އަނަސް މަރާލުމުގެ ދައުވާލިބުނު އެންމެން ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރ. މީދޫއަށް ނިސްބަތްވާ އަނަސްޖުލައި 31، 2017 ގައި މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު […]