Skip to main content

ޢަބްދުﷲ ސަޢީދު

Contributor
🇲🇻 ތިލަދުން Desk
243 Stories
25 Reads

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

Published on ތިލަދުން (Thiladhun) by ޢަބްދުﷲ ސަޢީދު

Column

މަނަދޫ ޢަބްދުއްސައްތާރުގެ ހަނދާނުގައި

އެއީ ފޯނު ގެންގުޅޭ ޒަމާނެއް ނޫނެވެ. ފަސޭހަފަސޭހައެއްކޮށް މާލެއާ ވާހަކައެއް ނުދެއްކެއެވެ. އަތޮޅުތެރޭގެ ރައްޔިތުން ބަރޯސާވަނީ ރޭޑިޔޯއަށެވެ. އެހެން ނަމަވެސް މަނަދޫގައި އަލަށް އުފެއްދި ޖަމްޢިއްޔާއެއް ކަމަށްވާ “މަނަދޫ ޒުވާނުންގެ ގުޅުން” އިފްތިތާޙު ކުރި ޚަބަރު އެ ޖަލްސާ ކުރިއަށް ދަނިކޮށް ވަގުތުން ރޭޑިޔޯއިން ފޮނުވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ މާފަންނު މަނަދޫގޭ ޢަބްދުއްސައްތާރު އަބޫބަކުރު (މަނަދޫ ސައްތާރު) އެކަން ކުރައްވަން ބޭނުންފުޅުވި ގޮތެވެ. ޖަލުސާގައި ބައިވެރިވި ގިނަ ބަޔަކަށް ވެސް އެކަން އޭރު ވީ ބ...

ނ. އަތޮޅު މަދަރުސާ: ތަޢުލީމަށްޓަކައި މަނަދޫ ރައްޔިތުންވި ޤުރުބާނީގެ ނިޝާން
Column

ނ. އަތޮޅު މަދަރުސާ: ތަޢުލީމަށްޓަކައި މަނަދޫ ރައްޔިތުންވި ޤުރުބާނީގެ ނިޝާން

މަނަދޫގައި ޤުރުއާން ކިޔަވައިދޭ ދެތިން އެދުރުގެ ހުއްޓެވެ. ކިޔަވައިދިނުމުގައި ގިނައިން އުޅުނީ އެދުރު ދައިތައިންނެވެ. ނަރުގިސްވިލާ ހައްވާފުޅު ދައިތައާއި، އުޑުވިލާގޭ މަރިޔަމް މަނިކެ ދައިތައާއި، ރޯޝަނީގޭ ކުޑަ އައިސަ ދައިތައެވެ. އަތިރިމަތީގޭ ހައްވަދައިތައާއި ކަންމަތީގޭ ފާތުމަ ދައިތައެވެ. ހަޒާރުމާގޭ އަބޫބަކުރު ނިޔާޒީއާއި ޚަދީޖާ އެވެ. ސްކޫލެއް މަދަރުސާއެއް، އެންމެ ކުޑަމިނުން މަކުތަބެއް ވެސް ނެތެވެ. އެހެންވީމާ އެ ދުވަސްވަރު ވެފައިވަނީ މަނަދުއަށް ތަޢުލީމީގޮތުން “ފިތުރަތުގެ” ދުވަސްވަރަކަށެވެ. ނިޒާމީ ތަޢުލީ...

Column

ޙަޤީޤީ ހާދިސާ: މަނަދޫ މީހަކާ ދިމާވި މޫމިނު ޖިންނި

މަނަދޫގައި ހުރި އެންމެ ދުވަސްވީ ތާރީޚީ ތަރިކައެއްގެ ގޮތުގައި މިހާރު ފެންނަންހުރީ ރަށުގެ ދެކުނު ފަރާތުގައި އޮތް “މާމިސްކިތްދޮށް” ކިޔާ ސަރަހައްދެވެ. އެތަނުގައި މަނަދޫ މާމިސްކަތުގެ ފާރުގަނޑުން ބަޔަކާއި އެ މިސްކިތުގެ ވެވާއި ބޮޑު މަހާނަ ފަލެއް އެބައޮތެވެ. އެ ސަރަޙައްދު ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭ އާސާރީ ތަންތަނުގެ ތެރޭގައި ލިސްޓު ކުރައްވާފައެވެ. މި ހާދިސާއަކީ މި ދެންނެވި މާމިސްކިތާ ގުޅިފައިވާ ހާދިސާއެކެވެ. ދުވަސްވަރަކީ މަނަދޫ މާމިސްކިތު...

ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކައަކީ ތާރީޚުގައިވާ ބޮޑު އޮޅުންގަނޑެއް؟
Column

ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކައަކީ ތާރީޚުގައިވާ ބޮޑު އޮޅުންގަނޑެއް؟

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި އަކީ އައްސުލްޠާނު ޢުމަރު ވީރު ރަސްގެފާނުގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާ ނިސްބަތްވަނީ ދިވެހިރާއްޖޭގެ ރަސްކަމަށް އައި ބޭރުގެ ފުރަތަމަ ދަރިކޮޅު ކަމަށްވާ އުމަރުވީރު ދަރިކޮޅަށެވެ. ރެހެންދި ޚަދީޖާގެ ކާފާފުޅު ޞަލާޙުއްދީން ޞާލިޙަކީ ބަންގާޅުގެ ވިޔަފާރިވެރިއެކެވެ. ރެހެންދި ޚަދީޖާއަށް ރަސްކަން ލިބިވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު އައްސުލްޠާން އަބުލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު (1306މ. – 1335މ.) ގެ ރަސްކަމަށްފަހު، އޭނާގ...

9 މީހުން ފައްސިވި ޚަބަރަކީ މަނަދޫއަށް ވެއްޓުނު ވަރުގަދަ ބޮމެއް!
Column

9 މީހުން ފައްސިވި ޚަބަރަކީ މަނަދޫއަށް ވެއްޓުނު ވަރުގަދަ ބޮމެއް!

މަނަދޫން އިތުރު ނުވަ މީހުން ކޯވިޑް-19 އަށް ފައްސިވި އަވަސް ޚަބަރުން މީޑިއާތައް ފުރާލިއެވެ. އެވީ ދިހަޔެކެވެ. ފުރަތަމަ “މަނަދޫ ފައްސިވި އުމުރުން ދުވަސްވީ މީހާ” އެވެ. ނަން ނޭނގުނަސް “އެ މީހާ” މުޅި ރާއްޖެ މިހާރު ދަނެއެވެ. “އެ މީހާ” ފުރަތަމަ ފައްސިވެފައި، ދެވަނަ ފަހަރު ނައްސިވެފައި، ތިންވަނަ ފަހަރުގެ ޓެސްޓުން އަނެއްކާ ވެސް ފައްސި ވިއެވެ. މި ތަފުސީލުތައް ވިދާޅުވެ ދެއްވަނީ ނޭޝަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބުރޫކު ޢަބްދުލް ޢަޒީޒެވެ. “އެ […]

އޭރުގެ ހަނދާން - ކެޔޮވަޅުޖެހުން
Column

އޭރުގެ ހަނދާން - ކެޔޮވަޅުޖެހުން

ކެޔޮވަޅު ޖެހުމަކީ އަޅުގަނޑުމެން ކުޑައިރު ރަށުގައި ކުޑަކުދިން ވަރަށް ކުރާ ކަމެކެވެ. އަޅުގަނޑުމެން ގޭގެ ގޯތިތެރޭގައި ވެސް ބައެއް ރަޙުމަތްތެރިންނާއެކު ކެޔޮވަޅުޖަހާ އުޅެމެވެ. ކެޔޮވަޅުޖެހުމަކީ ވަޅެއްގައި ބަނބުކެޔޮ ފިހުމަށެވެ. އަޅުގަނޑުމެން ގޯތީގެ ދެކުނު ފަރާތުގައި ހައެއްކަ ގަސް ބަނބުކެޔޮ އޭރު ހުރެއެވެ. އަޅުގަނޑުމެންގެ ގެ އެކަންޏެއް ނޫނެވެ. އޭރު މަނަދޫގެ ސޯސަންމަގުގެ ދެކުނު ފަރާތުގައި ހުރި ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ބަނބުކެޔޮ ގަސް ހުންނާނެއެވެ. ބަނބުކެޔޮ މޫސުމަށް ގަސްތައް އޮންނާނީ ފުރިފައެވެ. އ...

ތަފާތު ރޯދަ މަހެއް
Column

ތަފާތު ރޯދަ މަހެއް

މި ބަރަކާތްތެރި ރަމަޟާން މަސް ހުރިހާ ގޮތަކުން ވެސް އެހެން އަހަރުތަކާ ތަފާތެވެ. އަޅުގަނޑުމެންގެ ހަޔާތުގައި މިއަށްވުރެ ހިތްދަތި، އަސަރުން ފުރިފައިވާ ރޯދަމަހެއް ބައްދަލު ކޮށްފައެއް ނުވެއެވެ. ދުނިޔެއަށް ފެތުރިފައިވާ ކޯވިޑު-19 ގެ އާލަމީ ވަބާގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން މުޅިން ބަދަލުކުރަން މަޖުބޫރުވީއެވެ. ރާއްޖޭގައި ވެސް މި ބަލި އާންމުކޮށް ފެތުރެމުން ދާތީއެވެ. މި ވަގުތަކީ ހުރިހާ ދިވެހިން ވެސް ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ތިބި ވަގުތެކެވެ. މި ރޯދަމަހަށް ދިވެހިން ތައްޔާރުވީ […]

އާ އަންދާޒާއާއެކު އާ ހިތްވަރެއް
Column

އާ އަންދާޒާއާއެކު އާ ހިތްވަރެއް

ރާއްޖޭގައި ކޯވިޑް-19 ފެތުރިގެންދާނެ ގޮތުގެ އާ އަންދާޒާއެއް މި ވަނީ ކަމާބެހޭ ފަންނީ މާހިރެއް ކަމުގައިވާ ޑރ. ޝީނާ މޫސާ ހިއްސާ ކުރައްވާފައެވެ. އެއީ ރާއްޖޭގެ އަދުގެ ހާލަތަށް ބައްލަވާ ހުށަހެޅުއްވި ހުށަހެޅުންވުމެކެވެ. ކުރިން ޑރ. ޝީނާ ހުށަހެޅުއްވި އަންދާޒާގައި ދެއްކެވި ނުރައްކާތެރި ރަތްރޮނގުގެ ބާނި ތިރިކުރެވިގެން ދިޔައީ ފުރަބަންދާއެކު ރައްޔިތުން ކިޔަމަންތެރިކަމާއެކު ޢަމަލުކޮށްގެންނެވެ. މިހާރުގެ އަންދާޒާގެ ބާނި ތިރިކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އަޅުގަނޑުމެން ރައްޔިތުންނަށެވެ. ރާއ...

ދިވެހި ބަހާމެދު ހީވިހެއްޔެވެ؟
Report

ދިވެހި ބަހާމެދު ހީވިހެއްޔެވެ؟

ސްކޫލަށް “އިސްކޫލު” ކިޔަނީ އިނގިރޭސި ބަސް ނުދަންނަ، ޒަމާނަށް ލޯނުހުޅުވޭ ދުވަސްވީ މީހުންނެވެ. އެ މީހުންނަށް ސްކޫލު ކިޔަން ނޭނގެނީއެވެ. ދިވެހި ބަހަކީ އެއްވެސް ފެންވަރެއްނެތް ފަގީރު ބަހެކެވެ. ރަނގަޅު އެއްވެސް ހަމައެއް ގަވާއިދެއް ދިވެހި ބަހުގައި ނެތެވެ. ދިވެހި ބަސް ކިޔެވުމުގެ އެއްވެސް ފައިދާއެއް ބޭނުމެއް ވެސް ނެތެވެ. ދިވެހި ބަހުގެ ބަހުރުވަތަކަކީ ބޮޑު ބޮލުގެ ރިހުމެކެވެ. ކޮންހާ ގިނަ ބަހުރުވަ ތަކެއް ހެއްޔެވެ. ކިޔާ ނުކިޔާއެއް ނޭނގެއެވެ. ދިވެހި ލަވައެއް ކަމަކު ނުދެއެވެ. ދިވެހި […]

އޭރުގެ ރޯދަމަސް
Column

އޭރުގެ ރޯދަމަސް

ރޯދަ ކުރުނބާގައި ވާޖަހާފައި ވަޅަށް ތިރި ކުރަނީ ފިނިކުރާށެވެ. ދެންދަނީ ސަންގުފުމޭ ތަންބަލާށެވެ. ސަންގު ފުމުމާއެކު ގެއަށް ދަނީ ދުވެފައެވެ. ރޯދަ ވީއްލަނީ ތިން ފަހަރު ފެނުން ކޯދޮވެލައިގެންނެވެ. ރޯދަ ވީއްލުމަށް “ކޯދޮވުމޭ” ކިޔަނީ އެހެންވެތާއެވެ. އެއީ އައިސް އަލަމާރިއާއި ފުރިޖުފަދަ ތަކެތި ރަށްފުށުގައި ގެންގުޅުނު ޒަމާނެއް ނޫނެވެ. ރޯދަ ވީއްލައިގެން ބޯލަން ތައްޔާރުކުރާ ރޯދަ ކުރުނބާ ވަޅަށް ތިރިކުރަނީ ޭއެހެންވެއެވެ. އެ ކުރުނބާ ކާފަ މަށަނީ ވަކި ގޮތަކަށެވެ. ކުރުނބާގެ ލޯކޮޅުގެ ބޮނބިގަނޑު ނުވަތަ ކިހައްގަނޑު […]

ރޮއްވާލައިފި: ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެ
Column

ރޮއްވާލައިފި: ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެ

މިއީ ކޯވިޑު-19 އަށް ފައްސިވެފައިވާ ސިފައިންގެ ބޭކަލަކު މީސް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެކެވެ. އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކީގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު ބޭކަލެކެވެ. ބަރާބަރަށް ނަމާދުކޮށް އުޅޭ މަޑުމައިތިރި ބޭކަލެކެވެ. މަސައްކަތަށް އަބަދުވެސް އިސްކަންދޭ ތެދުވެރި ވަފާތެރިއެކެވެ. އެ ޕޯސްޓުގައި އޭނާ ލިޔެފައި ވެއެވެ. “އަޅުގަނޑު ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެއެވެ. އިސްލާމުދީނާއި މި ލޮބުވެތި ވަޠަނުގެ ޙަ...

އެންމެ ބޮޑު ތަބީއީ އަތޮޅަކީ ބޮޑު ތިލަދުންމަތި
Column

އެންމެ ބޮޑު ތަބީއީ އަތޮޅަކީ ބޮޑު ތިލަދުންމަތި

އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކު އެކަންކަމަށް އެހާބޮޑަށް ނުވިސްނާ ބައެއް ކަންކަން އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވާ އެއް ބޭފުޅަކީ “ނާޖިޙު ދީދީ”އެވެ. އާދޭހެވެ. މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓް މުޙައްމަދު ނާޖިޙެވެ. މިގޮތުން މީސްމީޑިއާ މެދުވެރޮކޮށް ނާޖިޙު ގެނެސްދެއްވާ މަޢުލޫމާތުގެ ތެރޭގައި ހިމެނެނީ ޚާއްޞަކޮށް ތާރީޚީ ބައެއް ކަންކަމާއި ބައެއް ފަރާތްކުން ލިޔެފައި ހުންނަ ތާރީޚީ ބައެއް ކުށްތަކެވެ. ޒަމާނުއްސުރެ ކިޔާކިޔާ ނުވަތަ އިވިއިވި ދޫމައ...

