ދުނިޔެ ތަރައްޤީއެއް ނުވެއެވެ.
އަޅުގަނޑުމެން ހީކޮށްގެން މިތިބީ ދުނިޔެ މި އޮތީ ތަރައްޤީވެފައި ކަމަށެވެ. އެހެން ޤައުމުތައް ކޮންމެ ހާލެއްގައި އޮތަސް ޔޫރަޕާއި އެމެރިކާ އޮތީ ތަރައްޤީގެ އުސްމިންތަކަށް ވާސިލުވެފައިކަމަށެވެ. އެކަމަކު މި ފެންނަކީ ހާދަ ހިތްދަތި މަންޒަރެކެވެ. އިންސާނާ ހަނދަށް ހިގައްޖެއެވެ. އަދި އެހެން ބައެއް ޕްލެނެޓްތަކަށް އުޅަނދުތައް ފޮނުވައިފިއެވެ. ބާރު އިސްޕީޑުގެ އުޅަނދުތަކުން ދަތުރު ފަތުރު ފަހިކޮށްފިއެވެ. ގުނަވަން ބަދަލުކޮށް، ޖިންސް ވެސް ބަދަލުކުރަނީއެވެ. އިންސާނުން ކްލޯންކުރުމާ ހަމައަށް ސައިންސާއި ޞިއްޙީ ކުރިއެރުން...