމައެއްގައި

މަޝްހޫރު ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ އިސްލާމްދީނާއި ޤައުމަށްޓަކައެވެ. ރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަކާގުޅިގެންނެވެ. ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް ކުރެވެމުންދިޔަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގަތީ ސޮލީބީ ހަނގުރާމައެއްގައެވެ. ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ އިންޑިއާއިން އައި ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ދިފާޢު ކުރެއްވުމުގައި ހިތްވަރުގަދަ، އިބުރަތްތެރި، ދީނީ އަދި ޤައުމީ ޖިހާދ...