ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ދިިވެހިންގެ ހިއްސާ އަކީ 47%: ޓޫރިޒަމް މިނިސްޓަރު
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ދިިވެހިންގެ ހިއްސާ އަކީ 47 ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ގާލާ ނައިޓްގައި އަލީ ވަހީދު ވިދާޅުވީ، ދިވެހިންގެ އަދަދަކީ 17،138 މީހުން ނެއެވެ. ބިދޭސީންގެ ގޮތުގައި 18،947 މީހުން ވަޒީފާ އަދާކުރާ އިރު ދިވެހި މުވައްޒަފުންގެ ނިސްބަތް 45 ޕަސެންޓަށް ވުރެ ދަށް 58 ރިސޯޓު ރާއްޖޭގައި އެބަހުރި ކަމަށެވެ. […]