ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް މިރޭ ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދޭން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ޕްރޮގްރާމަށް ދީފައި ނަމަކީ “ނޭޝަން ޗެޓް” އެވެ. މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް މިރޭ 9:00 ގައި އެސްއެމް ނިއުސްގެ އިތުރުން ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ވެސް ބްރޯޑްކާސްޓް ކުރާނެކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގ...