ވަގަށް ނެގި ސާމާނުތަކެއް ހޯދީ ހަތަރު ގަޑިއިރުން، ފަޅުގޯއްޗަކާއި އެހެލާފައިވާ ދޯންޏެއްގެ ތެރެއިން
ޅ. ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ ސައިޓުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، މައްސަލަ ހުށަހެޅިތާ ހަތަރު ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި މަސައްކަތުން، ވަގަށް ނަގާފައިވާ ތަކެތި ފެނިފައިވަނީ ރަށުގެ އެކި ސަރަހައްދުތަކުން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ...