މާލޭގައި މިދިޔަ އަހަރު 2،425 ކައިވެނިކޮށްފައި 1,200 އަށް ވުރެ ގިނަ މީހުން ވަރިކޮށްފައިވާ ހިސާބުތައްކުން ދައްކައިފި އެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 24,25 ކައިވެނި ކުރިއިރު, 1281 މީހަކު ވަރިކުރި އެވެ. މިދިޔަ އަހަރު އެންމެ ގިނަ ކައިވެނިކުރީ ޑިސެމްބަރު މަހު އެވެ. އެއީ 306 ކައިވެންޏެވެ. އަދިއެންމެ ގިނައިން ވަރި ކޮށްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެއީ 139 ވަރި އެވެ.
ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި 163 ކައިވެނި ކޮށްދީފައިވެ އެވެ.
މިދިޔަ އހަަރު އަނބިދަރިންގެ ހަރަދާއި އިއްދައިގެ ހަރަދުގެ ގޮތުގައި 95.5 މިލިއަން ރުފިޔާ ސާބިތުކުރެވުނު ކަމަށްއެ ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން ކޯޓު މެދުވެރިކޮށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ވަނީ ހޯދައިދީފަ އެވެ.
ކޯޓަށް 2،312 މައްސަލަ ހުށަހެޅުނުއިރު 2،236 މައްސަލަ މިދިޔަ އަހަރު އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!