3 ސަރަހައްދެއްގައި ޕާކު ކުރާނަމަ ޙާއްސަ ސަމާލުކަމެެއްދީގެން ޓޯވ ކުރާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ބޮޑުތަކުރުފާނުމަގު މެހެލިގޯޅި ގުޅޭ ހިސާބު MTCC ފެރީޓަރމިނަލް ކުރިމަތިން ފެށިގެން ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސް ޑޮލަރު ATM އާއި ދެމެދު ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ބޭންކް އޮފް މޯލްޑިވްސް ކަސްޓަމަރ ސަރވިސް ސެންޓަރު ސަރަޙައްދު އަދި ކަނބާއައިސާރަނިހިނގުން އައިޖީއެމްއެޗް ހޮސްޕިޓަލް ސަރަޙައްދެވެ.
ފުލުހުން ބުނެފައިވަނީ މަތީގައި ބަޔާންކޮށްފައިވާ 03 ސަރަޙައްދުގައި މި ފަހަކަށްއައިސް ޤަވާއިދާއި ޚިލާފަށް އެއްގަމު އުޅަނދު ޕާކުކުރުން ގިނަވެފައިވާތީ, މިއަދުން ފެށިގެން މި ސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދަށް ޚާއްޞަ ސަމާލުކަމެއްދީގެން ޓޯވ ކުރަމުންގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މިނޫނަސް، ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު ޓޯވ ކުރަމުންގެންދާނެ ކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
Discussion 0
Moderated