Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
528 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން ހައި ކޯޓަށް
Raajje

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން ހައި ކޯޓަށް

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމުގެ އަމުރެއް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީން އެންގި އެންގުމަށް އަމަލުކުރަން ފުލުހުން ދެކޮޅު ހެދުމުން އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އެ މައްސަލަ ނިމެންދެން، ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އޭސީސީން އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ މަހު ނިންމީ އެފަދަ އ...

އައްމަޓީ ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަންގައިފި
Raajje

އައްމަޓީ ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަންގައިފި

ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެފި އެވެ. ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ފުރަން ހުއްދަ ދިނީ ބޭސްފަރުވާއަކަށެވެ. އެ މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. […]

ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގް ގެނައި ދެމަފިރިއަކު ހައްޔަރުކޮށްފި
Raajje

ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގް ގެނައި ދެމަފިރިއަކު ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެ އައި ދިވެހި ޒުވާން ދެމަފިރިންގެ ލަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފިއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 27 އަހަރުގެ ދިވެހި ފިރިހެނަކާއި ހދ. ނެއްލައިދޫއަށް ނިސްބަތްވާ 20 އަހަރުގެ އަންހެނެކެވެ. އެ މީހުން ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން އެ ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ދެމަފިރިންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެ...

ގެއިން ބޭރަށް ނިކުންނަ ކަމަށް ބުނެ ޔުނާން އަލުން ބަންދުކުރަން ދައުލަތުން އެދެފި
Raajje

ގެއިން ބޭރަށް ނިކުންނަ ކަމަށް ބުނެ ޔުނާން އަލުން ބަންދުކުރަން ދައުލަތުން އެދެފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން އަލުން ބަންދުކުރަން ދައުލަތުން އެދިއްޖެ އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ މައްސަލައިގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އަދި ޝަރުތުތަކާ އެކު ޔުނާން ދޫކުރީ މިމަހު […]

ހައި ކޯޓުން ވެސް މިފަހަރު ނިންމީ އައްމަޓީއާ އެއްކޮޅަށް
Raajje

ހައި ކޯޓުން ވެސް މިފަހަރު ނިންމީ އައްމަޓީއާ އެއްކޮޅަށް

ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސީލައިފް ކުންފުނިން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ދާން ވަގުތީ ހުއްދައެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން ދިނީ އޭނާގެ ބޭސްފަރުވާއަކަށެވެ. އެ މައްސަލަ […]

މަންޑޭގެ އަގުބޮޑު މުދާ އަތުލި މައްސަލަ ހައި ކޯޓުން ބަލަނީ
Raajje

މަންޑޭގެ އަގުބޮޑު މުދާ އަތުލި މައްސަލަ ހައި ކޯޓުން ބަލަނީ

ކޭ ޕާކް ރެސިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ އަގު ބޮޑު މުދާތައް ހިފަހައްޓަން ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި އެވެ. ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުންޏަށް ނޭނގި ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ އެއް ހިއްސާދާރު މަންޑޭގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި މަންޑޭގެ އަގުބޮޑު އެޕާޓްމެންޓާއި އަގު ބޮޑު މުދާތައް އެއް […]

ލަމްހާ އަނެއްކާވެސް ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި
Raajje

ލަމްހާ އަނެއްކާވެސް ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް، އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ […]

އައްމަޓީ ލަންކާއަށް އެތެރެ ނުވެވިގެން ރާއްޖެ އަތުވެއްޖެ
Raajje

އައްމަޓީ ލަންކާއަށް އެތެރެ ނުވެވިގެން ރާއްޖެ އަތުވެއްޖެ

ސީލައިފްގެ މައްސަލާގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ އިން ބޭރަށް ދާން ކޯޓުން ހުއްދަ ދިނަސް،  އޭނާ އަށް ސްރީ ލަންކާއަށް އެތެރެ ނުވެވިގެން ރާއްޖެ އަތުވެއްޖެ އެވެ. ސީލައިފް ކުންފުނިން ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާ ފުރުން މަނާކޮށްފައި ވަނިކޮށް، ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ […]

ޖިންސީ ގޯނާގެ ތުހުމަތުވާ ފިލްމީތަރި ޔުނާން ދޫކޮށްލައިފި
Raajje

ޖިންސީ ގޯނާގެ ތުހުމަތުވާ ފިލްމީތަރި ޔުނާން ދޫކޮށްލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ކޯޓުން ދޫކޮށްލައިފި އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ޔުނާން ބަންދުން ދޫކުރަން ހުޅުމާލޭ ކޯޓުން މިއަދު ނިންމީ ޝަރުތުތަކާ އެކު އެވެ. […]

މަންޑޭގެ މައްޗަށް 104 ދައުވާ,  ސާބިތުވެއްޖެނަމަ 40 އަހަރުގެ ޖަލު ހުކުމް
Raajje

މަންޑޭގެ މައްޗަށް 104 ދައުވާ, ސާބިތުވެއްޖެނަމަ 40 އަހަރުގެ ޖަލު ހުކުމް

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 104 ދައުވާއެއް އުފުލައި, ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. ކޭ ޕާކް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ އެ މައްސަލާގައި މަންޑޭ ހައްޔަރު ކުރުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ […]

ލަމްހާ ދޫކޮށްލި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަނީ
Raajje

ލަމްހާ ދޫކޮށްލި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަނީ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލި މައްސަލާގައި ހައި ކޯޓުން އަޑުއެހުންތައް މިއަދު ނިންމާލައި, ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ  ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު އޭގެ ތެރެއިން ލަމްހާ ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލަން އެންގީ […]

ލަމްހާ ދޫކޮށްލި މައްސަލާގައި ވަކީލަކު ހޯދަން ހައި ކޯޓުން ދިނީ އެއް ދުވަސް
Raajje

ލަމްހާ ދޫކޮށްލި މައްސަލާގައި ވަކީލަކު ހޯދަން ހައި ކޯޓުން ދިނީ އެއް ދުވަސް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ލަމްހާބަންދުގައި ބެހެއްޓުމަށް ފަހުކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލީ މިދިޔަ މަހު އެވެ. އެ މައްސަލަ ދައުލަތުން […]

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓް ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމެޓީ
Parliament

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓް ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމެޓީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ. ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި […]

ހަޅުތާލުކުރުން ހަނިކުރި ގަވާއިދު ގާނޫނު އަސާސީއާ ހިލާފް: ހައި ކޯޓް
Raajje

ހަޅުތާލުކުރުން ހަނިކުރި ގަވާއިދު ގާނޫނު އަސާސީއާ ހިލާފް: ހައި ކޯޓް

ހަޅުތާލު ކުރުމުގެ ހައްގު ހަނިކުރި ގަވާއިދަކީ ގާނޫނުއަސާސީއާ ހިލާފު ގަވާއިދެއް ކަމަށާއި ނަމަވެސް މިއަދުން ފެށިގެން ހަ މަސް ދުވަހަށް އެ ގަވާއިދަށް އަމަލު ކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މީގެ 12 އަހަރު ކުރިން 2011 ވަނަ އަހަރު ސަރުކާރުން ހަދާފައިވާ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގެ ގަވާއިދު އޮންނަ ގޮތުން މުވައްޒަފުންނަށް ހަޅުތާލު ކުރެވޭނީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކުރުމަށް ފަހު […]

ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރި މައްސަލަ ހުކުމާ ހަމައަށް
Raajje

ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރި މައްސަލަ ހުކުމާ ހަމައަށް

މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިމި, ހުކުމާ ހަމައަށް ހިނގައްޖެ އެވެ. ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ […]