މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,985 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޗީފް އޮފް ސްޓާފަކަށް ފަޔާޟް
Raajje

ޗީފް އޮފް ސްޓާފަކަށް ފަޔާޟް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ޢަބްދުالله ފަޔާޟް ޢައްޔަނު ކުރަށްވައިފިއެވެ. ރައީސް ޑރ. މުޢިއްޒު އެ މަޤާމަށް ފަޔާޟް ޢައްޔަނުކުރައްވައި، މަގާމުގެ ފަަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ފަޔާޟް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި މިހާރު ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓް ވެސް މިރޭ ހުވާކުރައްވާފައިވާއިރު، […]

އާ ސަރުކާރުގެ ވަޒީރުންގެ މަޤާމުގެ ހުވާ ކުރައްވައިފި
Raajje

އާ ސަރުކާރުގެ ވަޒީރުންގެ މަޤާމުގެ ހުވާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރައްވައިފިއެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އެކުލެވިގެން ވަނީ 22 ވުޒާރާއެއްގެ މައްޗަށެވެ. މި ވުޒާރާތަކުގެ ވަޒީރުން މަޤާމުގެ ޤާނޫނީ ހުވައި ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އާ ސަރުކާރުގެ ވުޒާރާތަކާއި އެތަންތަނަށް ޢައްޔަނުކުރެއްވި ވަޒީރުން މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް އަލްފާޟިލް...

ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އަދުރޭ އަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން
Raajje

ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އަދުރޭ އަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން

ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ)، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް ޢައްޔަނު ކުރައްވައިފިއެވެ. އަދުރޭ މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ، ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައެވެ. އަދުރޭ އަށް މަގާމުގެ ފަތްކޮޅު އެރުވީ، ރައީސް އޮފީހުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒެވެ.

''ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދޭނަން''
Raajje

''ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދޭނަން''

ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހި ރައްޔިތުންނަށް ގެނެސްދެއްވާނެ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެ ތަޤުރީރުގައި ދެއްކެވިވާހަކަފުޅުގައި ޑރ. މުޢިއްޒު ވިދާޅުވީ، ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއް ކަމަށާއި، އެކަމުގެ ސަބަބުން، އާއިލީ، އިޖުތިމާޢީ މައްސަލަތައް ނުކުންނަ ކަމަށެވެ. އަދި ދީނީ، އަޚްލާޤީ މައްސަލަތަ...

''އާ ސަރުކާރުގެ މައިގަނޑު ދެ އަސާސަކީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން''
Raajje

''އާ ސަރުކާރުގެ މައިގަނޑު ދެ އަސާސަކީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން''

އާ ސަރުކާރު ކުރިއަށްދާނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމަކީ މައިގަނޑު ދެ އަސާސް ކަމަށްދެކި، އެ ދެ އަސާސްގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެމަނިކުފާނު ތަޤްރީރުކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި...

ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާ ނައިބު ކަމުގެ ހުވާ ކުރައްވައިފި
Raajje

ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާ ނައިބު ކަމުގެ ހުވާ ކުރައްވައިފި

އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާ ނައިބު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. ހުސައިން މުހައްމަދު ލަތީފް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށް މާލޭގެ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ބާވީސް ވަނަ ޖަލްސާގައެވެ. ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ކަމުގެ ހުވާ ލައިދެއްވާފައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ހުސައިން މުހ...

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވައި އައު ސަރުކާރުގެ ދައުރު ފެށިއްޖެ
Raajje

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވައި އައު ސަރުކާރުގެ ދައުރު ފެށިއްޖެ

ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށް މާލޭގެ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ބާވީސް ވަނަ ޖަލްސާގައެވެ. ޑރ. މުޢިއްޒަށް ރައީސުލްޖުމްޙޫރިއްޔާ ކަމުގެ ހުވާ ލައިދެއްވާފައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ޑރ. މުހަންމަދު މުއިއްޒު އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަ...

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވާ ޖަލްސާ ފެށިއްޖެ
Raajje

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވާ ޖަލްސާ ފެށިއްޖެ

ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިއްޖެއެވެ. މާލޭގެ ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ މި ޖަލްސާއަށް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަރީ 16:40 ހާއިރުއެވެ. މުޢިއްޒު ވަޑައިގަތުމާއެކު ޤައުމީ ސަލާމަށްފަހު، ކީރިތި ޤުރްއާންގެ ބަރަކާތުން ޖަލްސާ ވަނީ ފެށިފައެވެ. މުޢިއްޒު ހުވާކުރެއްވުމަށްފަހު ހުސައިން މުޙައްމަދު ލަތީފް ރައީސުލްޖުމްޙޫރިއްޔާގެ ނައިބުކަމުގެ ހުވާ ކުރައްވާނެއެވެ. މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ 81 މެންބަރުންކަމަށާއި...

ފައިސަލްގެ ވަދާއީ މެސެޖު: އެދިވަޑައިތީ ދިވެހި ރައްޔިތުންނަށާއި އައު ސަރުކާރަށް ކުރިއެރުން ލިބުން
Raajje

ފައިސަލްގެ ވަދާއީ މެސެޖު: އެދިވަޑައިތީ ދިވެހި ރައްޔިތުންނަށާއި އައު ސަރުކާރަށް ކުރިއެރުން ލިބުން

އެދިވަޑައިގަންނަވަނީ އައު ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ކުރިއެރުން ކަމަށް މިއަދު ދައުރުހަމާ މިދައުރުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ދެއްވި ވަދާއި މެސެޖުގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ވޭތުވި ފަސް އަހަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި އެކުވެރިކަމަށްޓަކައި އިޚްލާސްތެރި ޝުކުރެއް ދަންނަވާފައެވެ. އަދި މި މުއްދަތުގައި ދިވެހިރަ...

ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުން ލިސްޓް ނެރެފި
Raajje

ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުން ލިސްޓް ނެރެފި

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދުނު މީހުންގެ ލިސްޓް މިއަދު ޢާންމުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ބިންވެރިޔާ ސްކީމު ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމް ފޭސް 2 އަކަށް  ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯރމް ހެށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފޯރމް ހުށަހަޅުއްވާފައިވާ ފަރާތް ތަކުގެ...

އާ ސަރުކާރުގައި އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަކާއެކު އަންހެނުންނަށް ހާއްސަ އިސްކަމެއް
Raajje

އާ ސަރުކާރުގައި އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަކާއެކު އަންހެނުންނަށް ހާއްސަ އިސްކަމެއް

މިއަދު ވެރިކަމާ ހަވާލުވާ ސަރުކާރުގައި، އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ”ސްޓާޓްއަޕް ލޯން ސްކީމް” އެއް ތައާރަފް ކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ”ހަފްތާ 14”ގެ ނަމުގައި އާންމު ކުރެއްވި މި ޕްލޭންގައި ”އަންހެނުން، ޒުވާނުން، ކުޅިވަރު، ފަންނިއްޔާތު”ގެ ދަށުން ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ...

ހައިކޯޓުގެ ފަނޑިޔާރުކަމަށް މާނިޢު އައްޔަނުކޮށްފި
Raajje

ހައިކޯޓުގެ ފަނޑިޔާރުކަމަށް މާނިޢު އައްޔަނުކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢަބްދުލްމާނިޢު ޙުސައިން އިއްޔެ ޢައްޔަނު ކުރައްވައިފިއެވެ. ހއ. އިހަވަންދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ޤާނޫނީވަކީލު އެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ)ގެ މެންބަރު ކަމުގެ މަޤާމެވެ. މާނިޢު ޖޭއެސްސީން އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މާނިއު ޖޭއެސްސީގައި ފުރުއްވީ ވަކީލުންގެ ތެރެއިން އިންތިިޚާބު ކޮށްފައިވާ މެމްބަރުކަމެވެ. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެ...

މުޢިއްޒު ހުވާކުރުން މިއަދު ހަވީރު، އައު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން މިރޭ
Raajje

މުޢިއްޒު ހުވާކުރުން މިއަދު ހަވީރު، އައު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން މިރޭ

މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާއިރު، އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢައްޔަނު ކުރެއްވުމާއި ހުވާކުރެއްވުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ...

ރައީސް ޞާލިޙް، ލަންކާގެ ރައީސް ރަނިލް އާ ބައްދަލުކުރައްވައިފި
Raajje

ރައީސް ޞާލިޙް، ލަންކާގެ ރައީސް ރަނިލް އާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ބައްދަލުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވައެވެ. މީގެ އިތުރުން ސްރީލަންކާގެ އިޤ...

ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު އެކުލަވާލައި، އެ އިދާރާތަކަށް ފޮނުވައިފި
Raajje

ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު އެކުލަވާލައި، އެ އިދާރާތަކަށް ފޮނުވައިފި

އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅާއެއްގޮތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވައިލާފައިވާ ކަމަށެވެ. ޕޭ ކޮމިޝަނުން އެކުލަވައިލި މި އޮނިގަނޑު މިހާރު ފުލުހުންނާއި، ސިފައިންގެ މުއައްސަސާއ...