ޕީލަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަތޮޅުތަކަށް މި ހަފްތާގައި ފެށި ދަތުރުތަކުގެ ތެރެއިން ހދ. އަތޮޅަށް ކުރި ދަތުރު ނިންމާލައިފިއެވެ.

ޕީއެންސީގެ ހދ. ދަތުރުގައި އިސްކޮށް ހުންނެވީ ވިލިމާލެ ދާއިރާގެ މެމްބަރު، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ މުހައްމަދު އިސްމާއީލެވެ.

Ad
rt

ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު މުހައްމަދު ނަބީލް މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި މި ދަތުރުގެ ބައިވެރިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނީ މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ.

މި ދަތުރުގައި ހދ. އަތޮޅުގެ 13 ރަށަށް ޒިޔާރަތްކޮށް، އެރަށްތަކުގެ ސްޓިއަރިން ކޮމެޓީގެތަކުގެ މެމްބަރުންނާއި، ޕާޓީގެ އިސް އެކްޓިވިސްޓުންނާއި ބައްދަލުކޮށް ޚިޔާލު ހޯދާފަވެއެވެ.

ޕީއެންސީގެ ލީޑަރޝިޕުން އަންނަނީ އެކި އަތޮޅުތަކަށް މިފަދަ ދަތުރުތައް ކުރަމުންނެވެ.

މި ދަތުރުތަކަކީ ޕާޓީގެ މެމްބަރުންނާއި ބައްދަލުކޮށް، ޚިޔާލު ހޯދައި، ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ކުރަމުން އަންނަ ދަތުރުތަކެއްކަމަށް މައުލޫމާތު ލިބެއެވެ.