ޑްރެޖަރުގައި އަނިޔާވި ބިދޭސީއަކު މަރުވެއްޖެ
ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތެއްގައި އުޅެނިކޮށް އަނިޔާވި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ އިދާރާއަށް މިއަދު ހެނދުނު 10:38 ހާއިރު ރިޕޯޓް ކޮށްފައިވާކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮ...