ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ޢަބްދުالله ފަޔާޟް ޢައްޔަނު ކުރަށްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު އެ މަޤާމަށް ފަޔާޟް ޢައްޔަނުކުރައްވައި، މަގާމުގެ ފަަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

Ad
rt

ފަޔާޟް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި މިހާރު ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓް ވެސް މިރޭ ހުވާކުރައްވާފައިވާއިރު، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ޕީޕަލް ނެޝަނަލް ކޮންގްރެސްގެ ޗެއާމަން ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވެސް މިރޭ ވަނީ ޢައްޔަނު ކުރައްވާފައެވެ.

އައު ސަރުކާރުގެ ދައުރު މިއަދު ފެށިފައިވާއިރު، އަލަށް އެކުލަވާލާ ސަރުކާރު ބިނާ ވެގެން ދާނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށް ކަމަށާއި، އެއީ ގައުމުގެ ފަސްގަނޑު ބިނާކުރުމާއި، ގައުމުގެ ސިކުނޑިތައް ބިނާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

ޑރ. މުޢިއްޒުގެ ކެބިނެޓް ވެސް މިރޭ ހުވާކުރައްވާފައިވާއިރު ކެބިނެޓް އެކުލެވިގެން ވަނީ 22 މިނިސްޓްރީއެއްގެ މައްޗަށެވެ.