Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
529 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

އަނަސް މަރާލި މައްސަލަ ހަ އަހަރު ފަހުން ނިންމަނީ
Raajje

އަނަސް މަރާލި މައްސަލަ ހަ އަހަރު ފަހުން ނިންމަނީ

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ އަޑުއެހުންތައް ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ. ޖުލައި، 2017 ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ, ރ. މީދޫއަށް ނިސްބަތްވާ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެއީ ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. […]

ޔާމީނަށް 52 މިލިއަންގެ މައްސަލަ ކާމިޔާބު, ފުއްގިރި މައްސަލަ ނާކާމިޔާބު
Raajje

ޔާމީނަށް 52 މިލިއަންގެ މައްސަލަ ކާމިޔާބު, ފުއްގިރި މައްސަލަ ނާކާމިޔާބު

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެންގި މައްސަލަ ހައި ކޯޓުން އެމަނިކުފާނަށް  ކާމިޔާބުވެ އަދި ރ. ފުއްގިރި މައްސަލާގައި އެމަނިކުފާނު ކުރެއްވި އިސްތިއުނާފް މިއަދު ނާކާމިޔާބުވެއްޖެ އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން […]

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
Raajje

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި އެ ޕްރައިމަރީ ބާތިލްކުރަން މައްސަލަ ހުށަހެޅީ އަލީ އަމްޖަދު ކިޔާ މީހެކެވެ. އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އަމްޖަދަކީ މައްސަލަ ހުށަހެޅިއިރު އެމްޑީޕީގެ މެމްބަރަކަށް ނުވާތީ އެމްޑީޕީގެ ފަރާތުން އިޖްރާއީ ނުކުތާއެއް ހުށަހެޅުމުންނެވެ. ހުކުމުގައިވަނީ އަމްޖަދަު ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް ބުނާ...

ޔާމީންގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
Raajje

ޔާމީންގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ

ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެންގި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް 52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އެންގީ އެ މައްސަލާގައި ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުންނެވެ. އެ […]

ސަފާރީ ރޭޕް ކޭސް ކޯޓުން ބޭރުކޮށްލައިފި
Raajje

ސަފާރީ ރޭޕް ކޭސް ކޯޓުން ބޭރުކޮށްލައިފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން ޝާންގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި އެވެ. ރާއްޖޭގައި އުޅުނު ކެންޔާ އަންހެނަކަށް 2020 ވަނަ އަހަރު ސަފާރީއެއްގެ ތެރޭގައި ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ލ. ގަމު ތުނޑި، ނޫރަންގޭ ޝާންގެ މައްޗަށެވެ. އިތުރު ދެ މީހަކަށް ދައުވާކުރަން އެދުނަސް, ޕީޖީން ނިންމާފައި އޮތީ އެ […]

މަހްލޫފަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންދަނީ
Raajje

މަހްލޫފަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންދަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. އެ ދައުވާ އަނބުރާ ގެންދަން ނިންމި ސަބަބެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ. ކްރިމިނަލް […]

ދައުލަތުން ކުއްޖާ ބެލުމުގެ ހަރަދު ބައްޕަ އަތުން އަތުލަނީ
Raajje

ދައުލަތުން ކުއްޖާ ބެލުމުގެ ހަރަދު ބައްޕަ އަތުން އަތުލަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ބެލެހެއްޓުމުގެ ހަރަދު އެ ކުއްޖާގެ ބައްޕަ ކޮންމެ މަހަކު ދައުލަތަށް ދޭންޖެހޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު އަމުރެއް ނެރެފި އެވެ. ފެމިލީ ކޯޓުން ބުނީ އެގޮތަށް އެ ކޯޓުން އަމުރު ނެރުނީ މައިންބަފައިންގެ ފަރާތުން ރައްކާތެރިކަން ނުލިބޭތީ އާއި ހަވާލުވާނެ ފަރާތެއް އާއިލާގައި ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖެއްގެ މައްސަލާގައި ކަމަށެވެ. ކޯޓުން އަމުރުކުރީ ކުއްޖާ ބެލެހެއްޓުމުގެ ހުރިހާ ހަރަދަކަށް ކޮންމެ މަހަކު 16،219ރ. […]

ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވާލީ ރަނގަޅަށް: ހައިކޯޓް
Raajje

ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވާލީ ރަނގަޅަށް: ހައިކޯޓް

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން ސިވިލް ކޯޓުން ހުއްޓުވީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން މިދިޔަ އަހަރު އަމުރެއް ނެރުނީ އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލުމަށެވެ. އެ އަމުރު ޓްރާންސްޕޯޓް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. ހައި ކޯޓުގެ ދެ ފަނޑި...

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި
Raajje

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މައްސަލަ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ މިއަދު ހައި ކޯޓުން […]

ޖޫރިމަނާ ނުދައްކާ މީހުން އަތުން ފައިސާ ހޯދަން ކޯޓަށް
Raajje

ޖޫރިމަނާ ނުދައްކާ މީހުން އަތުން ފައިސާ ހޯދަން ކޯޓަށް

ޖޫރިމަނާ ނުދައްކާ ކުށްވެރިންގެ އަތުން ފައިސާ ހޯދަން ދައުވާކުރަން ފަށައިފި އެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ސާބިތުވާ މައްސަލަތަކުގައި ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައެޅެ އެވެ. ގިނަ މީހުން ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކަ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ އެފަދަ ޖޫރިމަނާ ނުދައްކާ މީހުން އަތުން އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފައިސާ ދައްކަން ސިވިލް ކޯޓުން މިހާރު ހުކުމް ކޮށްފައިވެ […]

ސަން ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން ހައި ކޯޓުން އަންގައިފި
Raajje

ސަން ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން ހައި ކޯޓުން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކުރި […]

ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުން ހުއްޓުވައިފި
Raajje

ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުން ހުއްޓުވައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި […]

52 މިލިއަން ދައްކަން ޔާމީނަށް އެންގުމުން ހައި ކޯޓުގައި ޕީޖީ ހޫނުފެނަށް
Raajje

52 މިލިއަން ދައްކަން ޔާމީނަށް އެންގުމުން ހައި ކޯޓުގައި ޕީޖީ ހޫނުފެނަށް

ވ. އާރަށް މައްސަލާގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކުރި މައްސަލާގައި ހައި ކޯޓުގައި ދައުލަތް މިއަދު ހޫނުފެނަށް ވެއްޓިއްޖެ އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް ލޯންޑާކުރި 52 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އަމުރުކުރި އެވެ. އެ އަމުރު […]

52 މިލިއަން ދައްކަން ޔާމީނަށް އެންގީ ގާނޫނީ އިމުން ބޭރުން: ވަކީލުން
Raajje

52 މިލިއަން ދައްކަން ޔާމީނަށް އެންގީ ގާނޫނީ އިމުން ބޭރުން: ވަކީލުން

ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް, ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އެންގި އެވެ. އެ ނިންމުން […]

އެމްޑީއެން އުވާލަން ނިންމީ ރަނގަޅަށް: ސިވިލް ކޯޓް
Raajje

އެމްޑީއެން އުވާލަން ނިންމީ ރަނގަޅަށް: ސިވިލް ކޯޓް

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެމްޑީއެންއިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި އެ ޖަމްއިއްޔާ ސަސްޕެންޑް ކުރުމަށްފަހު ސަރުކާރުން އުވާލާފައިވާނީ 2019 ވަނަ އަހަރު އެވެ. އެމްޑީއެންގައި މަސައްކަތްކުރި ޝަހިންދާ އިސްމާއިލްގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިިވިލް ކޯޓުން މިއަދު ކުރި ހު...