މަންޑޭގެ މުދާތައް ދޫކޮށްލަން ހައި ކޯޓުން އަމުރެއް ނުކުރި
ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ މައްސަލާގައި މަންޑޭ ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގު ބޮޑެތި ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. […]