އެމެރިކާގެ ޕިއު ރިސާރޗް ސެންޓަރުން ހެދި ދިރާސާއަކުން، އެ ދިރާސާ ކުރި 24 ޤައުމެއްގެ ގިނަ ބަޔަކު އިސްރާއީލާއި އަދި އެ ޤައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ އާމެދު ނަފްރަތުގެ ނަޒަރިއްޔާތެއް ގެންގުޅޭކަމަށް ދައްކައިފިއެވެ.

ޕިއު ރިސާރޗް ސެންޓަރުގެ މި ދިރާސާ ޝާޢިއުކޮށްފައި ވަނީ 3 ޖޫން 2025 ގައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމައް ވެސް ހިމަނައިގެން ހެދި މި ދިރާސާ އާންމުކޮށްފައި ވަނީ "ދިރާސާ ކުރެވުނު 24 ޤައުމުގެ ގިނަ މީހުން އިސްރާއީލާއި ނެތަންޔާހޫއާ މެދު ނޭދެވޭ ނަޒަރެއް ގެންގުޅެއެވެ." މި ސުރުޚީގެ ދަށުންނެވެ.

Ad
rt

މި ދިރާސާގައި 2025 ވަނަ އަހަރުގެ ތެރޭގައި އިސްރާއީލާ މެދު ބައިނަލްއަޤްވާމީ ނަޒަރިއްޔާތު އޮތްގޮތަށް ސީދާ އަމާޒުކޮށްފައިވެއެވެ. މި ދިރާސާގެ މުހިންމު ހޯދުމެއްގެ ގޮތުގައި، ސަރވޭކުރެވުނު 24 ޤައުމުގެ ތެރެއިން 20 ޤައުމެއްގައި، މުއްސަނދިންގެ މަދުވެގެން ދެބައިކުޅަ އެއްބައި މީހުން އިސްރާއީލާ މެދު ނުރުހުމުގެ ނަޒަރިއްޔާތެއް ގެންގުޅެއެވެ. ވަކިން ޚާއްޞަކޮށް މި ޝުޢޫރު ވަރުގަދަވަމުން އަންނަކަމަށް ދިރާސާގައި ބުނެފަވެއެވެ.

މި ދިރާސާގައި ބައިވެރިވި ކުރިއަރާފައިވާ ޤައުމުތަކެއް ކަމަށްވާ އޮސްޓްރޭލިއާ، ގްރީސް، އިންޑޮނޭޝިއާ، ޖަޕާން، ނެދަލެންޑްސް، ސްޕެއިން، ސުވިޑަން އަދި ތުރުކީ ފަދަ ޤައުމުތަކުގައި، އެތަންތާނގައި ހަތަރުބައިކުޅަ ތިންބައި ނުވަތަ އެއަށްވުރެ ގިނަ މީހުން އިސްރާއީލާއި ނަތަންޔާހޫ އާމެދު ނުރުހި ޚިޔާލު ފާޅުކޮށްފަވެއެވެ. އެހެންނަމަވެސް، އިންޑިއާގައި ޚިޔާލުތައް ބެހިފައިވާއިރު، ކެންޔާ އަދި ނައިޖީރިއާގައި އިސްރާއީލާއި ނަތަންޔާހޫއާމެދު މީހުންގެ ވިސްނުން ރަނގަޅުކަމަށް ދިރާސާގައި ފާހަގަކޮށްފަވެއެވެ.

ދިރާސާ ކުރެވުނު 25 ގައުމުގައި އިސްރާއީލާ މެދު ނުރުހުމުގެ ނަޒަރެއް ގެންގުޅޭ މީހުންގެ އިންސައްތަ:

  • ތުރުކީ: 84%
  • އިންޑޮނޭޝިއާ: 60%
  • ސްޕެއިން: 46%
  • ނެދަލޭންޑްސް: 45%
  • ސުވީޑަން: 41%
  • އޮސްޓްރޭލިއާ: 39%
  • އިޓަލީ: 37%
  • ދެކުނު އެފްރިކާ: 37%
  • ކެނެޑާ: 33%
  • މެކްސިކޯ: 32%
  • ޔުނައިޓެޑް ކިންގްޑަމް: 31%
  • ޖަޕާން: 31%
  • ފްރާންސް: 29%
  • އާޖެންޓީނާ: 28%
  • ކެންޔާ: 25%
  • ދެކުނު ކޮރެއާ: 24%
  • ޕޮލެންޑް: 22%
  • ހަންގޭރީ: 20%
  • އެމެރިކާ: 19%
  • ނައިޖީރިއާ: 18%
  • އިންޑިއާ: 17%
  • ޖަރުމަނުވިލާތް: 15%
  • ބްރެޒިލް: 14%

މި ދިރާސާއިން އަލިއަޅުވާލާފައިވާ އަނެއް ކަމަކީ އެމެރިކާގައި އިސްރާއީލާ މެދު ނޭދެވޭ ނަޒަރު އިތުރުވެފައިވާކަމެވެ. މިގޮތުން އިސްރާއީލާއި ނަތަންޔާހޫއާއި މެދު ނުރުހުމުގެ ނަޒަރިއްޔާތުގެ ނިސްބަތް އެމެރިކާގައި މާރޗް 2022 އާއި މާރޗް 2025 އާ ދެމެދު 11 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ދިރާސާގައި ފާހަގަކޮށްފަވެއެވެ. އެމެރިކާގައި ފާހަގަކުރެވޭ ވަރުގެ އައިޑިއޮލޮޖީގެ ފަރަގެއް ވެއެވެ. އެ ޤައުމުގެ ލިބަރަލުންގެ 74% މީހުން ނޭދެވޭ ނަޒަރެއް ގެންގުޅޭއިރު، ކޮންސަވޭޓިވުންގެ 30% މީހުން އެފަދަ ނަޒަރެއް ގެންގުޅެއެވެ.