Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
528 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

72 ކިލޯ ޑްރަގް މައްސަލާގެ "އިސް މީހާ" އަނެއްކާވެސް ބަންދަށް
Raajje

72 ކިލޯ ޑްރަގް މައްސަލާގެ "އިސް މީހާ" އަނެއްކާވެސް ބަންދަށް

ރާއްޖެ ގެނައި 72 ކިލޯ ޑްރަގް މައްސަލާގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. 2020 ވަނަ އަހަރު ކަނޑުމަގުން އެތެރެކުރި 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ އިރުފާން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ބަންދުން ދޫކޮށްލި އެވެ.އެކަމަކު ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ގާނޫނާ ހިލާފް ކަމަށް ހުކުމްކޮށްފަ […]

އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
Raajje

އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ ގެންދެވި އެވެ. ނަމަވެސް މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ބާއްވަން ނިންމުމާ އެކު ކުރުމާ އެކު ރަޝީދު ވަނީ އޭނާގެ ފޯމު އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ […]

ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއުއަށް ޖީއެސްޓީ ދައްކަން ޖެހޭނީ ސަރުކާރުން: ކޯޓު
Raajje

ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއުއަށް ޖީއެސްޓީ ދައްކަން ޖެހޭނީ ސަރުކާރުން: ކޯޓު

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުއާ ގުޅިގެން، ޗައިނާގެ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަން ދައްކަންޖެހޭ ފައިސާ ދައުލަތަށް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.  ޗައިނާގެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ 140 މިލިއަން ޑޮލަރަކީ ޖީއެސްޓީ ނުހިމަނައި ހަމައެކަނި މަޝްރޫއުގެ އަގު ކަމަށް ބުނެ އެވެ. އެހެންވެ، އެ […]

ޔާމީންގެ ދައްތައަށް ފުލުހުންގެ ވަޒީފާދޭން އެންގުމުން ދައުލަތުން ސުޕްރީމް ކޯޓަށް
Raajje

ޔާމީންގެ ދައްތައަށް ފުލުހުންގެ ވަޒީފާދޭން އެންގުމުން ދައުލަތުން ސުޕްރީމް ކޯޓަށް

މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ އައިޝަތު ރަޝީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ އޮގަސްޓް، 2017 ގައި އައިޝަތު ވަޒީފާއިން ވަކިކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަދި ޔާމީން ރަޝީދުގެ އެކުވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުން ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާއަށް ވަޒީފާ އަނބުރާ ދޭން […]

އަނަސް މަރުގެ ދައުވާލިބޭ އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ
Raajje

އަނަސް މަރުގެ ދައުވާލިބޭ އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ، މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ […]

72 ކިލޯ ޑްރަގް މައްސަލާގައި އިރުފާން ދޫކޮށްލީ ގޯސްކޮށް, ބަންދު ރިވިއު ކުރުން ހަރުކަށިކޮށްފި
Raajje

72 ކިލޯ ޑްރަގް މައްސަލާގައި އިރުފާން ދޫކޮށްލީ ގޯސްކޮށް, ބަންދު ރިވިއު ކުރުން ހަރުކަށިކޮށްފި

ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސް މީހާ ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކުރާ ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށް، ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން މިއަދު ހަރުކަށިކޮށްފި އެވެ. ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން […]

ރާއްޖެ އެތެރެކުރި 119 ކިލޯ ޑްރަގް މައްސަލަ: އެކަކު އުމުރަށް ޖަލަށް, ދެ މީހުން ސަލާމަތްވެއްޖެ
Raajje

ރާއްޖެ އެތެރެކުރި 119 ކިލޯ ޑްރަގް މައްސަލަ: އެކަކު އުމުރަށް ޖަލަށް, ދެ މީހުން ސަލާމަތްވެއްޖެ

ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އެކަކު އުމުރަށް ޖަލަށްލައި, އެ މައްސަލާގައި ދައުވާ ލިބުނު އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2021 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހުއްޓުވި ޓެކްސީއަކުން 119 ކިލޯ ޑްރަގް ފެނުނެވެ. އޭގެފަހުން ބައެއް ތަންތަން ފާސް ކުރިއިރު ވެސް މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރާއި […]

ރޯދަމަހު ބައްދަލުވުންތަކަށް ފޯނު ވެއްދުން ޕީޖީ މުވައްޒަފުންނަށް މަނާކޮށްފި
Raajje

ރޯދަމަހު ބައްދަލުވުންތަކަށް ފޯނު ވެއްދުން ޕީޖީ މުވައްޒަފުންނަށް މަނާކޮށްފި

ރޯދަމަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އޮފީހުގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފި އެވެ. ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މޮބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން ރޯދަމަހު އެ އޮފީހުގެ މުވައްޒަފުންބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކުރީ ބައްދަލުވުންތަކުގައި ދެއްކެވޭ ވާހަކަތަކާއި ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ހޯދުމަށް ކަމަށެވެ. އެއީ އާންމުންނަށް ލަގްޒަރީ ފެންވަރުގެ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށް އޭ...

ބިގަށް 78 މިލިއަން ދޭން ޕީއެސްއެމަށް ކުރި ހުކުމް ބާތިލްކޮށްފި
Raajje

ބިގަށް 78 މިލިއަން ދޭން ޕީއެސްއެމަށް ކުރި ހުކުމް ބާތިލްކޮށްފި

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ޕަބްލިކް ސާވިސް މީޑިއާ ހިމަނައިގެން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ބިގަށް 78 މިލިއަން ދައްކަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ދައުލަތުގެ މީޑިއާ ހިންގި ދުވަސްވަރު ބިގާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ މައްސަލައިގަ އެވެ.  އޭގެ […]

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް
Parliament

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތަކަށް އެދި ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާ އަށް ވާދަކުރަން އަހުމަދު ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ އޭރު ގެންދެވި އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު އޮތީ ހަމަވެފަ އެވެ. މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމުން […]

ރާއްޖޭގެ ކަނޑަށް ވަން ބޭރުގެ މަސް ބޯޓެއް ދައުލަތަށް ނަގަން ހުކުމްކޮށްފި
Raajje

ރާއްޖޭގެ ކަނޑަށް ވަން ބޭރުގެ މަސް ބޯޓެއް ދައުލަތަށް ނަގަން ހުކުމްކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގައި އަދިހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އޭޕްރީލް 2018 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ސިފައިން އަތުލައިގަތީ ސްރީ ލަންކާގެ މަސް ބޯޓެކެވެ. އެ އުޅަނދުން ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައި ވާތީ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށާއި އެ އުޅަނދު ދައުލަތަށް ނަގަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވ...

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ
Raajje

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ، 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. މެންބަރުގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއުގެ ސަބް-ކޮންޓްރެކްޓަރަށް އޭނާ ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ. އެއީ 856،830 ރުފިޔާ އެވެ. މި މަޝްރޫއުއަކީ އިސްމާއިލްގެ ކުންފުންޏާ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން […]

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި
Raajje

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހަމަޖައްސައިފި އެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އެ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ. ޖޭއެސްސީން މިއަދު ބުނިގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސަކަށް […]

ބައްޕައާ ދެކޮޅަށް ކައިޒީން ކުރި ދައުވާ ކޯޓުން ނާކާމިޔާބު
Raajje

ބައްޕައާ ދެކޮޅަށް ކައިޒީން ކުރި ދައުވާ ކޯޓުން ނާކާމިޔާބު

މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ބޯޓަކީ އޭނާގެ ބޯޓެއް ކަމަށް ނުނިންމޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ. ކައިޒީން ވަނީ ބޯޓެއްގެ މިލްކުވެރިކަމާ ގުޅިގެން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދައުވާކޮށްފައެވެ. ކައިޒީން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާ ބޯޓެއް ގަންނަން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް 3.6 […]

މަޖިލިސް ގަވާއިދުގެ މައްސަލާގެ ހުކުމް  ބުރާސްފަތި ދުވަހު އިއްވަނީ
Raajje

މަޖިލިސް ގަވާއިދުގެ މައްސަލާގެ ހުކުމް ބުރާސްފަތި ދުވަހު އިއްވަނީ

މެމްބަރުންގެ އަދަދު ގުނާގޮތާ ބެހޭގޮތުންމަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލާގެ ހުކުމް ބުރަާސްފަތި ދުވަހު އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑި ނުހިމަނާ ގުނާ ގޮތަށެވެ. އެ ބަދަލާ އެކު، ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ބައެއް ގޮނޑިތައް ހުސްވެފައި އޮތުމުންނެވެ. އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ […]