މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,958 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ސަޢޫދީގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

ސަޢޫދީގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި، ހަތްކޮޅުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ....

ރީޖަނަލް އެސޯސިއޭޝަންތައް ހެދުމުގެ ވައުދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށް
Sports

ރީޖަނަލް އެސޯސިއޭޝަންތައް ހެދުމުގެ ވައުދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)ގެ ރައީސްކަމަށް ވާދަކުރެއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ. ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރުމަށް ފޯމު ހުށަހެޅުމަށްފަހު ވިދާޅުވީ، އޭނާ އެ މަގާމަށް ވާދަކުރަށްވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކުގައި ކަމަށެވެ. ޓޮމް ރައީސްކަމަށް ވާދަކުރަށ...

ޓިކްޓޮކާއި ގުޅޭގޮތުން އެމެރިކާއިން ޗައިނާއާއެކު މަޝްވަރާތައް ފަށަނީ
International

ޓިކްޓޮކާއި ގުޅޭގޮތުން އެމެރިކާއިން ޗައިނާއާއެކު މަޝްވަރާތައް ފަށަނީ

ޓިކްޓޮކްއާ ގުޅޭ މުހިންމު އެއްބަސްވުމަކާ ބެހޭގޮތުން މި ހަފްތާގެ ތެރޭގައި ޗައިނާއާއެކު މަޝްވަރާތައް ފަށާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ”އެއަރ ފޯސް ވަން” މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި މަޝްވަރާތަކަކީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. “އަޅުގަނޑުމެން ހޯމަ ނުވަތަ އަންގާރަ ދުވަހު ޗައިނާއާ، ފަހަރުގައި ރައީސް ޝީ ނުވަތަ އެ...

ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފިނަމަ ފައިދާ ބޮޑުވެދާނެ: ނަޝީދު
Raajje

ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފިނަމަ ފައިދާ ބޮޑުވެދާނެ: ނަޝީދު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން އެންމެ ބުއްދިވެރި ގޮތަކީ، ޓެންޑާކޮށްގެން، ސަރުކާރަށް އެންމެ ފައިދާބޮޑު ޕްރައިވެޓް ފަރާތެއް ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދެއްކެވި ވާހަކަ ސަރުކާރުން ދޮގުކޮށްފައި ވަނިކޮށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއ...

މަސްކް ސިޔާސީ ޕާޓީއެއް އުފައްދާނެކަން ޢިއުލާންކޮށް ޓްރަމްޕާއި އިތުރަށް ފެޔަށް
International

މަސްކް ސިޔާސީ ޕާޓީއެއް އުފައްދާނެކަން ޢިއުލާންކޮށް ޓްރަމްޕާއި އިތުރަށް ފެޔަށް

ރިޕަބްލިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ މައިގަނޑު ކެމްޕޭން ފައިނޭންސަރު ކަމުގައިވާ އެލޮން މަސްކް އާ ދެމެދު އޮތް ގުޅުން އިތުރަށް ރެނދުލައި ގޯސްވެއްޖެއެވެ. މިފަހަރު އެކަން ވެގެން ދިޔައީ، ޓްރަމްޕްގެ “ބޮޑު، ރީތި” ޓެކްސް ބިލުން އެމެރިކާ ބަނގުރޫޓުވާނެ ކަމަށް ބުނެ، ސްޕޭސް އަދި އޮޓޮމޮބައިލް ދާއިރާގެ ބިލިއަނަރު މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ. މަސްކް މިކަން ހާމަކުރީ ހޮނިހިރު ދުވަހު އޭނާގެ އެކްސް ޕްލެޓްފޯމުންނެވެ. އޭނާ ވަނީ ފުރަތަމަ […]

ފަލާޙް ރަންޔޫބީލް ޤުރުއާން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށް ދެއްވައިފި
Raajje

ފަލާޙް ރަންޔޫބީލް ޤުރުއާން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށް ދެއްވައިފި

ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި މިރޭ ކޮށްދެއްވައިފިއެވެ. މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ރައީސް މުޢިއްޒު ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ. ޖަމުޢިއްޔަތުލް ފަލ...

ޑޮކްޓަރަކާއި އޭނާގެ ތިން ދަރިން ހިމެނޭހެން ފަލަސްތީނުގެ 42 މީހަކު ޝަހީދުކޮށްލައިފި
International

ޑޮކްޓަރަކާއި އޭނާގެ ތިން ދަރިން ހިމެނޭހެން ފަލަސްތީނުގެ 42 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އިއްޔެވެސް 42 ފަލަސްތީނުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި ޑޮކްޓަރަކާއި އޭނާގެ ތިން ދަރިންވެސް ހިމެނެއެވެ. މި ހަމަލާތަކުގެ ތެރެއިން އެންމެ ހިތާމަވެރި އެއް ހަމަލާއަކީ އިސްރާއީލުން “އިންސާނީ ސަރަޙައްދު” އެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް-މަވާސީ ސަރަޙައްދުގައި ހުރި ޓެންޓަކަށް ދިން ހަމަލާއެކެވެ. މި ހަމަލާގައި ޑޮކްޓަރ މޫސާ ހަމްދާން ޚަފާޖާ އާއި އޭނާގ...

ޗައިނާގައި ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފަށައިފި
Raajje

ޗައިނާގައި ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފަށައިފި

ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން، ޗައިނާގެ މަޝްހޫރު ދެ ކުންފުންޏެއް ގުޅިގެން ދަޅުމަސް އުފައްދަން ފަށައިފިއެވެ. ޗައިނާގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓް އާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެން އުފެއްދި މި ދަޅުމަހަކީ، ރާއްޖެއިން އެކްސްޕޯޓްކުރި ކަނޑުމަހުން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ. މި ދަޅުމަސް އުފެއްދުމާއި ގުޅިގެން ޚާއްސަ ރަސްމިއްޔާތެއް ބޭއްވިފައިވާއިރު، އުފެއްދި ފުރަތަމަ ސާމްޕަލް ބެޗްގެ ދަޅުމަސް ވަނީ ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަ...

ބްލަޑް ސާވިސަސް އިން ހޮޓްލައިނެއް ތައާރަފްކޮށްފި
Raajje

ބްލަޑް ސާވިސަސް އިން ހޮޓްލައިނެއް ތައާރަފްކޮށްފި

ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ޚިދުމަތްތައް ފަސޭހަކުރުމަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ. މި ނަންބަރަކީ 7333645 އެވެ. މި ހޮޓްލައިން މެދުވެރިކޮށް، އެމްބީއެސް ހުޅުވާފައި ހުންނަ ގަޑިތަކުގައި މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ހޯދިދާނެއެވެ. އެމްބީއެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް ޚިދުމަތްދެއެވެ. ޑޮކްޓަރަށް ދެއްކުން 8:00 އިން 20:30...

''ބައްޕަ ޝަހީދުކޮށްލީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށް''
International

''ބައްޕަ ޝަހީދުކޮށްލީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށް''

އިސްރާއީލުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެންމެ އިސް ކޮމާންޑް ސެންޓަރުގެ ލީޑަރު އަލީ ޝަދުމާނީ އިސްރާއީލުން ޝަހީދުކޮށްލީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށްކަމަށް އޭނާގެ ދަރިފުޅު މަހްދިއްޔާ ޝާދްމާނީ ބުނެފިއެވެ. އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކޮމާންޑަރުމަގާމަށް ޢަލީ ޝާދްމާނީ ޢައްޔަނުކުރެވުނީ އެ މަގާމުގައި ކުރިން ހުންނެވި ޣުލާމް ޢަލީ ރަޝީދު އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުކޮށްލުމުންނެވެ. ނަމަވެސް ޢަލީ ޝާދްމާނީ އެމަގާމަށް ޢައްޔަނުކުރިތާ އެންމެ ހަތަރު...

މޯދީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރާއްޖެ ވަޑައިގަންނަވަނީ
International

މޯދީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރާއްޖެ ވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ. މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައިވެސް ކުރައްވާ ޒިޔާރަތެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރު އުފެދުނު ފަހުން ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތަކަށް މި ޒިޔާރަތް ވެގެންދާނެއެވ...

ޕީއެންސީގެ ހދ. ދަތުރު ނިންމާލައިފި
Raajje

ޕީއެންސީގެ ހދ. ދަތުރު ނިންމާލައިފި

ޕީލަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަތޮޅުތަކަށް މި ހަފްތާގައި ފެށި ދަތުރުތަކުގެ ތެރެއިން ހދ. އަތޮޅަށް ކުރި ދަތުރު ނިންމާލައިފިއެވެ. ޕީއެންސީގެ ހދ. ދަތުރުގައި އިސްކޮށް ހުންނެވީ ވިލިމާލެ ދާއިރާގެ މެމްބަރު، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ މުހައްމަދު އިސްމާއީލެވެ. ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު މުހައްމަދު ނަބީލް މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި މި ދަތުރުގެ ބައިވެރިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނީ މި ދަތުރަކީ ވަރަށް ކާމިޔާބު […]

ގިނަ ބަޔަކު އިސްރާއީލާއި ނަތަންޔާހޫ އާމެދު ނުރުހޭ: ދިރާސާ
International

ގިނަ ބަޔަކު އިސްރާއީލާއި ނަތަންޔާހޫ އާމެދު ނުރުހޭ: ދިރާސާ

އެމެރިކާގެ ޕިއު ރިސާރޗް ސެންޓަރުން ހެދި ދިރާސާއަކުން، އެ ދިރާސާ ކުރި 24 ޤައުމެއްގެ ގިނަ ބަޔަކު އިސްރާއީލާއި އަދި އެ ޤައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ އާމެދު ނަފްރަތުގެ ނަޒަރިއްޔާތެއް ގެންގުޅޭކަމަށް ދައްކައިފިއެވެ. ޕިއު ރިސާރޗް ސެންޓަރުގެ މި ދިރާސާ ޝާޢިއުކޮށްފައި ވަނީ 3 ޖޫން 2025 ގައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމައް ވެސް ހިމަނައިގެން ހެދި މި ދިރާސާ އާންމުކޮށްފައި ވަނީ “ދިރާސާ ކުރެވުނު 24 ޤައުމުގެ ގިނަ މީހުން އިސްރާއީލާއި ނެތަންޔާހޫއާ މެދު […]

ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ބޮޑެތި ލުއިތައް ދިން ލިސްޓަށް
Thiladhunmathi News

ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ބޮޑެތި ލުއިތައް ދިން ލިސްޓަށް

ފަތުރުވެރިކަން ތަރައްގީކުރަން ބޮޑެތި ލުއިތައް ދިން ތަންތަނުގެ ލިސްޓްގައި ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ހިމަނައިފިއެވެ. ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއުލާން ކުރީ 1 އޭޕްރިލް 2025 ގައެވެ. އޭގެފަހުން 29 ޖޫން 2025 ގައި އެ ވުޒާރާއިން ވަނީ ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު އިތުރު ތަންތަން ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. […]

ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދު
Raajje

ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދު

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރަމުންދަނިކޮށް އެމީހާ ސަލާމަތްކޮށް، ކުށުގެ ވެށިން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ. ފުލުހުން އިއްޔެ ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި، ހިފަހައްޓައި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ، އައްޑޫ ސިޓީ، ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު (48އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. މާލ...