ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފި
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ތަމްރީނު ކޯހަކީ ހަތަރު ހަފުތާގެ މުއްދަތަށް ރޭވިގެން ކުރިއަށްދާ ކޯހެކެވެ. މި ކޯހަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަފާތު މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ފަހަރުގެ ބުރުގައި...