Skip to main content

ޙުސައިން ޒަބީރު (ހޒމވ)

Contributor
🇲🇻 ތިލަދުން Desk
6 Stories
2 Reads

Published on ތިލަދުން (Thiladhun) by ޙުސައިން ޒަބީރު (ހޒމވ)

ވާހަކަ: އުމުށޭމު
Thiladhunmathi News

ވާހަކަ: އުމުށޭމު

ރޭގަނޑެއްގެ ހަމަހިމޭންކަމެވެ. އޮރެންޖު ކުލައިގެ އަލިން މުޅި ބަނދަރުމަތި ވަނީ ވިދާލާފައެވެ. ބައެއްމީހުންގެ ބަހުން ނަމަ “ގަޑިބުރު” ގައި އެތިބީ ހަމަ ވަރަށް މަދު ބައެކެވެ. ދެ ޒުވާނުންނާއި، ހަރުކުލައިގެ ބޮޑު މީހެކެވެ. އޭނާގެ ދިރިއުޅުމުގެ ތަޖުރިބާ ކިތަންމެހައި ވެސް ގިނައެވެ. އަޑު ގަދަ އެވެ. ބަސްވިކެއެވެ. އާދެ! ހދ. ވައިކަރަދޫ ރޯޒް މުސްޠަފާ މޫސާ މިހާރު އެ އުކަނީ، އޭނާގެ ޙަޔާތުނާމާގެ ސަފުހާތަކެވެ. ނޫނެކެވެ. ހަމަ އެންމެ ސަފުހާއެކެވެ. އެންމެ ތަޖުރިބާއެކެވެ. އެންމެ ވާހަކައެކެވެ. ފެށުން […]

"ކުރަހާ ރާއްޕެ"އަށް މިކަން "ވާނެބާ"! ބޭނުމީ ހެޔޮ ބަދަލެއް
Thiladhunmathi News

"ކުރަހާ ރާއްޕެ"އަށް މިކަން "ވާނެބާ"! ބޭނުމީ ހެޔޮ ބަދަލެއް

އާރޓް ގެލަރީގެ ވަށައިގެން ހުރީ އެކި ކުލައިގެ، އެކި ވައްތަރުގެ ފަންނީ ހުނަރެވެ. ކުރެހުމާއި، އަތްތެރި މަސައްކަތާއި، ފެންކުލައިގެ “އައިޖައިބެއް ކަހަލަ” ތަސްވީރު ތަކެވެ. ހަތަރު ބިތުންވެސް ފެންނަނީ ކުރެހުމުގެ ދުނިޔެއިން ފެންނާނެ ހުރިހާ ކުލައެކެވެ. ނެތް ހުނަރެއް، ނެތް ކުލައެއް ނެތެވެ. މުޅި ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއިން، ވަރަށް ޖޯޝީ ވާހަކަ ތެކެއްވެސް އަޑު އިވެއެވެ. ތިން ހަތަރު މީހުންގެ މެދުގައި ވާހަކަ ދައްކަން އެ ހުރީ މަޝްހޫރު ކުރެހުންތެރިޔާ “ކުރަހާ ރާއްޕެ” […]

ގެދަބުޅި ބަދިގެއަކުން ސިރުހާނުގެ މޮޅު ހުނަރު
Report

ގެދަބުޅި ބަދިގެއަކުން ސިރުހާނުގެ މޮޅު ހުނަރު

ދުމަށީގެ ބިތްދޮށުން ފެންނަންހުރި ފާރު ތަތްތެޅިފައި ވަނީ ގެދަބުޅިންނެވެ. ބިތުގައި ބޮޑު ދޮލަނގަކާއި މަސްދަނޑިގަނޑެއް އަޅުވާފައި ހުއްޓެވެ. މަތިން ތިރިއަށް އެ ބިތުގައި ވަނީ ބޮޑު ރެނދެއް ލާފައެވެ. އުދުންމަތީ ސައި ކުރަޔަކާއި، ތާހެއް ވެސް ހުއްޓެވެ. ކިޔައިދެނީ ދިވެހީންގެ ސާދާ ދިރިއުޅުމެވެ. ބުނެދެނީ ޒަމާންވީ ދިވެހި ބަދިގެއެއްކަމެވެ. ނަމަވެސް އެއީ މަންޒަރެކެވެ. ކުރެހުމެކެވެ. ކުލަ ފިހީގެ ސިފަ ކުރުމެކެވެ. ކިޑިކީއަކުން އެ ފެންނަނީ ހަމަ މިޒަމާނުގެ ފަހުގެ ބަދިގެކެވެ. ހުޅުމާލެ ދަ ޝެފް މޯޑު ބަދިގެ […]

