ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ދިިވެހިންގެ ހިއްސާ އަކީ 47 ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ގާލާ ނައިޓްގައި އަލީ ވަހީދު ވިދާޅުވީ، ދިވެހިންގެ އަދަދަކީ 17،138 މީހުން ނެއެވެ. ބިދޭސީންގެ ގޮތުގައި 18،947 މީހުން ވަޒީފާ އަދާކުރާ އިރު ދިވެހި މުވައްޒަފުންގެ ނިސްބަތް 45 ޕަސެންޓަށް ވުރެ ދަށް 58 ރިސޯޓު ރާއްޖޭގައި އެބަހުރި ކަމަށެވެ.

Ad
d

މިދިޔަމަހު ޓޫރިޒަމްގެ ހިދުމަތް ދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރިއިރު، އެ ތަންތަނުގައި ޖުމްލަ 36،301 މީހުން ވަޒީފާ އަދާކުރާ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވައިދުގައި ކަނޑައަޅާފައިވާ ގޮތުން ނަމަ ރާއްޖޭގައި ހިންގާ ކޮންމެ ރިސޯޓެއްގައި ވަޒީފާ އަދާ ކުރާ މީހުންގެ 45 ޕަސެންޓް ދިވެހިންނަށް ވާން ޖެހެ އެވެ. މި އުސޫލަށް ފައްތައިގެން ހިންގަނީ 86 ރިސޯޓު ކަމަށް ޓޫރިޒަމް މިނިސްޓަރ ރޭގައިވަނީ ބުނެފަ އެވެ.

"އާންމު ގޮތެއްގައި ސާވިސް ޗާޖުގެ ގޮތުގައި ދެވިފައި ވަނީ 200 ޑޮލަރާއި 500 ޑޮލަރާ ދެމެދުގެ އަދަދެއް،"

Ad
df

ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ..