ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުއާ ގުޅިގެން، ޗައިނާގެ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަން ދައްކަންޖެހޭ ފައިސާ ދައުލަތަށް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.

Ad
rt

ޗައިނާގެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ 140 މިލިއަން ޑޮލަރަކީ ޖީއެސްޓީ ނުހިމަނައި ހަމައެކަނި މަޝްރޫއުގެ އަގު ކަމަށް ބުނެ އެވެ. އެހެންވެ، އެ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކުހަށް ޒިންމާ ވާން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ބުނެ އެވެ.

އސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ވަނީ 25 ބުރީގެ އިމާރާތުގެ މަޝްރޫއުގެ އަގުގެ ގޮތުގައި 140 މިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ ޖީއެސްޓީ އާއި އެހެން ޓެކްސް ނުހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ، ޗައިނާގެ ކުންފުނިން އެ މަޝްރޫއުއާ ގުޅިގެން ޓެކްސްގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީއަކީ ދިވެހި ސަރުކާރުން ޒިންމާވާން ޖެހޭ ފައިސާތަކެއް ކަމަށް އެ ހުކުމުގައިވެ އެވެ.

ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނިން މިހާތަނަށް ޖީއެސްޓީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 227،000ރ. ވެސް ދިވެހި ސަރުކާރުން އަނބުރާ އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް އެ ހުކުމުގައި ބުންޏެވެ. އެހެންވެ، އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.