ނ. ދިގުރަށުގައި ގާއަޅާ މެޝިނެއްގެ ބެލްޓް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ.
ރިސޯޓެއް ގޮތަށް ތަރައްގީ ކުރަމުންދާ ނ. ދިގުރަށުގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ސަން ކޮންސްޓްރަކްޝަން ކުންފުނީގައި މަސައްކަތް ކުރާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން މި މީހާ އަށް އަނިޔާވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުންދަނިކޮށް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓު ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!