ރޯދައަށް އޭރު ތައްޔާރުވާގޮތް
Column

ރޯދައަށް އޭރު ތައްޔާރުވާގޮތް

އެއްފުރާގެ ކުދިންނާއެކު މޫދަށް އެރި ކުޅެ މަޖާކޮށް އުޅުނު ދުވަހެކެވެ. ފަޅުމަތީގައި އަޅާފައި ހުންނަ ދޯނިތައް ދަށުން ދަނީއެވެ. ދޯނިތަކުގަޔާއި ފައްތިޔާތަކުގައި އެލި ހެދުމަކީ އޮޑިވެރިން ވަރަށް ރުޅިއަންނަ ކަމެކެވެ. ބައެއް ފަހަރަށް ބައެއް މީހުން އަތިރިއަށް ފައިބާ ހަޅޭއްލަވާ ދޯނިތަކުގައި އެލުން މަނާކޮށްހަދައެވެ. އެ ވަގުތުކޮޅު ދޯނިތަކާ ތަންކޮޅެއް ދުރަށް ޖެހިލެވެއެވެ. އިރުކޮޅަކުން އޮންނަނީ ކުޅިވަރު އަނެއްކާ ވެސް ފެށިފައެވެ. މަހެއްހާ ދުވަސްކުރިން އޭރު ރޯދައަށް ތައްޔާރުވާން ފަށައެވެ. ރޯދަ ކައިރިކައިރިވިހެން...

ސިފައިން ކޯވިޑަށް ފައްސިވުން
Column

ސިފައިން ކޯވިޑަށް ފައްސިވުން

މިއަދުގެ މިހާތަނަށް ކޯވިޑު-19 އަށް ދިވެހި ސިފައިންގެ ފަސް މީހަކު ފައްސިވެއްޖެއެވެ. އެކަން މީޑިއާގައި ދިވެހި އަސްކަރިއްޔާއިން ހާމަކުރައްވައިފިއެވެ. އެ ހިތާމަވެރި ޚަބަރާއެކު ދިވެހި އަސްކަރިއްޔާއިން އުންމީދީ ވާހަކަފުޅެއް ވިދާޅުވިއެވެ. ދިވެހި ސިފައިންގެ ފަރާތުން ވާހަކަ ދެއްކެވި ކާނަލް ޙުސައިން ޢަލީ ވިދާޅުވީ މި އޮޕަރޭޝަނާ ސިފައިން ކުރިމަތިލީ މި ބައްޔަށް ސިފައިން ވެސް ހުށަހެޅޭނެކަން އެނގިތިބެއެވެ. ސިފައިންގެ އެންމެ ފަހު މީހާއާ ހަމައަށް ވެސް ސިފައިން މަސައްކަތް ކުރުމުގެ އަޒުމާއި އުންމީދުގައެވެ. މި ބައް...

ދިވެހީންގެ ޖާދޫގެ އުންޑަ: މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ.
Column

ދިވެހީންގެ ޖާދޫގެ އުންޑަ: މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ.

ދިވެހިރާއްޖެއަކީ މީގެ ކުރިންވެސް ވަބާތަކާއި ބަލާއާފާތްތަކާއި ޤުދުރަތީ ވަރަށް ނުރައްކާތެރި ކާރިސާތައް ވެސް ތަޖުރިބާ ކޮށްފައިވާ ޤައުމެކެވެ. ދިވެހިރާއްޖޭގެ ކުޑަކަމާއި ފަގީރުކަމާއި ނިކަމެތިކަމާއެކު ވެސް އެއިން ކޮންމެ ފަހަރަކު ﷲގެ ވާގިފުޅާއެކު މި ޤައުމާއި ރައްޔިތުންނަށް އަމާން ބަނދަރަކަށް ދަތުރުކުރެވުނެވެ. ދިވެހި ތާރީޚު ޖަހަންފަށާފައިވަނީ ރާއްޖެ އިސްލާމުވި ހިސާބުންނެވެ. ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ މާލެއަށް އަރާ ޖިންނި ފުރޭތައެއްގެ ވާހަކައިންނެވެ. އެއީ ފުލޯކު ވާހަކައަކަށް ވިޔަސް އެ ބޮޑު މުސީބާތުން...