ރައިޝާން ދެއްކީ ވާނެކަން، ނުވާނެކަމެކޭ މިހާރު ނުބުނެވޭނެ
Thiladhunmathi News

ރައިޝާން ދެއްކީ ވާނެކަން، ނުވާނެކަމެކޭ މިހާރު ނުބުނެވޭނެ

މުބާރާތްތަކުގައި ބައިވެރިވެ، ދުވުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ވަކި ޝަރުތު ތަކެއް ހަމަވާން ޖެހެވެ. ހަރަކާތްތެރި މީހަކަށް ވާންޖެހެއެވެ. އެއީ މީގެ ކުރީން ވަރަށް ގިނަ މީހުން ޤަބޫލުކުރި ގޮތެވެ. ނަމަވެސް އެއީ އަދި ހަޤީގަތް ނޫންކަން ސާބިތު ކޮށްދިނުމަށް ދުވުން ތެރިންނާއެކު ނުކުތީ މުހައްމަދު ރައިޝާންނެވެ. ފޮރުޅުލީ ގޮނޑިއެއްގައި ނުކުމެ އޭނާ އެންމެނަށް ސާބިތުކޮށްދިނީ ކޮންމެ މީހަކަށްވެސް އެއީ ވާނެކަމެއްކަމެވެ. ނުވާނެކަމެއް ނޫންކަމެވެ. ދިރާގުން އާންމު ކުރި ތިންމިނިޓުގެ ވީޑިއޯއެއްގައި...

އައިމަންގެ ހިމޭން ދުނިޔެ، މިހާރު އެއީ މާބަގީޗާއެއް
Report

އައިމަންގެ ހިމޭން ދުނިޔެ، މިހާރު އެއީ މާބަގީޗާއެއް

ޒުވާންކަމުގެ އެންމެ ޖޯޝާއެކުވެސް އެއީ ހަމަހިމޭން ދިރިއުޅުމެކެވެ. އެކަނިވެރިކަމާއެކުވެސް އެއީ އުފާވެރި ދިރިއުޅުމެކެވެ. އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ވަށައިގެން އޮތް އެކަނިވެރި ހިމޭން ދުނިޔެ، އެ ބަދަލުކޮށްލީ ނަލަ ރީތީ މާބަގީޗާއަކަށެވެ. އެއީ އޭނާގެ މަސައްކަތެވެ. ހިތްވަރެވެ. އެއީ ހަމައެކަނި އައިމަން ޚާއްޞަވި ސަބަބެއްނޫނެވެ. ހުރިހާ ގޮތަކުންވެސް އެއީ ޚާއްޞަ ކުއްޖެކެވެ. ހދ ވައިކަރަދޫ ތޮރާމާގޭ އައިމަން ޢަބްދުލް ވާހިދަކީ އުފަންވި އިރުވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެހެންކަމުން އައިމަން ބޮޑު...

މަސް ފެކްޓްރީ އާއެކު ވައިކަރަދޫއަށް ބޮޑު އުންމީދެއް!
Thiladhunmathi News

މަސް ފެކްޓްރީ އާއެކު ވައިކަރަދޫއަށް ބޮޑު އުންމީދެއް!

އާބާދީގެ ނިސްބަތުން ހދ އަތޮޅުގައި އެންމެ މަދުން މީހުން ދިރިއުޅެނީ ވައިކަރަދޫގައެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ ދެބައިކޮށްފައި އެއްބައި މީހުންނެވެ. އެހެންކަމުން ރަނގަޅު ވިޔަފާރިއެއް ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އާބާދީ ނެތްތަނެއްގައި، ކަމެއް ކުރެވިދާނެކަމަށް ހަމަ ޤަބޫލުނުކުރެވެނީއެވެ. ނަމަވެސް ބުލޫ އޯޝެނިކް މޯލްޑިވްސްއިން މިވަނީ އެ މަންޒަރު މުޅިން ބަދަލުކޮށްލާފައެވެ. އެ ކުންފުނީގެ މަސްފެކްޓްރީއާއެކު މިއަދު ވައިކަރަދޫއަށް ވަނީ ބޮޑު އުންމީދެއް ގެނެސްދީފައެވެ. ޒުވާނުންނަށް ފުރުޞަތުތަކ...