ޖޫރިމަނާ ނުދައްކާ ކުށްވެރިންގެ އަތުން ފައިސާ ހޯދަން ދައުވާކުރަން ފަށައިފި އެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ސާބިތުވާ މައްސަލަތަކުގައި ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައެޅެ އެވެ. ގިނަ މީހުން ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ އެފަދަ ޖޫރިމަނާ ނުދައްކާ މީހުން އަތުން އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފައިސާ ދައްކަން ސިވިލް ކޯޓުން މިހާރު ހުކުމް ކޮށްފައިވެ އެވެ.
ބައެއް މައްސަލަތަކުގައި ޖޫރިމަނާގެ އަދަބު ޖަލު، އަދަބަށް ބަދަލުކުރުމުގެ މަަސައްކަތް ވެސް ޕީޖީ އޮފީހުން ގެންދަނީ ކުރަމުންނެވެ. ޖޫރިމަނާގެ އަދަބު ޖަލު ނުވަތަ ގޭ ބަންދުގެ އަދަބަށް ބަދަލު ކުރެވޭނީ ކްރިމިނަލް ކޯޓަށް ނުވަތަ އެ މައްސަލައެއް ނިންމި މެޖިސްޓްރޭޓް ކޯޓަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!